Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ބާސެލޯނާއާ ގުޅޭ ގޮތުން ކުރި ސުވާލަށް އެންރީކޭގެ ޖަވާބެއް ނެތް!

ބާސެލޯނާގައި ހޭދަކުރި ތިން އަހަރުގެ ތެރޭގައި އޭނާ ވަނީ 181 މެޗުގައި އެ ކުލަބަށް އިރުޝާދު ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2024 | އަންގާރަ 01:38
މީގެ ކުރިން ބާސެލޯނާ އަށް އިރުޝާދު ދިން ސްޕެއިންގެ ލުއިސް އެންރީކޭ

މީގެ ކުރިން ބާސެލޯނާ އަށް އިރުޝާދު ދިން ސްޕެއިންގެ ލުއިސް އެންރީކޭ

ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމާ އަލުން ހަވާލުވެދާނެތޯ ކުރި ސުވާލަށް ޖަވާބު ދިނުމަށް، ލުއިސް އެންރީކޭ ދެކޮޅު ހަދައިފި އެވެ.

އުމުރުން 53 އަހަރުގެ އެންރީކޭ ވަނީ މީގެ ކުރިން ބާސެލޯނާ އަށް އިރުޝާދު ދީ، ކާމިޔާބުތަކެއް ހޯދައިދީފަ އެވެ. ބާސެލޯނާގެ ކޯޗުކަމާ އޭނާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. ތިން އަހަރު އެ ކުލަބަށް އިރުޝާދު ދިނުމަށްފަހު، 2017 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބު ދޫކޮށްލައިފަ އެވެ. އޭގެ ފަހުން ސްޕެއިންގެ ޤައުމީ ޓީމަށް އިރުޝާދު ދިނުމަށްފަހު، މިހާރު އެންރީކޭ އިރުޝާދު ދެމުން އަންނަނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ.

ބާސެލޯނާގެ ކޯޗުކަމުގައި މިހާރު ހުރި ސްޕެއިންގެ ޒަވީ ހެނާންޑޭޒް ވަނީ، މި ސީޒަނަށް ފަހު އެ ކުލަބު ދޫކޮށްލާނެކަން ހާމަކޮށްފަ އެވެ. އެއާއެކު، އަންނަ ސީޒަނަށް ބާސެލޯނާ އިން އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. ސްޕެއިންގެ މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އެ ކުލަބުގެ ސަޕޯޓަރުން ބޭނުން ވަނީ، ބާސެލޯނާގެ ކޯޗަކަށް އަލުން އެންރީކޭ ގެނައުމަށެވެ. އެކަމާ ގުޅޭ ވާހަކަތައް މީޑިއާ ތަކުގައި ދައުރުވާން ފެށުމުން، ނޫސްވެރިން ވަނީ އެންރީކޭއާ އެ ސުވާލު އަމާޒު ކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެމުން އެންރީކޭ ބުނީ، އެކަމާ ގުޅިގެން އޭނާ ބުނާނެ އެއްޗެއް ނެތް ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށް ވެސް އެންރީކޭ ބުންޏެވެ.

އެންރީކޭ، މިހާރު އޭނާ އިރުޝާދު ދެމުން އަންނަ ޕީއެސްޖީއާ ހަވާލުވީ މިދިޔަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެންރީކޭގެ އިރުޝާދުގެ ދަށުން ބައެއް މެޗުތަކުގައި ޕީއެސްޖީ އަށް ނަތީޖާ ނުނެރެވޭތީ، އޭނާ އަށް ފާޑުކިޔުން އަމާޒުވެ، ޕްރެޝަރު ބޮޑުވެފަ އެވެ.

ކުރިން ބާސެލޯނާގައި ހޭދަކުރި ތިން އަހަރުގެ ތެރޭގައި އޭނާ ވަނީ 181 މެޗުގައި އެ ކުލަބަށް އިރުޝާދު ދީފަ އެވެ. އޭގެ ތެރެއިން ބާސެލޯނާ ވަނީ 138 މެޗުން މޮޅުވެފަ އެވެ. 21 މެޗުން ބަލިވެފައިވާއިރު، 22 މެޗު ނިމުނީ އެއްވަރުވެގެންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ނުވަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

25 ޑިސެމްބަރު 2017
އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

08 ޖުލައި 2017
ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި

ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި

05 ޖުލައި 2017
ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން ބެންގްކޮކްގައި ގައުމީ ޓީމު ފަރިތަކުރުންތައް ފަށައިފި

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން ބެންގްކޮކްގައި ގައުމީ ޓީމު ފަރިތަކުރުންތައް ފަށައިފި

08 ޖޫން 2017
ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

06 ޖޫން 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު