Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލިއޯ ޓްރޭޑް

މަޝްހޫރު "ވިޗާއި" ބްރޭންޑުގެ އިންޖީނުތައް، ލިއޯ ޓްރޭޑް އިން ރާއްޖެއަށް ތައާރަފްކޮށްފި

31 ޖެނުއަރީ 2024 | ބުދަ 14:35

މި ކުންފުނިން މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެ ކުންފުނީގެ އުފެއްދުންތައް މާކެޓުކޮށް އަދި ވިއްކަމުންދޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 31 ޖެނުއަރީ 2024 | ބުދަ 14:35
ވިޗާއި ބްރޭންޑުގެ އިންޖީނު އަދި ޖެންސެޓްގެ އެކި ބާވަތްތައް ރާއްޖެއަށް ތައާރަފްކުރުން

ވިޗާއި ބްރޭންޑުގެ އިންޖީނު އަދި ޖެންސެޓްގެ އެކި ބާވަތްތައް ރާއްޖެއަށް ތައާރަފްކުރުން

ދުނިޔޭގެ މަޝްހޫރު ވިޗާއި ބްރޭންޑުގެ އިންޖީނު އަދި ޖެންސެޓްގެ އެކި ބާވަތްތައް, ލިއޯ ޓްރޭޑް އިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ، ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ޙަފުލާއެއްގައި ވިޗާއި ބްރޭންޑުގެ އިންޖީނުގެ އެކި ބާވަތްތައް ރާއްޖެއަށް ތައާރަފްކުރީ، ލިއޯ ޓްރޭޑް އަދި ޗައިނާގެ ވިޗާއީ ކުންފުނި ގުޅިގެންނެވެ. އެގޮތުން އެ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކުރުމަށް، އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ޚާއްސަ ޙަފުލާގައި އިގްތިޞާދާ ބެހޭ ވަޒީރު މުޙައްމަދު ސައީދުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެއް މުޝީރު، މުޙައްމަދު އަލީ ޖަނާހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ވިޗާއީ ހޯލްޑިން ގްރޫޕަކީ ޗައިނާގެ ޝަންޑޮން ޕްރޮވިންސްގައި ގާއިމްކޮށްފައިވާ ކުންފުންޏެވެ. މި ކުންފުނިން މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެ ކުންފުނީގެ އުފެއްދުންތައް މާކެޓުކޮށް އަދި ވިއްކަމުންދެއެވެ.

އެގޮތުން ރާއްޖެއަށް އެ ކުންފުނީގެ އިންޖީނު އަދި އެކި ބާވަތުގެ ޖެންސެޓްތައް ތައާރަފްކުރުމަށް ބޭއްވި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ރާއްޖެއަށް އައު އުފެއްދުމެއް ތައާރަފްކުރުމަށް ލިއޯ ޓްރޭޑުން އަދި ވިޗާއީ ގްރޫޕުން ވި އެއްބަސްވުމަށް މަރްހަބާ ދަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ޙާލަތަށް ރިއާޔަތްކުރާއިރު، ބޭރުގެ މިފަދަ އެއްބަސްވުންތައް ރާއްޖޭގެ ކުންފުނިތަކާ ގުޅިގެން ގެނެސްދޭކަމީ ވަރަށް އުފާވެރި ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދީ ޙާލަތައް ރިއާޔަތްކުރައްވަމުން ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިޞާދީ ޙާލަތު ކުރިއަރަމުން އަންނަ ކަމަށާއި، މި އަހަރު ރާއްޖޭގެ އިގްތިޞާދު 5 އިންސައްތައަށް ވުރެ ބޮޑަށް ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

އަންގާރަ ދުވަހު ރާއްޖެއަށް ތައާރަފްކުރީ "ވިޗާއީ" ބްރޭންޑްގެ އިންޖީނު އަދި ޖެންސެޓްގެ އެކި ބާވްތަތަކެވެ. އެގޮތުން އިންޖީނަށް ބަލާއިރު، ހައި ސްޕީޑް ޑީސަލް އަދި މީޑިއަމް ސްޕީޑް ޑީސަލް އިންޖީނުގެ އިންޖީނު ހިމެނޭއިރު، އެ އިންޖީނުތަކުގެ ޕަވާ ރޭންޖު އުޅެނީ 54 ހޯސް ޕަވަރުން ފެށިގެން، 6120 ހޯސް ޕަވަރާ ހަމައަށެވެ. އެއީ 2.3 ލީޓަރުން ފެށިގެން 289 ލީޓަރުގެ އިންޖީނުތަކަށް ވާއިރު، އެ އިންޖީނުތަކަކީ ބޭރު ދުނިޔޭގެ އެކި ކްލެސިފިކޭޝަންތަކުން އެޕްރުވަލް ލިބިފައިވާ އިންޖީނުތަކެކެވެ.

މީގެ ތެރެއިން ހައި ސްޕީޑް ޑީސަލް އިންޖީނުގެ 10 އެކި ބާވަތެއް ލިބޭއިރު، އޭގެ ޕަވާ ރޭންޖު އުޅެނީ 54 އިން 4000 ހޯސް ޕަވަރުގައި އެވެ. އަދި މީޑިއަމް ސްޕީޑް އިންޖީނުގެ 8 ބާވަތެއް ލިބޭއިރު، އެ އިންޖީނުތަކުގެ ޕަވާ ރޭންޖް އުޅެނީ 350 އިން ފެށިގެން 6120 ހޯސް ޕަވަރުގައިއެވެ.

މި އިންޖީނުތަކުގެ އެންމެ ޚާއްސަ ކަމަކީ، މި އިންޖީނުތަކަކީ ތެލުގެ ޚަރަދު ވަރަށް ކުޑަ އިންޖީނުތަކެކެވެ. އަދި މި އިންޖީނަކީ ރިމޯޓު ކޮންޓްރޯލް ސިސްޓަމަކުން އެ އިންޖީނުގެ ޙާލަތު މޮނިޓާ ކުރެވޭނެ އިންޖީނެއް ވެސް މެއެވެ. އެކަމަށް ޙާއްސަ އެޕްލިކޭޝަނެއް ވެސް ބޭނުންކުރެވެއެވެ.

މިހާރު ވެސް މި ބާވަތުގެ އިންޖީނުގެ ތިން ލައްކައަށް ވުރެ ގިނަ އިންޖީނު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުންދާއިރު، މި ބާވަތުގެ އިންޖީނުތަކަކީ ޕަސެންޖަރުން އުފުލާ ބޯޓުތަކާއި މަސްވެރި ދޯނިތަކުގެ އިތުރުން ވެސް، އެންމެ ބޮޑެތި ކާގޯ ބޯޓުތަކުގައި ވެސް ބޭނުންކުރެވޭނެ އިންޖީނުތަކެވެ. އެގޮތުން މިހާރު ވެސް ބަލްކް ކާގޯ ޝިޕްތައް ފަދަ ބޮޑެތި އާގު ބޯޓުތަކުގައި މި ބާވަތުގެ އިންޖީނުތައް ބޭނުންކުރެއެވެ.

މީގެ އިތުރުން، ރާއްޖެއަށް ތައާރަފްކުރި ވިޗާއިގެ އެކި ބާވަތުގެ ޖެންސެޓް ނުވަތަ ޖެނެރޭޓަރަށް ބަލާއިރު، ޖުމްލަ 5 ބާވަތެއްގެ ޖެންސެޓްތައް އެ ކުންފުނިން ވިއްކައެވެ. އެގޮތުން ފިލިޕީންސް، ތައިލެންޑް އަދި ރަޝިޔާގެ ބައެއް ފެކްޓްރީތަކާއި ރަށްތަކަށް ވެސް، ވިޗާއިގެ ފިޔުލް ޖެންސެޓްތައް މިހާރު ވެސް ބޭނުންކުރެއެވެ. އަދި ވިޗާއީގެ ގޭސް ޖެންސެޓްތައް ވެސް ރަޝިޔާ، ޗައިނާ އަދި ދުބާއީގައި ވެސް ބޭނުންކުރަމުންދެއެވެ.

މި ހުރިހާ އުފެއްދުމަކަށް ވެސް ބޭނުންވާ ޙައްލު ވެސް އެ ކުންފުނިން ފޯރުކޮށްދެއެވެ. އެގޮތުން ސާވިސްގެ އިތުރުން ބޭނުންވާ ސަޕޯޓް ވެސް އެ ކުންފުނިން ފޯރުކޮށްދޭއިރު، މި އިންޖީނުތަކަށް ޚާއްސަ ޓޫލް ކިޓެއް ވެސް އެ ކުންފުނިން ފޯރުކޮށްދެއެވެ. މި ޓޫލް ކިޓަކީ ކޮންމެ އިންޖީނަކަށް ވެސް ޚާއްސަކޮށް އުފައްދާފައިވާ ތަކެއްޗެވެ. އަދި އެ އިންޖީނުތަކަށް ސާވިސް ދިނުމަށް، ލޯކަލް ޕްރޮވައިޑަރުންނަށް ބޭނުންވާ ތަމްރީނުތައް ވެސް އެ ކުންފުނިން ދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 މެއި 2019

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ކޮއްކޮ މާލޭގައި ދަރުސްދެއްވަނީ!

26 މެއި 2019
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ކޮއްކޮ މާލޭގައި ދަރުސްދެއްވަނީ!
04 އެޕްރީލު 2019

ޔާމީންގެ ވެރިކަމުގައި ރާއްޖެ މަޝްހޫރުވީ ވައްކަން ކުރާ ޤައުމެއްގެ ގޮތުގައި: ނަޝީދު

04 އެޕްރީލު 2019
ޔާމީންގެ ވެރިކަމުގައި ރާއްޖެ މަޝްހޫރުވީ ވައްކަން ކުރާ ޤައުމެއްގެ ގޮތުގައި: ނަޝީދު
18 ނޮވެމްބަރު 2018

މަޝްހޫރު ދިނީ އިލްމުވެރިޔާ މުފްތީ މެންކްވެސް ރައީސަށް މަރުހަބާ ދަންނަވައިފި

18 ނޮވެމްބަރު 2018
މަޝްހޫރު ދިނީ އިލްމުވެރިޔާ މުފްތީ މެންކްވެސް ރައީސަށް މަރުހަބާ ދަންނަވައިފި
06 އޯގަސްޓު 2018

މަޝްހޫރު ތާރީޚް ލިޔުންތެރިޔާ ޢަބްދުލް ހަކީމް ހުސައިން މަނިކުގެ އަނބިކަނބަލުން ނިޔާވެއްޖެ

06 އޯގަސްޓު 2018
މަޝްހޫރު ތާރީޚް ލިޔުންތެރިޔާ ޢަބްދުލް ހަކީމް ހުސައިން މަނިކުގެ އަނބިކަނބަލުން ނިޔާވެއްޖެ
25 ޖުލައި 2018

މަޝްހޫރު ދިވެހި ބޭސްވެރިޔާ މާވާ މުހައްވަދު މަނިކު އަވަހާރަވެއްޖެ

25 ޖުލައި 2018
މަޝްހޫރު ދިވެހި ބޭސްވެރިޔާ މާވާ މުހައްވަދު މަނިކު އަވަހާރަވެއްޖެ
29 ސެޕްޓެމްބަރު 2017

ރާއްޖޭގެ ނޫސްވެރިން "ފޭކް ނިއުސް" ފަތުރައިގެން މަޝްހޫރު ވުމަށް މަސައްކަތް ކުރޭ: މަޖިލީހުގެ ރައީސް

29 ސެޕްޓެމްބަރު 2017
ރާއްޖޭގެ ނޫސްވެރިން "ފޭކް ނިއުސް" ފަތުރައިގެން މަޝްހޫރު ވުމަށް މަސައްކަތް ކުރޭ: މަޖިލީހުގެ ރައީސް
21 އޯގަސްޓު 2017

މޭޖަރ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފި

21 އޯގަސްޓު 2017
މޭޖަރ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފި
11 ޖުލައި 2017

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ބިލާލު ފިލިޕްސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

11 ޖުލައި 2017
މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ބިލާލު ފިލިޕްސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ
01 ޖުލައި 2017

މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް ރާއްޖެއަށް ވަޑައިގަންނަވަނީ

01 ޖުލައި 2017
މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް ރާއްޖެއަށް ވަޑައިގަންނަވަނީ
29 މާރިޗު 2017

ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ

29 މާރިޗު 2017
ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް