Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަންޑޭގެ މައްސަލަ

މަންޑޭގެ "ޕެންޓް ހައުސް"ގައި: ދޮޅުލައްކަ ރުފިޔާއަށް ދޭ ގަހަނާ، ބައިލައްކަ ރުފިޔާގެ އަތް ދަބަސް، ނުކަނޑައިހުރި 200 ސެންޓު ފުޅި!

އޭނާގެ 7.8 މިލިއަން ރުފިޔާގެ އަގުބޮޑު ޕެންޓް ހައުސް ހުރީ ފުލުހުންގެ ބެލުމުގެދަށުގައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2023 | ބުރާސްފަތި 10:46
ކޭ-ޕާކް ހަސަން މަމްދޫހް

ކޭ-ޕާކް ހަސަން މަމްދޫހް

އެއީ އެއް ދުވަސްވަރެއްގައި ރާއްޖޭގެ ވަރަށް މަޝްހޫރު ވިޔަފާރިވެރިއެކެވެ. އާންމުންނަށް ބޮޑެތި އެހީތެރިކަންވެސް ފޯރުކޮށްދެމުން ދިޔަ ޒުވާން ވިޔަފާރިވެރިއެކެވެ. ރާއްޖޭގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި "ހަސަން މަމްދޫހު"ގެ ނަން ދިޔައީ ވިދައި ބަބުޅަމުންނެވެ. އެހެންނަމަވެސް އެ ވިދުންތައް މާގިނަ ދުވަހަކު ނުއެއް ދެމެހެއްޓުނެވެ. އެ އަލިގަދަ ވިދުންތައް ފަޑުވެގެން ގޮސް، މިއަދު މަމްދޫހު ލޭބަލްކުރެވެނީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް އޮޅުވާލުން ހިންގި ފަރާތުގެ ގޮތުގައެވެ. އާންމު ވިޔަފާރިވެރިއަކު ހިންގި އެންމެ ބޮޑު މަނީ ލޯންޑްރިންގެ މައްސަލަ ހިންގި މީހާގެ ގޮތުގައެވެ.

މަމްދޫހުގެ މި މައްސަލައަކީ ކޮބައިކަން ނުބުންޏެއްކަމަކު، ގިނަ މީހުންނަށް މަމްދޫހު އެނގެންފެށީ ވެސް ކޭޕާކުގެ މައްސަލަ ފެންމަތިވި ހިސާބުންނެވެ. ހުޅުމާލޭގައި އަޅަން ހަވާލުކުރި މަތީ ފެންވަރުގެ ހައުސިން މަޝްރޫއެއް ނުވަތަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއްގެ ތެރެއިން، އެތަން ތަރައްގީކުރުމަށް ހަވާލުކުރި ހަންބޯ މޯލްޑިވްސްގެ ވެރިޔާގެ ހައިސިއްޔަތުން އެތައް ރައްޔިތުންގެ ފައިސާ، އޮޅުވާލައިގެން މަކަރާ ހީލަތުން ނެގި ހިސާބުންނެވެ. ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި, ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވުނު ހިސާބުންނެވެ.

ބުރާސްފަތި ދުވަހު އެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ޕްރޮސެކިއުޓަރ ޖެނެރަލް، ހުސައިން ޝަމީމް ދެއްވަމުން ގެންދެވިއިރު، މަމްދޫހު ނުވަތަ މަންޑޭ އާންމުންގެ އަތުން ނެގިކަމަށް ބުނާ ފައިސާގެ ތަފްސީލުތައް ދިޔައީ ފެންމަތި ވަމުންނެވެ. މަންޑޭ ދިރިއުޅެމުން ދިޔަ މުއްސަނދި ދިރިއުޅުމުގެ ވާހަކަތައް ދިޔައީ ބޭޒާރު ވަމުންނެވެ.

މަންޑޭގެ މައްޗަށް ޖުމްލަ 225ށްވުރެ ގިނަ ދައުވާ ކުރުމަށް ޕީޖީން މަސައްކަތް ކުރަމުންދާއިރު، މިހާރުވެސް އޭނާގެ އަގުބޮޑު ޕެންޓް ހައުސްވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ޖުމްލަ 7.8 މިލިއަން ރުފިޔާގެ އެ ޕެންޓް ހައުސްއާ ގާތްގަނޑަށް އެއްވަރުގެ މުދާ އެ ޕެންޓް ހައުސްގައި ހުރިއިރު، އޭގެ ބައެއް މިސާލުތައްވެސް ޕީޖީ ޝަމީމު ވަނީ ވިދާޅުވެދެއްވާފައެވެ. އޭގެ ތެރޭގައި:

- ނުކަނޑައިހުރި 200އަށްވުރެ ގިނަ ސެންޓް ފުޅި

- މަތީ ބްރޭންޑްތަކުގެ އަތް ދަބަސްތައް، ބައެއް އެފަދަ ދަބަސްތަކުގެ އަގު 50،000 ރުފިޔާއަށް އަރާ

- ތަފާތު ވައްތަރުގެ އަގުބޮޑު ގަހަނާ. ބައެއް ގަހަނާތަކުގެ އަގު 10،000 ޑޮލަރު އަދި 25،000 ޑޮލަރަށް އަރާ.

މި ނޫނަސް، މަންޑޭ އެ ފައިސާ ހޯދި ކަމަށް ބެލެވޭ ބައެއް ގޮތްތައްވެސް ތަހުގީގުން ހޯދާފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ. އެގޮތުން ޖުމްލަ 41 އެޕާޓްމެންޓެއް 107 މީހަކަށް ވިއްކާފައިވާ ކަމަށާއި، އޭގެ ތެރެއިން އޭނާގެ ޕެންޓް ހައުސް ގަނެފައިވަނީ 4 މީހަކަށް ވިއްކި 2 އެޕާޓްމެންޓަކުން ލިބުނު ފައިސާއިން ކަން ތަހުގީގަށް ވަނީ ހާމަވެފައެވެ.

މި ހުރިހާ މައްސަލަތަކާއެކު މަންޑޭގެ މައްޗަށް ޖުމްލަ 225 ދައުވާއެއް ކުރުމަށް ޕީޖީން ތައްޔަރުވަމުންދާއިރު، އޭގެތެރޭގައި ޕީޖީން ބޭނުންވަނީ ކޮންމެ މީހެއްގެ މައްސަލައެއް ވަކިވަކި މައްސަލަތަކެއް ގޮތުގައި ކޯޓަށް ހުށަހެޅުމަށެވެ. އެގޮތުން ބަލާއިރު، މައިގަނޑު ގޮތެއްގައި މަންޑޭގެ މައްޗަށް ކުރެވޭނެ ކަމަށް ބެލެވޭ ދައުވާތަކަކީ:

- ގާނޫނުލް އުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ

- ގާނޫނުލް އުގޫބާތުގެ 313 ވަނަ މާއްދާގެ ދަށުން، އޮޅުވާލުމުގެ ކުށުގެ ދައުވާ. އެއީ ވިޔަފާރީގެ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފުވާތީއާއި އެނގި ހުރެ މީހުންނަށް އޮޅުވާލާފައިވާތީ.

- ޓެކުމުގެ ކުށުގެ ދައުވާ

- މަނީލޯންޑްރިންއާއި ޓްރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ދައުވާ

އެހެންނަމަވެސް، މި ދައުވާތައް އޭނާ ދޮގުކުރެއެވެ. އެގޮތުން އޭނާ ބުނާގޮތުން ނަމަ، ރައްޔިތުންގެ ފައިސާ ހިފައިގެން ފިލައިގެން އުޅެނީ އެ މަޝްރޫއު ހިންގާ ކުންފުނި ކަމަށްވާ ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރެވެ.

ކޭ ޕާކް ރެޒިޑެންސްހަސަން މަމްދޫހް

ކޮމެންޓް

އިތުރަށް ކިޔާލަން

30 ދުވަސް ތެރޭ ކޭޕާކުގެ 4 އެޕާޓުމަންޓެއް ހަވާލުކުރުމަށް ނުވަތަ 2.9 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުގެ ޙުކުމެއް

30 ދުވަސް ތެރޭ ކޭޕާކުގެ 4 އެޕާޓުމަންޓެއް ހަވާލުކުރުމަށް ނުވަތަ 2.9 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުގެ ޙުކުމެއް

04 ސެޕްޓެމްބަރު 2025
ކޭޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލްކޮށްފި

ކޭޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލްކޮށްފި

03 އޮކްޓޯބަރު 2024
މަންޑޭގެ މުދާތައް ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކުރާނެ ތަނެއް ނެތްކަމަށް ނިންމައިފި

މަންޑޭގެ މުދާތައް ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކުރާނެ ތަނެއް ނެތްކަމަށް ނިންމައިފި

01 ފެބުރުއަރީ 2024
މަންޑޭގެ މައްޗަށް ގާތްގަނޑަކަށް 225 ދައުވާ، އަންނަ ހަފްތާގައި ކޯޓަށް މައްސަލަ ވައްދަނީ

މަންޑޭގެ މައްޗަށް ގާތްގަނޑަކަށް 225 ދައުވާ، އަންނަ ހަފްތާގައި ކޯޓަށް މައްސަލަ ވައްދަނީ

30 ނޮވެމްބަރު 2023
ކޭޕާކްގެ އެޕާޓްމަންޓެއް ގަތް މީހަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

ކޭޕާކްގެ އެޕާޓްމަންޓެއް ގަތް މީހަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

22 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު