Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޭ ޕާކު

ކޭ ޕާކު މައްސަލަ: މަންޑޭގެ ތުހުމަތު މައި ހިއްސާދާރަށް، އުޅެނީ ލާރިކޮޅު ހިފައިގެން ފިލަން!

ހިއްސާދާރުން އިތުރުކުރަން ސޮއި ކުރުމަށް އިންކާރު ކުރުމުން އަބުރު ކަތިލަން މަސައްކަތް ކުރާ ކަމަށް ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 10 މެއި 2023 | ބުދަ 04:16
ހަންބޯ މޯލްޑިވްސް ދެ ހިއްސާދާރުން، (ކ) މައި ހިއްސާދާރު ޖިން ޝީ ހޫ، (ވ) 5 އިންސައްތައިގެ ހިއްސާދާރު މަންޑޭ

ހަންބޯ މޯލްޑިވްސް ދެ ހިއްސާދާރުން، (ކ) މައި ހިއްސާދާރު ޖިން ޝީ ހޫ، (ވ) 5 އިންސައްތައިގެ ހިއްސާދާރު މަންޑޭ

ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ކޭ ޕާކް ފްލެޓުތަކުގެ މައްސަލައިގައި އެ މަޝްރޫއު ހިންގާ ކުންފުނި ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު އުޅެނީ ފައިސާ ހިފައިގެން ފިލަން ކަމަށް އެ ކުންފުނީގެ ދިވެހި ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) ތުހުމަތު ކޮށްފިއެވެ.

ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި މަންޑޭއަށް ވައްކަމުގެ ތުހުމަތުކޮށް ޖިނާއީ ތަހުގީގު ކުރުމަށް އެ ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު ވަނީ މައްސަލަ ހުށަހަޅައިފައެވެ.

Advertisement - newsAdvertisement

މި ތުހުމަތުތަކަށް ރައްދުދީ އަންގާރަ ދުވަހު މަންޑޭ ނެރުނު ބަޔާނެއްގައި ބުނީ ކޭ ޕާކު ޕްރޮޖެކްޓުގެ ވެރިފަރާތުގެ ހައިސިއްޔަތުން ހަންބޯ ކޮރެއާއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން ބައެއް ކަންކަން ކުރުމުގެ ބާރު އެ ކުންފުނީގެ ރާއްޖޭގެ އެޖެންޓް، ހަންބޯ މޯލްޑިވްސްއަށް ލިބިފައިވާ ކަމަށާއި އެބާރަކީ ހަންބޯ ކޮރެއާގެ ބޯޑުގެ ރެޒޮލިއުޝަނަކުން އަނބުރާ ގެންދެވޭ ގޮތަށް ދީފައިވާ ބާރެއް ކަމަށެވެ. އަދި ދީފައިވާ ބާރުތަކުގެ ތެރޭގައި ޕްރޮޖެކްޓުގެ ދަށުން ވިއްކާ އެޕާޓްމެންޓުތަކުން ލިބޭ ފައިސާ ބަލައިގަތުމުގެ ބާރު ދީފައިވީނަމަވެސް، އެ ފައިސާއަކީ ހަންބޯ ކޮރެއާގެ ފައިސާކަމާއި އެ ފައިސާއަކީ އެއްވެސް ހާލަތެއްގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ފައިސާއެއް ނޫން ކަމަށާއި ޖިން ޝީ ހޫ ނުވަތަ ލޯކަލް އެޖެންޓަށް ލިބޭނީ ހަންބޯ ކޮރެއާ އާއެކުވެފައިވާ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ނުވަތަ ކޮށްފައިވާ މަސައްކަތުގެ އަގަށް ލިބެންޖެހޭ ފައިސާ އެކަނި ކަމަށް ފާހަގަކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

މަންޑޭ ބުނީ ހަންބޯ މޯލްޑިވްސްގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބަޔާންކުރާ މައްސަލައަކީ، ހަގީގަތުގައި 95 ހިއްސާދާރު، ޗައިނާގެ ރައްޔިތެއް ކަމަށްވާ، ޖިން ޝީ ހޫ އެ އޮފީހުގައި ބައިތިއްބާފައި ތިބި އޭނާގެ އެކައުންޓެންޓުންނާ ގުޅިގެން ޕްރޮޖެކްޓުގެ އެޕާޓްމެންޓުތައް ވިއްކުމުން ލިބޭ ފައިސާ ނެގުމަށްފަހު، ރާއްޖެއިން ފިލުމަށް ކުރަމުން ދިޔަ މަސައްކަތަށް އެއްބަސްނުވުމުން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. އަދި ޝީ ޖިން ހޫ ގެ 95 ހިއްސާގެ ތެރެއިން އެއް އިންސައްތަ ހިއްސާ ކޭ ޕާކުގެ ސައިޓުގައި މަސައްކަތްކުރާ ޗައިނާގެ ރައްޔިތެއް ކަމަށްވާ ވޫ ޒީއަށް ޓްރާންސްފާކޮށްފައިވާ ކަމަށާއި ބިއްލޫރި މަސައްކަތްތަކެއް ކުރުމަށް ޖިން ޝީ ހޫގެ ފަރާތުން ނެގި ދިވެހި ކޮންޓްރެކްޓަރެއް ކުންފުނީގެ ބޯޑަށް ނެގުމަށް ވެސް ޖިން ޝި ހޫ ބޭނުންވި ކަމަށް އޭނާ ބުންޏެވެ.

މި ލިޔެކިޔުންތަކުގައި ސޮއި ކުރުމަށް އިންކާރު ކުރުމުން އަބުރު ކަތިލައި އޭނާ ކުންފުނިން ބޭރުކޮށްލަން މަސައްކަތް ކުރާ ކަމަށާއި އެކަން ކުރުމަށްފަހު ލާރި ހިފައިގެން ފިލުމަކީ ޝީން ޖިން ހޫގެ ނުބައި ރޭވުމެއް ކަމަށް ވެސް މަންޑޭ ވަނީ ތުހުމަތުކޮށްފައެވެ.

ކޭ ޕާކް މައްސަލައިގައި މިހާރު ހިނގަމުންދާ މައްސަލައަށް އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި މިހާރުވެސް މަސައްކަތް ކުރަމުން ދަނީ ކޭ ޕާކުން އެޕާޓްމެންޓްތައް ގަނެފައިވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރަން ކަމަށް ވެސް މަންޑޭ ބުންޏެވެ. އަދި ކޭ ޕާކް ރެޒިޑެންސް ތަރައްގީކޮށްފައި ވަނީ ޖިން ޝީ ހޫ އަދި އޭނާގެ ހަންބޯ ކޮރެއާ ކުންފުނިން ނޫން ކަމަށާއި އެތަން ތަރައްގީކުރުމަށް ހަރަދުކޮށްފައިވަނީ އެޕާޓުމެންޓް ވިއްކައިގެން ލިބުނު ފައިސާއިން ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން ކޭ ޕާކް ރެޒިޑެންސްއަށް ޖިން ޝީ ހޫ ނުވަތަ އޭނާގެ އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ގާނޫނީ ބާރެއް ނޯންނާނެ ކަމަށް ވެސް މަންޑޭ ބުންނެވެ.

މަންޑޭއާ ދެކޮޅަށް ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު މައްސަލަ ހުށަހަޅާފައިވާއިރު ކޭ ޕާކުން އެޕާޓްމަންޓު ގަތް މީހުންގެ ތެރެއިން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފުލުހުން ވަނީ އެ ފުރުސަތު ވެސް މިހާރު ހުޅުވާލައިފައެވެ.

ކޭ ޕާކް ރެޒިޑެންސްބޯހިޔާވަހިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

21 ނޮވެމްބަރު 2025
ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

18 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭނގި، މުޅިން ބޭކާރުވި 365 ދުވަހަށް!

ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭނގި، މުޅިން ބޭކާރުވި 365 ދުވަހަށް!

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު