Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރުހުން ނުލިބޭ ވަޒީރުން އަލުން އައްޔަނުކުރުން: ބާރުއޮތްކަން ހާމަކުރުމުގެ ހަނގުރާމައަކަށް

ތިން ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިންނަމަވެސް އަލުން އެ ވަޒީރުން ވަނީ އެ މަގާމުތަކަށް އައްޔަނުކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2024 | ބުދަ 01:50
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުން

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 3 ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުން ރައީސުލްޖުމްހޫރިއްޔާ މިވަނީ އަލުން އެތިން ވަޒީރުން އަނބުރާ ވަޒީރުކަމަށް އައްޔަނުކުރައްވާފައެވެ. ދެ ދުވަސްވަންދެން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި އެ ސަރަހައްދުގައި ކުރިޔަށްދިޔަ ސިޔާސީ ހަމަނުޖެހުންތަކަށްފަހު ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ނިންމީ ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން، އެޓާނީ ޖެނެރަލް ނުވަތަ ބަންޑާރަ ނައިބު، އަހްމަދު އުޝާމަށް ރުހުން ނުދިނުމަށެވެ. އެ ވަޒީރުންނަށް ރުހުން ނުދިނުމުގައި ކޮންމެ ސަބަބެއް އޮތްކަމުގައިވިޔަސް ރައްޔިތުންގެ މަޖިލީހުގެ ރުހުން އެ ތިން ވަޒީރުންނަކަށް ނެތެވެ.

ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ނ ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަނުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެކަމަށެވެ. އެހެންކަމުން ރުހުން ލިބިވަޑައިނުގަތް ތިން ވަޒީރުން އަލުން އަނބުރާ އެ މަގާމުތަކަށް ރައީސް އައްޔަނުކުރެއްވިޔަސް އެ ތިން ވަޒީރުންނަށް ރުހުން ނުދޭހާ ހިނދަކު އެ ވަޒީރުންނަށް މަޖިލީހުގެ ރުހުން އޮތްކަމަކަށް ނުވާނެއެވެ. އެއާއެކު މިކަމުގައި މިވަނީ ޤާނޫނީ ސުވާލުތަކެއް ފެންމަތިވެފައެވެ.

މިކަމުގައި ޤާނޫނީ އެކި ބޭފުޅުން ގެންދަވަނީ އެ ބޭފުޅަކަށް ފެންނަ ރައުޔެއް ހާމަކުރައްވަމުންނެވެ. 2008 ވަނަ އަހަރު ފާސްކޮށް އަމަލުކުރަމުން އަންނަ އައު ގާނޫނު އަސާސީގެ ދަށުން އުފެދުނު ކޮންމެ ކެބިނެޓަކަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ވަނީ ދީފައެވެ. ކޮންމެ ސިޔާސީ ފިކުރެއްގެ ބަޔަކު މަޖިލީހުގެ މެޖޯރިޓީގައި އޮތްނަމަވެސް ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއެވެ. އައު ގާނޫނު އަސާސީގެ ދަށުން އުފެދުނު ފުރަތަމަ ސަރުކާރު ކަމުގައިވާ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ފުރަތަމަ އައްޔަނުކުރެއްވި ވަޒީރުންނަށް އޭރު ޑީއާރުޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނެވެ. ރުހުން ނުލިބުނީ ކެބިނެޓް އެއްކޮށް އިސްތިއުފާ ދިނުމަށްފަހު ދެން އައްޔަނުކުރި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނަށެވެ.

އެހެންކަމުން މިހާރު ފެންމަތިވެފައިވާ ގާނޫނީ ސުވާލުތަކުގެ ޖަވާބު ގިނަ މީހުން ހޯދަނީ އޭރު ދިމާވި މައްސަލައަށް ހައްލު ހޯދުމަށް އަލީ ވަހީދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމަށެވެ. އެ ހުކުމަށް ބަލާއިރު މުހިންމު 7 ނުކުތާއެއް ވަނީ ފާހަގަކޮށްފައެވެ. އެ ނުކުތާތަކަށް ބިނާކޮށް ކޯޓުން ކަނޑައެޅީ ވަޒީރަކަށް ރުހުން ނެތް ކަމަށް މަޖިލީހުން ނިންމުމުން އޭނާއަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ނުހުރެވޭނެ ކަމަށެވެ. ނަމަވެސް ރުހުން ނުލިބޭ ވަޒީރުންނަށް ކެބިނެޓުގެ މަގާމު ގެއްލުނު ނަމަވެސް މަގާމުގައި "މުވައްޒަފެއްގެ" ގޮތުގައި ހުރެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އޭގެ އެންމެ މުހިންމު ބޭނުމެއްކަމަށް ހުކުމުގައި ފާހަގަކޮށްފައިވަނީ ގާނޫނީ ހުސްކަމަކަށް ދައުލަތް އަޔަނުދީ، އާންމުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް މެދުކެނޑުނަ ނުދިނުމަށެވެ. ހުކުމުން އެނގެނީ ވަޒީރެއްގެ ހައިސިއްޔަތު ގެއްލުނުނަމަވެސް އެ މަގާމުގައި މަސްއޫލިއްޔަތު އަދާކުރެވޭނެކަމަށެވެ.

ޤާނޫނު އަސާސީގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންވާނެކަމަށެވެ. ރުހުން ނުދިނުމުން ދެން ވާނެ ގޮތެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ. ސުޕްރީމް ކޯޓުގެ ހުކުމުން އެނގެނީ އެވަޒީރުންގެ ވަޒީރުކަމުގެ ހައިސިއްޔަތު ގެއްލިފައިވާކަމަށެވެ. ކޮންމެ ގޮތެއްވިޔަސް އަލުން ވަޒީރުކަމަށް އައްޔަނުކުރި ވަޒީރުންނަށް ރުހުން ދިނުމަށް އަނެއްކާވެސް މަޖިލީހަށް ފޮނުވަންޖެހޭނެއެވެ. ސުވާލަކީ އަލުން ފޮނުވުމުން ރައްޔިތުންގެ މަޖިލީހުން ރުހުން ދޭނެ ހެއްޔެވެ؟ ރުހުން ނުދިނުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އެބައޮތެވެ. އެހެންކަމަށްވާނަމަ މިކަން ދެން ބަދަލުވެގެންދާނީ ބޮޑު ސަކަރާތްގަނޑަކަށެވެ.

ރުހުން ނުލިބުނު ވަޒީރުން އަލުން އެ މަގާމަށް އައްޔަނުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. ސަރުކާރަށް ފާޑުވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިހާރު އޮތީ ޗަރުކޭހުގެ ރާއްޖެ. މި ރާއްޖޭގައި ގާނޫނުއަސާސީގެ ވާހަކަ ދައްކާ މީހާ ވާނީ މޮޔަ މީހަކަށް. އަމުދުން ގާނޫނުއަސާސީ ނަގަހައްޓަން އައްޔަން ކުރެވޭ ފަރާތް މި ދަރަޖައަށް ދިޔައީމަ ދެން އެންމެ ރަނގަޅުވާނީ މިތާ އޮތީ ކަނޑުގެ ގާނޫނުކަމާއި އެމީހަކާ އެމީހެއްކަން ދަނެގެން ތިބުން،" އެވެ. ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މި މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދަނީ ރައްޔިތުންގެ މަޖިލީހަށް ގޮންޖަހާ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމަށެވެ.

މީގެކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ބަންޑާރަ ނައިބު ޑރ އަހުމަދު އަލީ ސަވާދަށް ރުހުން ހޯދަން އަލުން ފޮނުއްވިއެވެ. ނަމަވެސް މަޖިލީހުން އެ ފަހަރުވެސް ސަވާދަށް ރުހުން ނުދިނެވެ. އެހެންކަމުން އެންމެ ފަހުން ނަޝީދު ބަންޑާރަ ނައިބުކަމުގެ މަގާމަށް އަބްދުﷲ މުއިއްޒު އައްޔަނުކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުން ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމާފައިމިވަނީ އެ މަޖިލީހަށް ޤާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުންނެވެ. އެ ބާރުގެ ދަށުން ގާނޫނާއި ގަވާއިދާ އެއްގޮތަށް ނެގިގެންދިޔަ ވޯޓަކުންނެވެ. ނަމަވެސް ރައީސް މިވަނީ ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމެވުމަށް ގޮންޖައްސަވާ އަނެއްކާވެސް ގާނޫނީ ބޮޑެތި ސުވާލުތަކެއް ކުރިމަތިކުރުވާ ނިންމެވުމެއް ނިންމަވާފައެވެ. ޤާނޫނު އަސާސީ ނަގަހައްޓާ ޑިމޮކްރަސީގެ ރީތި މިސާލު ނެންގެވުމުގެ ބަދަލުގައި ބާރު އޮތްކަން ހާމަކުރެއްވުމަށް ކުރައްވާ މިފަދަ ކަންކަމާއެކު ގާނޫނުތަކަށް އަމަލުކުރުމުގެ ކަންކަން އެބަޔަކަށް ފައިދާކުރާ ގޮތަކަށް މާނަކުރެވިގެންދަނީއެވެ. ގައުމު ވެއްޓިގެންދަނީ ގާނޫނީ ބޮޑު އަރާރުމަކަށެވެ.

އެއްބަޔަކު ދެކޭގޮތުގައި ރައީސް މުއިއްޒުގެ ވަޒީރުންނަށް އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭންވީ ސަބަބެއްނެތެވެ. ރުހުންދޭންޖެހެއެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ފަހުން ހުށަހަޅަންވީއެވެ. ނަމަވެސް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ވަކި ވަޒީރުންތަކަކަށް ރުހުން ނުދޭން ނިންމުމާއެކު ހިނގާދިޔަ ސިޔާސީ ހަމަނުޖެހުންތަކާއެކު އެމްޑީޕީން ބޭނުންވި ގޮތަށް ބައެއް ވަޒީރުންނަށް ރުހުން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައީސް މުއިއްޒު އެކަމަށް ގޮންޖެއްސެވީއެވެ. ނަމަވެސް މިއީ މައި ދެ ސިޔާސީ ޕާޓީގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަމަށްވުރެ ގައުމުގައި ގާނޫނީ ހަމަޖެހުން އިސްކުރަންޖެހޭ ކަންކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

23 ސެޕްޓެމްބަރު 2017
ރޮހިންޖާ ޓެލެތޯންއާއިއެކު ރަށްރަށުގެ ރޫހު އަލުން ދިރިއްޖެ!

ރޮހިންޖާ ޓެލެތޯންއާއިއެކު ރަށްރަށުގެ ރޫހު އަލުން ދިރިއްޖެ!

11 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

16 ޖުލައި 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު