Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޖީ އަށް ހަމަލާ ދިނުން

ޕީޖީ އަށް ހަމަލާ ދިން އިރު ސެކިރުއިޓީ ދެމުންނެއް ނުދޭ، ކުރިއަށް އޮތްތަނުގައި ނިޒާމް ރިވިއުކުރާނަން - ސީޕީ

ފުލުހުން ބުނީ މި ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ފެބުރުއަރީ 2024 | ބުރާސްފަތި 09:31
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕްރޮސެކިއުޓަރ ޖެނެރަލް، ހުސައިން ޝަމީމަށް ހަމަލާދިން އިރު އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދެމުން ނުދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ސީޕީ ވިދާޅުވީ ޕީޖީ ދައުވާކުރައްވާފައިވާ ބައެއް މައްސަލަތަކާއި ގުޅިގެން ތްރެޓް އެނަލިސިސް، ނުވަތަ ނުރައްކާ އޮތް މިންވަރު ބެލުމަށް ފަހު ޕީޖީ އަށް ފުލުހުން ވާނީ މީގެ ކރުިން ސެކިއުރިޓީ ފޯރުކޮށްދީފައި ކަމަށެވެ. އެންމެ ފުރަތަމަ ފުލުހުން ބުނީ ޕީޖީ އަށް ސެކިއުރިޓީ ނުދީ ވަނީ ޕީޖީ ކުރެއްވި މެސެޖަކާއި ގުޅިގެން ކަަމަށެވެ. އެކަމާއި ގުޅިގެން ނޫސްވެރިން ވަނީ ޕީޖީ ޝަމީމް އެދިވަޑައިގެން ސެކިއުރިޓީ ދިނުން ހުއްޓާލީތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ސީޕީ ވިދާޅުވީ މެސެޖެއްގެ ސަބަބުން ސެކިއުރިޓީ ދެމުން ނުދާކަމަށް ބުނުމަކީ އެންމެ ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ. އެކަމާއި ގުޅޭ ސައްހަ މައުލޫމާތު ހިއްސާކުރައްވާ ސީޕީ ވިދާޅުވީ ހަމަލާ ދިން އިރު ފުލުހުން ޕީޖީ އަށް ސެކިއުރިޓީ ފޯރުކޮށްދެމުން ނުދާ ކަމަށެވެ. ނަމަވެސް ސެކިއުރިޓީ ދިނުން ހުއްޓާލީ ތްރެޓް އެނަލިސިސް ހަދާ ނުރައްކަލެއް ނެތް ކަމަށް ފާހަގަކުރެވިގެންތޯ ނުވަތަ ޕީޖީ އެދިވަޑައިގެންތޯ ސާފުކޮށްދެއްވާފައެއް ނުވެއެވެ.

ސީޕީ ވިދާޅުވީ ޕީޖީ އަށް ދެމުން އައީ ދައުވާކުރި މައްސަލަ އަކާއި ގުޅިގެން ކަމަށާއި، އެ މައްސަލައިގެ ކޯޓު މަރުހަލާ ނިމުުމުން ސެކުއުރިޓީ ހުއްޓާލާފައިވާކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ސެކިއުރިޓީ ނިޒާމް ރިވިއުކުރައްވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. މި ހަމަލާގެ މޯޓިވް އާއި މެދު އަދި މައުލޫމާތު ހާމަކުރެވެން ނެތް ކަަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

ޕީޖީ ޝަމީމަށް ހަމަލާދިނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނަށް ހަމަލާ ދިން މައްސަލަ އާއި ގުޅިގެން ދެ މީހުން ހައްޔަރުކޮށްފައިވާ އިރު އެ ދެ މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި އެ ހަމަލާގައި ހައްޔަރު ކުރި ދެމީހުންގެ އިތުރުން އެހެން މީހުންގެ ބައިވެރިވުން އޮތުމަކީ އެކަށީގެންވާ ކަމެއްކަަަމަށް ވެސް ވަނީ ބުނެފައެވެ. ޕީޖީ ޝަމީމަށް ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ދެމީހުން، މާލޭގެ ނޫރު މިސްކިތް ކައިރިންނެވެ. މި ހަމަލާގައި ޕީޖީގެ ވައަތުގައި ރެނދުލާފައިވާ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕީޖީ އޮފީސްޝަމީމަށް ހަމަލާދިނުންޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު