Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގެދޮރުވެރިޔާގެ ފްލެޓްތައް ދޫކުރަން އޭސީސީން ހުއްދ

އޭސީސީން "ފްލެޓްތައް ދޫކޮށްލައިފި" - ތިން މަސް ދުވަހުގެ ތަހުގީގަށް ފަހު ދެއްވީ ފިނި ސަޖެޝަން އެއް

ގެދޮރުވެރިޔާގެ ފްލެޓްތައް ދޫކުރަން އޭސީސީން ހުއްދަދިނީ ބުރާސްފަތި ދުވަހުގެ ރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2024 | ހުކުރު 15:04
އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރުމުގެ ތެރެއިން

އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރުމުގެ ތެރެއިން

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދިޔަ މައްސަލަ ނިންމައި، ފްލެޓްތައް ދޫކުރުމަށް ހައުސިން މިނިސްޓްރީއަށް ބުރާސްފަތި ދުވަހުގެ ރޭ އޭސީސީން ވަނީ ހުއްދަދީފައެވެ.

އެކަން ހާމަކޮށް އޭސީސީން މީޑީޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގާފައިވާ އެންގުން މިއަދު ވަނީ ނިމުމަކަށް ގެނެސްފައި ކަމަށެވެ. އަދި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން ޢަމަލުކުރުމަށް މިނިސްޓްރީއަށް ކޮމިޝަނުން އަންގާފައިވާ ކަމަށް ވެސް އެ މެސެޖުގައި ބުނެފައިވެއެވެ.

އޭސީސީގެ މި ޖަވާބާއި އެކު ފްލެޓްތައް ދޫކުރުން މަޑުޖައްސާފައި އޮތް އޮތުން ކުރިއަށް ދާނެކަން ކަށަވަރެއް ނުވިއެވެ. އޭސީސީގެ އިރުޝާދަކީ އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަހުރި ފޯމުތައް މުރާޖަޢާކުރުމެވެ. އަދި ހަމައެހެންމެ މުރާޖަޢާކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖަޢާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް ވެސް އެ ކޮމިޝަނުން އަންގާފައިވެއެވެ. ތެދެެކެވެ. އޭސީސީން "ފްލެޓްތައް ދޫކޮށްލައިފި"އެވެ. އެހެނަސް އެ ބުނާ މޮޅު، ދިގު، ތަހުގީގުގެ ރިޕޯޓެއް ރޭވެސް ހާމައެއް ނުކުރެއްވުނެވެ.

އަނެއްކާވެސް މައްސަލަ އާ މަރުހަލާއެއްގައި ބަލަން އުޅޭހެން ހީވާކަހަލައެވެ. މިފަހަރު ހައުސިން މިނިސްޓްރީން މައްސަލަ ބަލަން އުޅޭހެން ހީވެއެވެ. އޭސީސީން މި މައްސަލަ ބަލަން ލައްކަ ގިނަ ދުވަސް ހޭދަކުރައްވައިފިއެވެ. ތިން މަސް ދުވަހަށް ފަހަށް ފަހު ދެއްވީ ފިނި ސަޖެޝަން އެކެވެ. މައްސަލަ އަށް ހީކުރިކަހަލަ ހައްލެއް ނުލިބުނެވެ. ނުތަނަވަސްކަންވީ ހައްތަހާ އިތުރެވެ.

އެހެންޏާ ފަހެ، މި ފްލެޓްތައް ދިނުމުގައި ސަލާމަތް ނުވާ ވަރުގެ ބޮޑު ކޮރަޕްޝަންގެ މައްސަލައަކަށް ވެގެން ތަހުގީގު ފަށައިގެން އެ ތަހުގީގުގެ ވާހަކަ އިރުއިރުކޮޅާ ދެއްކިއެވެ. މަސައްކަތް ބޮޑުކަމުން ނިމުނު މިންވަރު ކިޔާދޭން ޖެހިވަޑައިގަތީވެސް އިންސައްތައިން އިންސައްތައިން ވަކިކޮށްގެންނެވެ.މި މާ ސިންގާ ތަހުގީގެއް ކުރާތާ ދޮޅުމަހެއް ހާދުވަސް ވެއްޖެއެވެ. މި މުއްދަތުގައި ފްލެޓް ލިބުނު މީހުން އުޅުނު ހާލު އެހެރީ މީޑިއާ އާއި މީސްމީޑިއާގައި ހާމައަށް ފެންނާށެވެ. އޭސީސީއިން ހައުސިން މިނިސްޓްރީން އެކި ބޭފުޅުންނާއި ބައްދަލުކުރެވޭތޯ އެ ރައްޔިތުންނަށް ޖެހުނީ އާދޭސް ދަންނަވަން ދާށެވެ. ދެ މުއައްސަސާގެ ދެމެދުގައި އުޅުނީ އަލިމަގެއް ނެތި ގަނަ ތެޅުމުގައެވެ.

އުންމީދުކޮށްގެން ތިބީ ނިމުނު ހަފްތާގައި އޭސީސީގެ ރިޕޯޓް ލިބޭނެ ކަމަށެވެ. އެކަމަކު އެކަމެއް ވެސް އެގޮތަކަށް ނުހިނގިއެވެ. އާދިއްތަ ދުވަހު އޭސީސީން ދިން ޖަވާބަކީ މި ހަފްތާގެ ތެރޭގައި ތަހުގީގު ނިންމާނެ ވާހަކައެވެ. އިރާކޮޅު ރަށު ތެރޭގައި އޭސީސީ އިން ފްލެޓް ދިނުން ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް ގެނައި ކަަމަށް ބުނެ ޚަބަރު ފެތުރުނެވެ. އެކަމަކު މީޑިއާގެ ކަންފަތާއި ހިސާބަށް އޭސީސީ އަށް އެ ވާހަކަ ތިލަކޮށްލެވުނީ ގަނޑިން 09 ޖަހާ ބޮޑުވިފަހުންނެވެ.

ފްލެޓްތަކުގެ މައްސަލަ އާއި މެދު އަދިވެސް ކަންކަން ސާފުވާގޮތެއް ނުވިއެވެ. އެއްގޮތަކީ ހައުސިން މިނިސްޓްރީ އަށް އޭސީސީން ފްލެޓްތަކާއި މެދު ބެލި މައްސަލަ ނަގުލުކުރީއެވެ. އަނެއް ގޮތަކީ އޭސީސީ އިން ބެލި ބެލުމުން ފޯމުތައް އަލުން މުރާޖައާކުރަން ޖެހޭ ކަމަށް ޤަބޫލުކުރެވުމެވެ. އެހެންކަމަށް ވާނަމަ ޝަކުވާ އަށް ހުށަހަޅައިގެން ފްލެޓްތަކާއި ގުޅުން ހުރި އިންތިޒާމްތަކާއި މެދު ސުވާލު އުފެދެނީތޯ އެހެންކަމަށް ވާނަމަ އެކަން އެގޮތަށް ނިންމެވީ ކޮން ކަމަކަށް ބެއްލެވުމުގައިތޯ ސުވާލު އުފެދެއެވެ. ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގެއް ހިންގި ވާހަކަ ދެއްކެވުމުން އާއްމުން ހީކޮށްގެން ތިބީ އޭސީސީގެ ތަހުގީގު ރިޕޯޓުވެސް ރޭ ހާމަކުރައްވާނެ ކަމަށެވެ. އޭސީސީން އެ ދިން ޖަވާބުދޭކަށް 24 ގަޑި އިރެއްވެސް ނުނަގާނެއެވެ.

ރައްޔިތުންގެ ފްލެޓްތަކެއް މުއައްސަސާއެއްގައި މިހާ ގިނަ ދުވަހު ތާށިކޮށްގެން ތިއްބަވާފައި އެ ދެއްވީ ކަރުކަނޑާލާ ކަހަލަ ޖަވާބެކެވެ.

އޭސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު