Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރެޑް ސީ ކާރިޘާ

ނުތަނަވަސްވެފައިވާ ރެޑް ސީ ކާރިޘާއާއެކު ދުނިޔޭގެ ސަޕްލައި ޗޭނަށް ވަރުގަދަ ލޮޅުމެއް!

ރެޑް ސީއަކީ އޭޝިއާ، ވިލާތު އަދި އެފްރިކާ ބައްރު ގުޅާލަދޭ މައި ޝިޕިންގް ރޫޓު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2024 | އާދީއްތަ 09:13
ރެޑް ސީ ސަރަޙައްދުގައި އުފެދިފައި އޮތް ނުތަނަވަސް ކަމުގެ ތަކުލީފުތައް މިހާރުވެސް، ކާރު އުފައްދާ ކުންފުނިތަކަށް ވަނީ އުފުލަން މަޖުބޫރުވެފައި

ރެޑް ސީ ސަރަޙައްދުގައި އުފެދިފައި އޮތް ނުތަނަވަސް ކަމުގެ ތަކުލީފުތައް މިހާރުވެސް، ކާރު އުފައްދާ ކުންފުނިތަކަށް ވަނީ އުފުލަން މަޖުބޫރުވެފައި

ނިރުބަވެރި ޔަހޫދީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރުތައް މިއަދު މުޅި ދުނިޔެއަށް މި ވަނީ ކުރަން ފަށާފައެވެ. ބައިނަލްއަޤުވާމީ ވިޔަފާރީގެ އެންމެ މައި އެއް މަގު، ހުރަސް ކުރަނީ މެދުއިރުމަތިން ކަމަށް ވާ އިރު، އިޒްރޭލުގެ ޤަތުލުޢާންމާ ގުޅިގެން ރެޑް ސީ ސަރަޙައްދުގައި އުފެދިފައި އޮތް ނުތަނަވަސްކަމުގެ ސީދާ އަސަރުތައް، ދުނިޔޭގެ ސަޕްލައި ޗޭނަށް މިހާރު ދަނީ ސީދާ ގޮތުން ފޯރަމުންނެވެ.

ރެޑް ސީ ސަރަޙައްދުން ދަތުރު ކުރުމުގެ ނުރައްކާ ބޮޑުވެ، މުދާ އުފުލާ ކުންފުނިތަކުން ރާސްތާ ބަދަލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން،  ދަތުރުގެ ވަގުތު ދިގުވެ، ޚަރަދުތައް ވަނީ އިތުރު ވެފައެވެ. ތަންތަނަށް މުދާ ދާން ޖެހޭ ސުންގަޑިއަށް މުދާ ނުގެންދެވި، ސަޕްލައި ކުރުމުގައި ލަސްތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެކަމާ ހެދި ބައެއް ކަހަލަ މުދަލުގެ ސަޕްލައިވެސް ވަނީ ހީނަރުވެފައެވެ. މުދަލަށް އޮންނަށް ޑިމާންޑަށް ވުރެ ސަޕްލައި ހީނަރު ވާން ވެއްޖެނަމަ އަގުތައް އުފުލި ދިއުމަކީ އިޤްތިޞާދީ ފަލްސަފާގެ ޗާޓު ކުރަހާދީފައި އޮތް ޙަޤީޤީތެވެ.

ރެޑް ސީއަކީ އޭޝިއާ، ވިލާތު އަދި އެފްރިކާ ބައްރު ގުޅާލަދޭ މައި ޝިޕިންގް ރޫޓެކެވެ. އިންތިހާއަށް މުހިންމު ރާސްތާއެކެވެ. ރެޑް ސީ ސަރަޙައްދުގެ މަސްރަހު ހޫނުވެ، ނުރައްކާ ދަރަޖައަށް ކަންކަން ދިއުމާއެކު، މުދާ އުފުލާ ކުންފުނިތަކަށް މަޖުބޫރުވީ އެހެން މަގަކުން މުދާ އުފުލާށެވެ. އެއާއެކު ކަނޑުމަގުން މުދާ އުފުލަން ކުރަން ޖެހޭ ޚަރަދުތައް އިތުރު ވެގެން ދިޔައީ ފަތުއަޑުކިޔާފައެވެ.

ސްޓޭންޑަރޑް އެންޑް ޕުއަރ ގްލޯބަލްއިން ބުދަ ދުވަހު ޢާންމު ކުރި ކޮމްޕޮސިޓް ޕަރޗޭސިންގް މެނޭޖަރޒް އިންޑެކްސް (ޕީއެމްއައި) ފޮރ ޔުނައިޓަޑް ކިންގްޑަމް ރިޕޯޓް ބުނާ ގޮތުގައި، ރެޑް ސީ ސަރަޙައްދުގައި ކޯޅުންގަނޑު ފެށުނު ފަހުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ފޯރާފައި ވަނީ އުފެއްދުންތެރިކަމުގެ ސިނާޢަތުގެ ސަޕްލައި ޗޭނަށެވެ. ޖެނުއަރީ މަހަކީ، ސެޕްޓެމްބަރ 2022 އަށް ފަހު، ލިބެން ވާ ފަރާތަށް މުދާ ފޯރުކޮށްދިނުމަށް އެންމެ ގިނަ ވަގުތު ނެގި މަސް ކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ރެޑް ސީ ސަރަޙައްދުގެ ބަދަލުގައި، އެހެން މިޞްރާބަކަށް ބޯޓުފަހަރު އަނބުރާލަން މަޖުބޫރުވުމާއެކު، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރަށް ހޭދަ ކުރަން ޖެހޭ ވަގުތު ވަނީ އެތައް ގުނައެއް އިތުރު ވެފައެވެ.

ރެޑް ސީ ސަރަޙައްދުގައި އުފެދިފައި އޮތް ނުތަނަވަސް ކަމުގެ ތަކުލީފުތައް މިހާރުވެސް، ކާރު އުފައްދާ ކުންފުނިތަކަށް ވަނީ އުފުލަން މަޖުބޫރުވެފައެވެ. ކާރު އުފައްދާ ބައެއް ކުންފުނިތަކުން ވަނީ، ކާރު އުފައްދަން ބޭނުން ވާ ބައެއް ބައިތައް އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދާތީ، ބައެއް މޮޑެލްތަކުގެ ކާރު އުފެއްދުން ވަގުތީ ގޮތުން މަޑުޖައްސާލާފައި އޮތް ކަންވެސް ހާމަ ކޮށްފައެވެ.

ޓެސްލާ ކުންފުނިން ވަނީ ޖަރުމަނުވިލާތު ސަރަޙައްދުގައި އެ ކުންފުނިން ކާރު އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކާރުޚާނާގެ ގިނަ މަސައްކަތްތަކެއް، ޖެނުއަރީ 29 އިން ފެބުރުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލާނެ ކަން އިޢުލާން ކޮށްފައެވެ. ޖެނުއަރީ 12 ވަނަ ދުވަހު ވޮލްވޯ ކަރޒްއިން ވެސް ވަނީ އެ ކުންފުނިން ބެލްޖިއަމްގައި ހިންގާ ކާރުޚާނާގެ މަސައްކަތްތައް 3 ދުވަހަށް ހުއްޓާލާނެ ކަމަށް ބުނެފައެވެ. އެއީ ކާރުތަކަށް ބޭނުން ވާ ގިއަރބޮކްސްތަކުގެ ޑެލިވަރީ ލަސްވުމުގެ ސަބަބުން ނިންމަން ޖެހުނު ނިންމުމެއް ކަމަށް ވޮލްވޯ ކަރޒްއިން އޭރު ވަނީ ހާމަ ކޮށްފައެވެ.

މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވީ، ކާރު އުފައްދާ ކުންފުނިތަކުގެ މާލީ ފައިދާ އިންތިހާއަށް ހަނިވެގެން ދިއުމެވެ. ކާރު އުފައްދާ ކުންފުނިތަކުގެ މާލީ ކުރިމަގު އަންދާޒާ ކުރާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި، ފައިދާގެ ގޮތުގައި ޖެހޭ މިންވަރު، މިދިޔަ 3 މަސްދުވަހުގެ ތެރޭގައި ވަނީ 5 ޕަސެންޓް ދަށަށް ގޮސްފައެވެ.

ރީޓެއިލް ވިޔަފާރީގެ ސިނާޢަތުގައި އޮޕަރޭޓް ކުރާ ގިނަ ކުންފުނިތަކަކީވެސް ކަނޑުމަގުން މުދާ އުފުލުމަށް އިންތިހާއަށް ބަރޯސާވެގެން އޮންނަ ކުންފުނިތަކެކެވެ. މެދުއިރުމަތީގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ސަޕްލައި ޗޭނަށް އަރަމުންދާ ލޮޅުންތަކާ ގުޅިގެން، ރީޓެއިލް ވިޔަފާރިވެރިންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ދިވެހިންގެ މެދުގައިވެސް ބޮޑު މަޤުބޫލު ކަމެއް ހޯދާފައި ވާ ސްވީޑަންގެ ފަރުނީޗަރު ކުންފުނި، އައިކިއާއިންވެސް ވަނީ، އެ ކުންފުނީގެ އުފެއްދުންތައް ހިފައިގެން ދަތުރުކުރާ ބޯޓުފަހަރުގެ ރާސްތާ ބަދަލު ކޮށްފައި ވާ ކަން ހާމަ ކޮށްފައެވެ. އެގޮތުން، މެޑިޓަރޭނިއަން ކަނޑާއި ރެޑްސީ ސަރަޙައްދު ގުޅާދޭ ސުއޭޒް ކެނާލްގައި ޓްރާންސިޓް ކުރަން ނުޖެހޭ ގޮތަށް، އެފްރިކާގެ އެންމެ ދެކުނު ކޮޅުގައި އޮންނަ ކޭޕް އޮފް ގުޑް ހޯޕް ވަށާ ދަތުރު ކުރާ ގޮތަށް، ދަތުރުގެ ރާސްތާ ބަދަލު ކޮށްފައި ވާ ކަމަށް އައިކިއާ ކުންފުނިން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން، މުދާ ޑެލިވަރ ކުރަން ޖެހޭ ތާރީޚަށް ބަދަލުތަކެއް އައިސް، މުދާ ލިބޭ ދުވަސް ލަސްވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ ސުޕަރމަރކެޓް ޗެއިންތަކެއް ކަމަށް ވާ ޓެސްކޯއާއި މަރކްސް އެންޑް ސްޕެންސަރގެ ވާހަކަވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ. މުދާ އުފުލުމަށް ކުރަން ޖެހޭ ޚަރަދުތައް އިތުރުވުމުގެ އަސަރު، ސީދާ ގޮތުން ވާރުތަވަމުން ދާނީ މުދާ ގަންނަ ޢާންމު ފަރާތްތަކަށް ކަމަށް އެ ކުންފުނިތަކުން ބުނެއެވެ. އެގޮތުން އެ ޗެއިންތަކުން ވިއްކާ މުދަލުގެ އަގު ބޮޑުވާނެ ކަމަށްވެސް ޓެސްކޯ އަދި މަރކްސް އެންޑް ސްޕެންސަރ ފަދަ ބްރޭންޑް ފަދަ ވިޔަފާރިތަކުން ވަނީ ހާމަ ކޮށްފައެވެ.

ހަކަތައިގެ ސިނާޢަތުގައި ހަރަކާތްތެރި ވާ ގިނަ ކުންފުނިތަކަކުންވެސް ދަނީ އެ ކުންފުނިތަކުގެ އުޅަނދުފަހަރު ދަތުރު ކުރާ ރާސްތާއަށް ބަދަލު ގެންނަމުންނެވެ. ރެޑް ސީ ސަރަޙައްދުން ދަތުރުކުރާ ބޯޓު ފަހަރަށް ހޫޘީން ދެމުން ގެންދާ ޙަމަލާތަކުން ދިފާޢުވުމުގެ ގޮތުން، ހަކަތައިގެ ސިނާޢަތުގެ ކުންފުނިތަކުންވެސް މިހާރު ދަތުރުގެ މިޞްރާބު ބަދަލު ކޮށްފައި ވަނީ އެފްރިކާ ވަށާ ދަތުރު ކުރާ ގޮތަށެވެ.

ޤަޠަރުއެނަރޖީއިން ބުދަ ދުވަހު ވަނީ އެ ކުންފުނީގެ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ސަޕްލައި، ޑެލިވަރ ކުރަން ތާރީޚަށް، މަންޒިލްތަކަށް ނުފޯރާނެ ކަމަށް ބުނެފައެވެ. ޤަޠަރަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ފުޅާ ދާއިރާއެއްގައި އެލްއެންޖީ އުފައްދާ، އެކްސްޕޯޓް ކުރާ އެއް ޤައުމެވެ. އިނގިރޭސި ތެޔޮ ކުންފުނި ބީޕީ، ރޯޔަލް ޑަޗް ޝެލްއާއި އެނޫންވެސް ބައެއް ކުންފުނިތަކުން ވަނީ ރެޑް ސީ ސަރަޙައްދުން އެ ކުންފުނީގެ ބޯޓު ފަހަރު ދަތުރު ކުރުން ހުއްޓާލިކަން ހާމަކޮށްފައެވެ. ރެޑް ސީ ސަރަޙައްދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ދިގުލައިގެން ދާން ވެއްޖެ ނަމަ، ދުނިޔޭގެ ހަކަތައިގެ ސިނާޢަތަށްވެސް އެކަމުގެ ސީދާ އަސަރުތައް ފޯރުން އެކަށީގެން ވާ ކަމުގެ އިންޒާރު، ދާއިރާގެ ބައެއް މުޙައްލިލުން މިހާރުވެސް ދަނީ ދެމުންނެވެ.

ޔަމަނުގެ ބޮޑު ސަރަޙައްދެއް ކޮންޓްރޯލް ކުރާ ޙޫޘީ ހަނގުރާމަވެރިން، ރެޑް ސީ ސަރަޙައްދުގައި ޙަމަލާތައް ވަރުގަދަ ކޮށްފައި ވަނީ ޔަހޫދީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެންނެވެ. ރެޑް ސީ ސަރަޙައްދުން ދަތުރުކުރާ ބޯޓުފަހަރުގެ ތެރެއިން އިޒްރޭލާއި އެމެރިކާއާ ގުޅުން އޮންނަ ބޯޓުފަހަރަށް ޙޫޘީން ދަނީ ޙަމަލާ ދެމުންނެވެ. އަދި އެ ޙަމަލާތަކަކީ، ޔަމަނު އޮތީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި ކަން އަންގައިދިނުމުގެ ގޮތުން ދެމުންދާ ޙަމަލާތަކެއް ކަމަށްވެސް ޙޫޘީން ވަނީ ބުނެފައެވެ. ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން އެމެރިކާއާއި އިނގިރޭސިވިލާތުންވެސް ވަނީ ދިފާޢީ ރައްދު ޙުއްޖަތަކަށް ހަދައިގެން ރެޑް ސީ ސަރަޙައްދުގައި އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ.

މި ހުރިހާ ކަމެއްގެ އަސަރު، އަހަރެމެން ދިވެހިން ފަދަ، އިމްޕޯޓް މުދަލަށް ބަރޯސާވެގެން ތިބި ބަޔަކަށް އޭގެ އެންމެ އިންތިހާއަށް ނުކޮށް ދިއުމަކީ ނާދިރު ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟

08 ޑިސެމްބަރު 2017
މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

01 ޑިސެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
 "ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

"ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

29 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު