Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަންޑޭގެ މުދާތައް ހިފެހެއްޓުން

މަންޑޭގެ މުދާތައް ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކުރާނެ ތަނެއް ނެތްކަމަށް ނިންމައިފި

ކޭޕާކްގެ 41 އެޕާޓްމެންޓް، 107 މީހަކަށް ވިއްކާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2024 | ބުރާސްފަތި 11:07
ހައިކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައި މަންޑޭ ވާހަކަދައްކަނީ

ހައިކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައި މަންޑޭ ވާހަކަދައްކަނީ

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭޕާކް ފްލެޓްތަކުގެ މައްސަލާގައި ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހު (މަންޑޭ)ގެ މުދާތައް ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކުރާނެ ތަނެއްނެތް ކަމަށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ މަންޑޭގެ މުދާތައް ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކުރާނެ ތަނެއްނެތް ކަމަށް ނިންމައި ހުކުމްކޮށްފައެވެ.

Advertisement - newsAdvertisement

މަންޑޭގެ މުދާތައް ފުލުހުން ހިފަހައްޓާފައިވަނީ ފޭކު ޑޮކިއުމެންޓްތައް އުފައްދައިގެން ކޭޕާކް އެޕާޓްމެންޓްތައް ވިއްކައިގެން ލިބުނު ފައިސާ ލޯންޑަރ ކޮށްގެން ހޯދާފައިވާ މުދާކަމަށް ތުހުމަތު ކުރެވޭތީއެވެ. މުދާތައް ހިފަހައްޓާފައިވަނީ ވެސް ކޯޓު އަމުރެއްގެ ދަށުންނެވެ. މި އަމުރު ބާތިލުކުރަން މަންޑޭގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުގެ ރަޖިސްޓްރަރ ބޭރުކޮށްލާފައި ވަނީ، އިސްތިއުނާފީ ނުކުތާތައް އެއްވެސް ގާނޫނަކާ ނުވަތަ ގާނޫނީ އުސޫލަކާ ހަވާލާދީފައި ނުވާތީއެވެ. އަދި އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް 03 ޑިސެންބަރު 2023ގައި ނިންމާފައިވެއެވެ.

ނަމަވެސް އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ހުށައެޅުމުން ރަޖިސްޓްރަރގެ ނިންމުން ބާތިލުކޮށް، މައްސަލަ ބެލުމަށް ވަނީ ނިންމާފައެވެ.

މައްސަލަ ބެލުމަށްފަހު ބުރާސްފަތި ދުވަހު ނިންމާފައިވަނީ އެ އަމުރު ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި، އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ފުރިހަމަކޮށް، ގެއްލުން ލިބުނު 51 މީހުންނާ ގުޅިގެން ދައުވާކުރުމަށް 12 ޑިސެންބަރު 2023ގައި ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން މަންޑޭގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި އެ މައްސަލައިގައި ދެން ހިމެނޭ ރ. އަލިފުށީ، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.

މަންޑޭގެ މައްޗަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ މި މައްސަލައިގައި ކޭޕާކްގެ 41 އެޕާޓްމެންޓް، 107 މީހަކަށް ވިއްކާފައިވެއެވެ.

ަހަސަން މަމްދޫހު (މަންޑޭ) ކޭ ޕާކް ރެޒިޑެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

30 ދުވަސް ތެރޭ ކޭޕާކުގެ 4 އެޕާޓުމަންޓެއް ހަވާލުކުރުމަށް ނުވަތަ 2.9 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުގެ ޙުކުމެއް

30 ދުވަސް ތެރޭ ކޭޕާކުގެ 4 އެޕާޓުމަންޓެއް ހަވާލުކުރުމަށް ނުވަތަ 2.9 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުގެ ޙުކުމެއް

04 ސެޕްޓެމްބަރު 2025
ކޭޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލްކޮށްފި

ކޭޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލްކޮށްފި

03 އޮކްޓޯބަރު 2024
މަންޑޭގެ "ޕެންޓް ހައުސް"ގައި: ދޮޅުލައްކަ ރުފިޔާއަށް ދޭ ގަހަނާ، ބައިލައްކަ ރުފިޔާގެ އަތް ދަބަސް، ނުކަނޑައިހުރި 200 ސެންޓު ފުޅި!

މަންޑޭގެ "ޕެންޓް ހައުސް"ގައި: ދޮޅުލައްކަ ރުފިޔާއަށް ދޭ ގަހަނާ، ބައިލައްކަ ރުފިޔާގެ އަތް ދަބަސް، ނުކަނޑައިހުރި 200 ސެންޓު ފުޅި!

30 ނޮވެމްބަރު 2023
މަންޑޭގެ މައްޗަށް ގާތްގަނޑަކަށް 225 ދައުވާ، އަންނަ ހަފްތާގައި ކޯޓަށް މައްސަލަ ވައްދަނީ

މަންޑޭގެ މައްޗަށް ގާތްގަނޑަކަށް 225 ދައުވާ، އަންނަ ހަފްތާގައި ކޯޓަށް މައްސަލަ ވައްދަނީ

30 ނޮވެމްބަރު 2023
ކޭޕާކްގެ އެޕާޓްމަންޓެއް ގަތް މީހަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

ކޭޕާކްގެ އެޕާޓްމަންޓެއް ގަތް މީހަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

22 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު