Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ އޭޝިއަން ކަޕް

ޤަތަރު އަތުން ބަލިވެ ފަލަސްތީން ކަޓައިފި

ޤަތަރުގެ އަލް ބައީތު ސްޓޭޑިއަމްގައި ކުޅުނު މެޗުން ފަލަސްތީނު ބަލިވީ 2-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖެނުއަރީ 2024 | އަންގާރަ 06:37
މެޗުގައި ލަނޑު ޖެހުމަށްފަހު ޤަތަރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޤަތަރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގެ ގަދަ 16 ވަނަ ބުރުގައި މުބާރާތް ބާއްވާ ޤައުމު ޤަތަރު އަތުން ބަލިވި ނަމަވެސް، ފަލަސްތީނަށް އޮތް ލޯބި ދައްކާލައިފި އެވެ.

ޤަތަރުގެ އަލް ބައީތު ސްޓޭޑިއަމްގައި ކުޅުނު މެޗުން ފަލަސްތީނު ބަލިވީ 2-1 އިންނެވެ. ނަމަވެސް މެޗު ފެށުމުގެ ކުރިން ވެސް ދަނޑު ބޭރުގައި ސަޕޯޓަރުން ވަނީ ފަލަސްތީނަށް އޮތް ލޯބި ދައްކާާލައިފަ އެވެ. ފަަލަސްތީނުގެ ދިދަ ހިފައިގެން ތިބެ، އެ މީހުން ވަނީ ފަލަސްތީނާއެކު ތިބިކަަމަށް ބުނެފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ފަލަސްތީނުންނެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މުޙައްމަދު ދަބާ އެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޤަތަރުން ވަނީ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޙަސަން އަލް ޙައިދޫސް އެވެ. މެޗުން ޤަތަރު މޮޅުވީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގަައި ޕެނަލްޓީ ކާމިޔާބު ކުރީ އަކްރަމް އަފީފް އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ޤަތަރު ޖާގަ ހޯދިއިރު، ކުއާޓާ ގައި ކުޅޭ މެޗު އޮންނާނީ ފެބްރުވަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު