Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް ނަސްރު

އަނިޔާގެ ސަބަބުން، މިއާމީއާ ދެކޮޅަށް ރޮނާލްޑޯ އަށް ނުކުޅެވޭނެ

މިހާރު ރޮނާލްޑޯ އަންނަނީ އަނިޔާ އިން ރަނގަޅު ވުމުގެ ފަހު މަރުހަލާ ފުރިހަމަ ކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2024 | ބުރާސްފަތި 01:48
އަލް ނަސްރުން ކުޅުނު މެޗުގައި ރޮނާލްޑޯ

އަލް ނަސްރުން ކުޅުނު މެޗުގައި ރޮނާލްޑޯ

ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން، އެމެރިކާގެ އިންޓަ މިއާމީއާ ދެކޮޅަށް ކުޅޭ މެޗުގައި، އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

އަލް ނަސްރުން، އިންޓަ މިއާމީއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އެ މެޗުގެ ކުރިން އަލް ނަސްރުން ހާމަކޮށްފައިވާ ގޮތުގައި، އަނިޔާގެ ސަބަބުން ރޮނާލްޑޯ އަށް އެ މެޗުގައި ނުކުޅެވޭނެ އެވެ. ރޮނާލްޑޯ އަށް ލިބުނު އަނިޔާ މުޅިން ރަނގަޅުވެފައި ނުވާއިރު، މީގެ ކުރިން އަލް ނަސްރުން ކުޅެން އޮތް އެހެން ދެ މެޗު ވެސް ވަނީ އެކަމުގެ ސަބަބުން ކެންސަލް ކޮށްފަ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން އަލް ނަސްރުގެ ކޯޗު ލުއިސް ކާސްޓްރޯ ބުނީ، އެ މެޗުގައި ރޮނާލްޑޯ އަށް ކުޅެވޭނެ ކަމަށް އުންމީދު ކުރި ނަމަވެސް، އޭނާ އަށް އެ މެޗު ނުކުޅެވޭނެ ކަމަށެވެ. އަނިޔާ އިން ރޮނާލްޑޯ މުޅިން ރަނގަޅު ނުވާކަން ފާހަގަކޮށް އޭނާ ބުނީ، މިހާރު ރޮނާލްޑޯ އަންނަނީ އަނިޔާ އިން ރަނގަޅު ވުމުގެ ފަހު މަރުހަލާ ފުރިހަމަ ކުރަމުން ކަމަށެވެ. އެހެންކަމުން، އަވަސް އަރުވާލައިގެން ރޮނާލްޑޯ ލައްވާ ކުޅުވަން ބޭނުންނުވާ ކަމަށާއި، ބޭނުން ވަނީ ރޮނާލްޑޯ އެންމެ ފުރިހަމަ ގޮތުގައި ހުރެ ކުޅެން ކަމަށް ވެސް އޭނާ ބުންޏެވެ.

އަނިޔާގެ ސަބަބުން ރޮނާލްޑޯ އަށް މެޗު ނުކުޅެވޭއިރު، ރޮނާލްޑޯއާ އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީގެ ކުރިމަތިލުމަކަށް ގިނަ މީހުން ތިބީ ކެތްމަދުވެފަ އެވެ. އެންމެ ފަހުން ރޮނާލްޑޯއާ މެސީގެ ކުރިމަތިލުމެއް ފެނުނީ މިދިޔަ އަހަރު އެވެ. އޭރު މެސީ ކުޅެމުން އައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ނިކުތީ، ހޮވާލެވުނު ޓީމެކެވެ. އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރީ ރޮނާލްޑޯ އެވެ. އެ މެޗު ޕީއެސްޖީން ކާމިޔާބު ކުރި ނަމަވެސް، ވިދާލީ ރޮނާލްޑޯ އެވެ. އެ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

އަލް ނަސްރާ ދެކޮޅަށް ނިކުތުމުގެ ކުރިން އިންޓަ މިއާމީން ވަނީ އަލް ހިލާލާ ދެކޮޅަށް ވެސް ކުޅެފަ އެވެ. ނަމަވެސް އެ މެޗުން އިންޓަ މިއާމީ ވަނީ ބަލިވެފަ އެވެ.

އައްނަސްރުކްރިސްޓިއާނޯ ރޮނާލްޑޯއިންޓަ މިއާމީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު