Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮލޮމްބިއާގެ ރައިސް ފަލަސްތީނާއެކު

ފަލަސްތީނަށް ތާއީދުކުރި ދަރިވަރުންގެ ދިފާއުގައި ކޮލޮމްބިއާގެ ރައީސް

2 ފެބުރުއަރީ 2024 | ހުކުރު 11:13

އެކުވެރި ގައުމުތަކުން އެއްގައުމެއްގެ ދިދަ އަނެއްގައުމަކުން އުފުލުމަކީ އެކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަކަށް ނުދެކެން - ކޮލޮމްބިއާގެ ރައީސް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 2 ފެބުރުއަރީ 2024 | ހުކުރު 11:13
ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ

ކޮލަމްބިއާގެ ނޭޝަނަލް ޔުނިވާސިޓީގެ ދަރިވަރުންތަކެއް ފަލަސްތީނަށް ތާއީދުކުރި ކަމަށް ބުނެ އެ ޔުނިވަރސިޓީގެ ޙަރަކާތަކުން ބޭރުކުރި މައްސަލައިގައި ދަރިވަރުންގެ ދިފާއުގައި އެގައުމުގެ ރައީސް ތެދުވެވަޑައިގެންފިއެވެ.

ދަރިވަރުންނަށް ތާއީދުކުރައްވާ ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ހުކުރު ދުވަހު ވިދާޅުވީ މިނިވަންކަމާއި ޑިޕްލޮމެޓިކް ޙައްޤުތަކަށް ހުރިހާފަރާތްތަކަކުންވެސް އިޙްތިރާމް ކުރަންޖެހޭނެކަމަށެވެ.  

ކޮލަމްބިއާގެ ނޭޝަނަލް ޔުނިވާސިޓީގައި ކިޔަވަމުންދާ ގިނަޢަދަދެއްގެ ދަރިވަރުން އެ ޔުނިވަރސިޓީގެ ހޯލުން ނެރެފައިވަނީ، ޔުނިވަރސިޓީގެ ކޮންފަރެންސް ހޯލުގައި "ސިމްފަނީ އޮކެސްޓްރާއަކުން" ބޭއްވި ކޮންސެޓެއްގައި ފަލަސްތީނުގެ ބޮޑު ދިދައެއް ދައްކާލާ ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލުންނެވެ.

އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ. ފަލަސްތީނަށް ތާއީދުކޮށް ދަރިވަރުން އަޑު އުފުލާއިރު ސަލާމަތީ ބާރުތަކުން ނުފޫޒު ފޯރުވާ ތަން އެ ވީޑިއޯއިން ފެނެއެވެ.

މިކަން ހިނގާފައި މިވަނީ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ރާމަاللهގައި ކޮލަމްބިއާގެ އެމްބަސީއެއް ހުޅުވަން ރާވާފައިވާކަން ރައީސް ޕެޓްރޯ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އިއުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައިވެސް މެއެވެ.

ދަރިވަރުންނަށް ތާއީދުކުރައްވައި  ޕެޓްރޯ ދެއްކެވި ވާހަކަފުޅުން، ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމަށާއި އަސާސީ ހައްގުތައް ދެމެހެއްޓުމަށް އޭނާގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު އިތުރަށް ހާމަވެގެން ދެއެވެ.

މި ހަރަކާތުގެ ވީޑިއޯ ފުޓޭޖް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރައްވަމުން ރައީސް ޕެޓްރޯ ވަނީ "މިނިވަންކަމުގެ" ކޮންސެޕްޓަށް އަލިއަޅުއްވާލައްވާފައެވެ.

ޕެޓްރޯ އެކްސްގައި ކުރެވި ޕޯސްޓްގައި އިތުރަށް ވިދާޅުވީ ކޮލަމްބިއާއަކީ މިނިވަންކަމާއި ހައްގުތައް ލިބިގެންވާ ބިމެއް ކަމަށެވެ. ދައުލަތުގެ ޔުނިވާސިޓީއެއްގެ ތެރޭގައި ސެންސަރޝިޕަށް ޖާގައެއް ނޯންނާނެކަމަށެވެ. ސަގާފަތާއި މިނިވަންކަމަކީ ވަކިނުކުރެވޭ ވަރުގެ ގުޅުމެއް އޮތް ދޭއްޗެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެއެވެ.

ކޮލޮމްބިއާގެ ރައީސްގެ މި އިސްނެންގެވުމުގެ ސަބަބުން ކޮލަމްބިއާގައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ބައިނަލްއަޤްވާމީ ނިޝާންތަކަށް އިޙްތިރާމްކުރުމާއި، ފަލަސްޠީނާއެކު އޮތް ކޮލަމްބިއާގެ ޑިޕްލޮމެޓިކް ގުޅުމާ ބެހޭގޮތުން އިތުރަށް ހަލަބޮލިވެ ވާހަކަތައް އުފެދިގެން ދާނެކަމަށް ބެލެވެއެވެ.

ކޮލަމްބިއާފަލަސްތީނު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
19 ނޮވެމްބަރު 2025

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ
18 ނޮވެމްބަރު 2025

އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު

18 ނޮވެމްބަރު 2025
އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް