Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޭޕާކް ފްލެޓްތަކުގެ މައްސަލަ

ކޭޕާކް ފްލެޓްތަކުގެ މައްސަލަ: ޝަކުވާތައް ދަނީ ބަލަމުން، އަހަރު ފަހުކޮޅު ފްލެޓްތައް ދިނުމަށް މަސައްކަތްކުރަނީ

ކުންފުނީގެ ހިންގުމަށް ޙަސަން މަމްދޫޙުގެ ފަރާތުން ކުރިމަތިކުރުވި ހުރަސްތައް ނައްތާލެވިފައިވާ ކަމަށް ކުންފުނިން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 މެއި 2023 | ހޮނިހިރު 18:06
ކޭ-ޕާކް މައްސަލާގައި ތުހުމަތުކުރެވޭ އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

ކޭ-ޕާކް މައްސަލާގައި ތުހުމަތުކުރެވޭ އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

ކޭޕާކް ފްލެޓްތަކާއި ގުޅިގެން ހުށަހެޅި ޝަކުވާގެ ސައްހަކަން ބަލަމުންދާ ކަމަށާއި، ކުރިން ކަނޑައެޅި ގޮތަށް މި އަހަރު ފަހު ކުއާޓާގައި ފްލެޓްތައް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް، އެ ފްލެޓްތަކުގެ މަސައްކަތްކުރަމުންދާ ހަަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ފަރާތުން ތަރައްޤީ ކުރަމުންދާ "ކޭޕާކް" ރެސިޑެންސް ގެ އެޕާޓްމަންޓްތައް ކުންފުންޏަށް އެނގުމެއްނެތި ވިއްކާފައިވާތީ އާއި ވިއްކުމުގެ މުޢާމަލާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ސޮއި ފޯޖުކޮށްގެން ހިންގާފައިވާ މުޢާމަލާތްތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ހަމައެހެންމެ ކުންފުނީގެ ހިންގުމަށް ޙަސަން މަމްދޫޙުގެ ފަރާތުން ކުރިމަތިކުރުވި ހުރަސްތައް ނައްތާލެވިފައިވާތ،ީ ކުންފުނީގެ ފަރާތުން ކުރީގައިވެސް އިޢުލާނުކޮށްފައިވާ ގޮތަށް މިއަހަރުގެ ފަހު ކުއާޓާގައި ކަސްޓަމަރުންނާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމަށްޓަކައ،ި ކޯޓާ އިތުރުކޮށް ލޭބަރުން ގެނައުމަށް ކުންފުނީގެ ފަރާތުން ފާސްކުރަންޖެހޭ ކަންކަން ފާސްކޮށް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް އެކަންކަން ކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ކުރި މަސައްކަތުގެ ދަށުން މިހާތަނަށް ކުންފުނީގެ ފަރާތުން މި މައްސަލައިގައި ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 16 މެއި 2023 ގައި ބާއްވާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ތަފްޞީލީ ގޮތެއްގައި މައްސަލައިގެ މަޢުލޫމާތު ޙިއްސާކޮށްދިން ކަމަށް ހަމްބޯ ކުންފުނިން ބުނެއެވެ. އަދި މި ބައްދަލުވުމަށް ހާޟިރުވި ފަރާތްތަކާއި ކުންފުންޏަށް ލިޔެކިޔުންތައް ޙިއްޞާކޮށްދެއްވި ބޭފުޅުން ހިމެނޭގޮތުން ގަވާއިދުން މަޢުލޫމާތު ބަދަލުކުރެވެމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ ކޭޕާކް ޕްރޮޖެކްޓާ ގުޅިގެން މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނީގެ ބޯޑު ބައްދަލުވުން ބޭއްވުމަށް ޙަސަން މަމްދޫޙުގެ ފަރާތުން ކުރިމަތިކުރުވި ގޮންޖެހުންތައް ކަމަށެވެ. އެހެންނަމަވެސ،ް އޭނާގެ ފަރާތުން ކުރިމަތިކުރުވި ހުރަސްތައް މިހާރު ވަނީ ނައްތާލެވިފައި ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ހުރަސްތައް ނައްތާލުމަށް ގެނައި ބަދަލުތަކަކީ ކުންފުނީގެ ޙިއްސާ އަށް ބަދަލުތަކެއް ގެނައުމާއި، އާ ޙިއްސާދާރެއް އިތުރުކުރުމާއި ކުންފުނީގެ ބޯޑަށް ޑިރެކްޓަރަކު އިތުރުކުރުމެވެ.

ހަމްބޯ ކުންފުނިން ބުނީ މިކަމުގެ ސަބަބުނ،ް ކޭޕާކް ޕްރޮޖެކްޓާ ގުޅިގެން އެ ކުންފުނީގެ ފަރާތުން އެޗ.ްޑ.ީސީ އަދި ދައުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތް ބާރުދުވެލީގައި ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން މިހާރު މީގެ ކުރިން ކޭޕާކް ފްލެޓްތަކާއި މެދު ޝަކުވާ ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރަމުންދާ ކަަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މަމްދޫޙުގެ ފަރާތުން ކުންފުނީގެ ލިޔެކިޔުންތައް ހިފަހައްޓައި އެލިޔުންތައް ލިބިފައިނުވާތީ އާއި ތަޙްޤީޤަށް އެއްބާރުލުންނުދީ ހެކި ނައްތާލުމަށް މަސައްކަތްކޮށްފައިވުމުގެ ސަބަބުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށްވެސް އެ ލިޔެކިޔުންތައް ފުރިހަމައަށް ލިބިފައި ނުވާކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން ލިޔެކިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތަށް ގިނަގޮންޖެހުންތައް ހުރުމާއެކު އެކުންފުނީގެ ފަރާތުން އެދެނީ ދިވެހި ފުލުހުންގެ ޚިދުމަތުން އެދިފައިވާ ފަދައިން އެ އިދާރާއަށް ރިޕޯޓުކޮށް މަޢުލޫމާތު ޙިއްސާކޮށްދިނުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެންކަމުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި ކޭ -ޕާކް ރެސިޑެންސް އާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ އެ ޝަކުވާ ހުށަހެޅުމަށް 25 މެއި 2023 އިން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ކޭޕާކް މައްސަލާގައި އެ ކުންފުނި ތަމްސީލުކުރުމަށް އެކުންފުނީގެ ބޯޑުން ކަނޑައަޅައި ޢައްޔަންކޮށްފައިވަނީ ލޯކްރާފްޓް ލޯފަރމް ކަމުގައިވާތ،ީ އެލޯފަރމްގެ އީމެއިލް mv.lawcraft@ask އަށް ޝަކުވާ ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އެ ކުންފުނިން ވަނީ މިހާތަނަށް ގިނަ ޢަދަދެއްގެ ކަސްޓަމަރުންގެ ފަރާތުން މަޢުލޫމާތު ޙިއްސާކޮށްފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި އެކުންފުންޏާއެކު މުޢާމަލާތު ކޮށްފައިވާ ފަރާތެއްވާނަމަ މި އިޢުލާނުގައިވާ މުއްދަތުގައި އެކަން ޙިއްސާކޮށްދެއްވުމަށް އެދިފައިވެއެވެ.

ކޭ ޕާކް ރެޒިޑެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

30 ދުވަސް ތެރޭ ކޭޕާކުގެ 4 އެޕާޓުމަންޓެއް ހަވާލުކުރުމަށް ނުވަތަ 2.9 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުގެ ޙުކުމެއް

30 ދުވަސް ތެރޭ ކޭޕާކުގެ 4 އެޕާޓުމަންޓެއް ހަވާލުކުރުމަށް ނުވަތަ 2.9 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުގެ ޙުކުމެއް

04 ސެޕްޓެމްބަރު 2025
ކޭޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލްކޮށްފި

ކޭޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލްކޮށްފި

03 އޮކްޓޯބަރު 2024
މަންޑޭގެ މުދާތައް ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކުރާނެ ތަނެއް ނެތްކަމަށް ނިންމައިފި

މަންޑޭގެ މުދާތައް ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކުރާނެ ތަނެއް ނެތްކަމަށް ނިންމައިފި

01 ފެބުރުއަރީ 2024
މަންޑޭގެ "ޕެންޓް ހައުސް"ގައި: ދޮޅުލައްކަ ރުފިޔާއަށް ދޭ ގަހަނާ، ބައިލައްކަ ރުފިޔާގެ އަތް ދަބަސް، ނުކަނޑައިހުރި 200 ސެންޓު ފުޅި!

މަންޑޭގެ "ޕެންޓް ހައުސް"ގައި: ދޮޅުލައްކަ ރުފިޔާއަށް ދޭ ގަހަނާ، ބައިލައްކަ ރުފިޔާގެ އަތް ދަބަސް، ނުކަނޑައިހުރި 200 ސެންޓު ފުޅި!

30 ނޮވެމްބަރު 2023
މަންޑޭގެ މައްޗަށް ގާތްގަނޑަކަށް 225 ދައުވާ، އަންނަ ހަފްތާގައި ކޯޓަށް މައްސަލަ ވައްދަނީ

މަންޑޭގެ މައްޗަށް ގާތްގަނޑަކަށް 225 ދައުވާ، އަންނަ ހަފްތާގައި ކޯޓަށް މައްސަލަ ވައްދަނީ

30 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު