Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިފްކޯއިން ޕީއެންސީގެ ކެންޑިޑޭޓުން ޕްރޮމޯޓް ކުރުން

މިފްކޯއިން ޕީއެންސީގެ މަޖިލިސް ކެންޑިޑޭޓުންނަށް މަރުހަބާ ކިޔައި ހަދިޔާ ފޮއްޓާއެކު ކުރި ޕޯސްޓް ޑިލިޓް ކޮށްލައިފި

މިފަދަ ފަސް ޕޯސްޓް ހިއްސާކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ފެބުރުއަރީ 2024 | ހުކުރު 10:06
މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު، ގެމަނަފުށި ދާއިރާގެ ކެންޑިޑޭޓު އަސަދުﷲ ޝިހާބަށް ހަދިޔާ ފޮށި ހަވާލުކޮށްދެއްވަނީ

މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު، ގެމަނަފުށި ދާއިރާގެ ކެންޑިޑޭޓު އަސަދުﷲ ޝިހާބަށް ހަދިޔާ ފޮށި ހަވާލުކޮށްދެއްވަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންތަކަކަށް މަރުހަބާ ކިޔައި "ފަސްމީރު" ބްރޭންޑުގެ އެކި ބާވަތުގެ މަސްދަޅާއި އެ ބްރޭންޑުގެ އެކި އުފެއްދުންތައް ހިމަނާފައިވާ ފޮއްޓެއް ހަދިޔާކޮށްފިއެވެ.

މިފްކޯއިން ވަނީ ޕީއެންސީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މަރުހަބާ ކިޔާ މިފޮށި ހަދިޔާކުރާ މަންޒަރު ފެންނަ ފޮޓޯއާއެކު އެކްސްގައި ވަނީ ފަސް ޕޯސްޓެއް ހިއްސާކޮށްފައެވެ. މިފްކޯގެ ރަސްމީ އެކައުންޓުގައި ހިއްސާކުރި މި ޕޯސްޓުގައި ވަނީ ކާށިދޫ ދާއިރާގެ ކެންޑިޑޭޓު މުންތަޒިމް އިބްރާހިމް، ގެމަނަފުށި ދާއިރާގެ ކެންޑިޑޭޓު އަސަދުﷲ ޝިހާބު، ހިންނަވަރު ދާއިރާގެ ކެންޑިޑޭޓު މުހައްމަދު އަބްދުއްރަހުމާން، ވިލިނގިލި ދާއިރާގެ ކެންޑިޑޭޓު ޔަޒްމީދު މުހައްމަދު، އަދި ކޮލަމާފުށި ދާއިރާގެ ކެންޑިޑޭޓު އިބްރާހީމް ދީދީ އެވެ.

މިފްކޯއިން ބުނެފައިވަނީ މިފްކޯގެ ސީއީއޯ މަރުހަބާ ދަންނަވައިފި ކަމަށާއި، ދެކުނުގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހެޔޮ ފިޔަވަޅު އަޅުއްވާ ކަންކަން ފަހިކޮށްދިނުމަށް މިފްކޯއިން ދެމި ހުންނާނެ ކަމަށެވެ.

ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން މި ފަސް ޕޯސްޓް މިފްކޯއިން ވަނީ ޑިލިޓް ކޮށްލާފައެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންތަކެއް މިހެން ޕްރޮމޯޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފާޑުކިޔާފައިވާ ބައެއް އާއްމު ރައްޔިތުން ބުނެފައިވެއެވެ. އަދި މަސްވެރިންނަށް ރުފިޔާ ނުދެވޭއިރު، މިފަދަކަންކަން މިފްކޯއިން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

މިފްކޯއިން ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ ކެންޑިޑޭޓުންތަކަކަށް މަރުހަބާ ކިޔައި މަސްދަޅު ހަދިޔާކުރާއިރު، މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފައިސާ ދޫކުރާނެ ވަކި ތާރީހެއް ދީފައިނުވެއެވެ. މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ނަމަވެސް ސަރުކާރަށް ދެމަސްވެގެން ދިޔައިރު ވެސް މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ ވަނީ ބޮޑުވެފައެވެ. މި ކަމާއި ގުޅިގެން ބައެއް މަސްވެރިން މުޒާހަރާކޮށް، ޖުމްލަ 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ކަމަށް ބައެއް މަސްވެރިން ތުހުމަތުކޮށްފައިވެއެވެ.

މިތުހުމަތުތަކާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީގެ ޖަވާބެއް ނުލިބޭ ކަމަށް ނޫސްވެރިން ފާހަގަކޮށްފައިވެއެވެ.

މިފްކޯޕީޕީއެމް-ޕީއެންސީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
06 އޮކްޓޯބަރު 2025

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
16 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު