Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރުހުން ނުދިން ތިން ވަޒީރުންގެ މައްސަލަ

ރުހުން ނުދިން 3 ވަޒީރުން ދެވަނަ ފަހަރަށް މަގާމަށް އައްޔަން ކުރެއްވި މައްސަލައާ ގުޅިގެން މަޖިލީހަށް ގަރާރެއް

31 ޖެނުއަރީ 2024 | ބުދަ 13:54

ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 31 ޖެނުއަރީ 2024 | ބުދަ 13:54
ވަޒީރުންނަށް ރުހުން ދިނުމަށް ކުރިއަށްގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން

ވަޒީރުންނަށް ރުހުން ދިނުމަށް ކުރިއަށްގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން ދެވަނަ ފަހަރަށް މަގާމުތަކަށް އައްޔަން ކުރައްވައި ހުވައި ކުރައްވާފައިވާތީ, މިއީ ދައުލަތަށާއި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ކަމެއް ކަމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން ދެވަނަ ފަހަރަށް މަގާމުތަކަށް އައްޔަން ކުރެއްވުމާއި ގުޅިގެން މެންބަރު އީވާ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން، ވަޒީރުންގެ މަޖިލީހަށް 17 ނޮވެންބަރު 2023ގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 22 މެންބަރުންގެ ތެރެއިން ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުން ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަންތައްތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން ހަވާލުކުރެވޭ ކަންތައްތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ މަޖިލީހެއް އޮންނާންވާނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެ ކަމަށް އެ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 22 މެންބަރުންގެ ތެރެއިން އެޓަރނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ އަލްއުސްތާޒު އަހުމަދު އުޝާމަށާއ،ި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަގާމަށް އައްޔަންކުރައްވާފައިވާ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސައީދައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމަށް ޢައްޔަންކުރައްވާފައިވާ ޑރ އަލީ ހައިދަރު އަހުމަދަށް ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައި ނުވިނަމަވެސް، 29 ޖަނަވަރީ 2024ގައި ހަމަ އެ 3 މެންބަރުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަލުން އައްޔަންކުރައްވާފައި ވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމެވުމަކީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ބ)އިން، މީހަކު މީހަކު މަގާމަކަށް އިސްކުރުމަށްޓަކައި ނުވަތަ މަގާމަކުން ވަކިކުރުމަށްޓަކައި އެކަން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމެއް ފާސްކުރުމާއި ފާސްނުކޮށް ދޫކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލައި، ހަމަ އެ މާއްދާގެ (ށ)ގެ (3) ވަނަ ނަންބަރުން ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރު ނިގުޅައިގެންދާފަދަ އަމަލެއް ކަމަށެވެ. މިއީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއާއި އަދި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ލާޒިމްކުރާ ކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އެއްވެސް މެންބަރަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގައި މަގާމުގައި ދެމިތިބެވޭނެ ތަނެއް ނެތްކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 22 ވަނަ މާއްދާގައި، ސަރުކާރާއި ދައުލަތުގެ މަގާމުތަކަށް އައްޔަންކުރުމުގެ ކުރިން ނުވަތަ އައްޔަންކުރުމަށްފަހު މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ބުނެފައިވާ މަގާމުތަކަށް އައްޔަންކުރާ މީހުން އައްޔަންކުރުމުގެ ކުރިން ނުވަތަ އައްޔަންކުރުމުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެކަމަށާއި، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދީފިނަމަ، އެފަރާތެއް އެ މަގާމަށް އައްޔަން ނުކުރެވޭނެ ކަމަށާއި، އަދި އައްޔަންކޮށްފައިވާނަމަ ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު އެފަރާތެއް މަގާމުން ވަކިވީކަމަށް ބަޔާންކޮށްފައި ވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ 3 ފަރާތެއް ވަޒީރުންގެ މަޖިލީހަށް އަލުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާފައިވާއިރު، އެ ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވައި ގާނޫނުއަސާސީއާއި ގާނޫނާ ޚިލާފު ނިންމުމެއް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުންގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ އުޝާމް ހިމެނޭކަމާއި ގާނޫނުއަސާސީގެ 133 ވަނަ މާއްދާގައި އެޓަރނީ ޖެނެރަލްގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާއިރު، ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި، ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި އާންމު މިނިވަންކަން ދިފާއުކުރުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށެވެ. އަދި މަޖިލީހުގެ ރުހުން ނުލިބުނު ނަމަވެސް 29 ޖަނަވަރީ 2024ގައި އެޓަރނީ ޖެނެރަލްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަލުން އެފަރާތް އައްޔަންކުރައްވާފައިވާ ކަމަށެވެ. އެ ފަރާތުން މަގާމުގެ ހުވާކުރައްވާފައިވާކަން ޚާއްސަގޮތެއްގައި ފާހަގަކުރެވޭ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ގަރާރުގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި 3 މެންބަރުންނަށް ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ)ގައި ވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ނަމަވެސް ރުހުން ނުލިބޭ 3 މެންބަރުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވައި މަގާމުގެ ހުވާކުރެއްވުމަކީ ދިވެހިރައްޔިތުން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ފަދަ އުނދަގޫ ހާލަތަކަށް ހިނގައިދާނެ ފަދަކަމެއް ކަމަށެވެ.

އެހެންކަމުން ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި، މިކަމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނު އަސާސީއަށް އިހުތިރާމްކުރައްވައި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެއްވުމަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
23 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
14 ފެބުރުއަރީ 2017

ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!

14 ފެބުރުއަރީ 2017
ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް