Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެއިޑްސް ދުވަސް

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

2016 ވަނަ އަހަރު މިބަލި ޖެހިގެން 1 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2017 | ހުކުރު 03:59
އެއިޑްސް ޕޯސްޓަރެއް

އެއިޑްސް ޕޯސްޓަރެއް

މިއަދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ އެކުއާޑް އިމިއުން ޑެފިސިއެންސީ ސިންޑްރޯމް(އެއިޑްސް) ދުވަހެވެ.

ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަ ކުރަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ. އެއިޑްސްގެ މާނައަކީ އަމިއްލައަށް ލިބިގަންނަ، ދިފާއީ ބާރު ނެތިކޮށްލާ އެތައް ބައްޔެއް އޭގައި އެކުލެވިގެންވާ ބައްޔެކެވެ. މި ބަލި ޖައްސަނީ ހިއުމަން އިމިއުނޯޑިފިޝަންސީ ވައިރަސް (އެޗްއައިވީ) އިންނެވެ. މިބައްޔަށް އަދި މިހާތަނަށްވަނީ ފަރުވާއެއް ހޯދިފައިނުވާއިރު އެއިޑްސް ބަލިޖެހިގެން މަރުވަނީ ގާތްގަނޑަކަށް 2 އަހަރާއި 10 އަހަރާއި ދޭތެރޭގައި ބަލީގެ ވޭން ތަހައްމަލު ކުރުމަށްފަހުގައެވެ.

އެއިޑްސް ބަލި އިންސާނާގެ ހަށިގަނޑަށް ވާސިލު ވަނީ މައިގަނޑު ތިން ކަމަކުންނެވެ. އެއީ ޖިންސީ ގުޅުމުން، މައިމީހާގެ ސަބަބުން އަދި ލެއިންނެވެ.

އެޗްއައިވީ ޖެހިފައިވާ މީހަކާއެކު ހުރަހަކާ ނުލާ ޖިންސީގުޅުން ހިންގުމަކީ އެޗްއައިވީ ޖެހޭ މައިގަނޑު އެއްސަބަބެވެ. އެޗްއައިވީ އިންފެކްޝަން ހުރި މައެއްގެ ފަރާތުން ތުއްތު ދަރިފުޅަށް ވަރަށް ފަސޭހައިން ޖަރާސީމު އަރައެވެ. އެއީ މާބަނޑުގައި ދަރިފުޅު އޮންނައިރުގައްޔާއި، ވިހެއުމާއި، ގާތުންދިނުމުގެތެރޭގައެވެ. ދުނިޔޭގެ ކުޑަކުދިންގެ ހައްގަށް މަސައްކަތް ކުރާ ޖަމިއްޔާއެއްކަމަށްވާ ޔުނިސެފުން ނެރުނު ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރުގައި 14 އަހަރުންދަށުގެ 120،000 ކުދިން ވަނީ އެއިޑްސް އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 14 ކުދިން ބަލިޖެހިގެން ވަނީ މަރުވެފައެވެ. މިކުދިންނަށް އެޗްއައިވީ ޖެހުމުގެ މެދުވެރިއަކީ މައިމީހާއެވެ.

އެޗްއައިވީ އިންފެކްޝަން ހުރި މީހެއްގެލޭ އެބަލި ނުޖެހޭ މީހެއްގެ ގަޔަށް އެޅުމުގެ ސަބަބުން އެމީހެއްގެ ހަށިގަނޑުގައިވެސް އެ ޖަރާސީމު އާލާވާން ފަށައެވެ. އެކަމަކު މަސްތުވާތަކެތި އިންޖެކްޓުކުރުމަށް ގެންގުޅޭ ސިރިންޖުފަދަތަކެތި ހިއްސާކުރުމުގެ ސަބަބުން، އެއިޑްސްބަލި ފެތުރެމުން ދިއުން އެފަދަ ގައުމުތަކުގައި އަދިވެސް ވަރަށް އާންމެވެ.

އެޗްއައިވީ އަދި އެއިޑްސް ހުރި މީހެއްގެ ކިބައިން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ދުޅަވުން، ހަމުގެ ކުލައަށް ބަދަލެއް އައުން އަދި ހަންގަނޑު ކުރަކިވުން ހިމެނެއެވެ. މީގެ އިތުރުން ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ބޮލުގައިރިހުމާއި، ކާހިތްނުވުމާއި، މޫނުމައްޗަށް އަނދިރިވުން ހިމެނެއެވެ.

2016 ވަނަ އަހަރު މިބަލި ޖެހިގެން 1 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު 2015 ވަނަ އަހަރާއި އަޅާބަލާއިރު 300،000 މީހުން ވަނީ އެއިޑްސްއަށް ޕޮޒިޓިވްވެ އިތުރުވެފައެވެ.

ޔުނައިޓެޑް ނޭޝަންސް އެއިޑްސް ޖަމިއްޔާއިން މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައި ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ 21 މިލިއަން މީހުންނަކީ އެއިޑްސް ބަލި ޖެހިފައިވާ މީހުންނެވެ.

އަދި 1.8 މީހުންނަށް ވަނީ 2016 ވަނަ އަހަރުގައި އަލަށް އެޗްއައިވީއަށް ޕޮޒިޓިވް ވެފައެވެ. އެންޓިރެޓްރޯވައިރަލް ތެރަޕީ(އާޓް) އިން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ މާބަނޑު އަންހެނުން ނުވަތަ ގާތުންދޭ އަންހެނުންގެ ތެރެއިން 76 ޕަސެންޓް އަންހެނުންނަކީ އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ. މީގެ ތެރެއިން މިބަލީގައި އެންމެ ގިނައީ އެފްރިކާ ސަރަހައްދަށް ނިސްބަތްވާ މީހުންކަމަށް އާޓް އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. ދުނިޔޭގެ އެއިޑްސް ޖެހިފައިވާ މީހުންގެ ތިންބައިކުޅަ އެއްބައި މީހުންނަކީ އެފްރިކާ ސަރަހައްދުގެ މީހުންނެވެ.

އެޗްއައިވީ ވައިރަސް ހުރިކަން ފުރަތަމަ ކޮޅުގައި އެނގިއްޖެނަމަ އެއިޑްސް ބަލި ޖެހުން ލަސްކުރުމަށް ބޭސް ބޭނުންކުރެވެއެވެ. އެހެން ނަމަވެސް ހަށިގަނޑުން އެއްކޮށް އެއިޑްސް ބަލި ފިލައިގެން ނުދެއެވެ. އެއިޑްސް ބައްޔަށް އަދި ވަނީ މިހާތަނަށް ފަރުވާއެއް ނުހޯދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު