Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ޖަލްސާ

މަޖިލީހުގެ ޖަލްސާ ދެން ފަށާނީ މިރޭ 08:00ގައި

ޖަލްސާ ކުރިއަށް ގެންގޮސްފިނަމަ ބައެއް ވަޒީރުންނަށް ރުހުން ނުލިބޭނެކަން ޔަގީންވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 ޖެނުއަރީ 2024 | އާދީއްތަ 13:28
މަޖިލީހުގެ ޖަލްސާގެ ތެރެއިން

މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ދެން ފަށާނީ މިރޭ 08:00ގައި ކަމަށް، މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް އަންގައިފިއެވެ.

މެމްބަރުންނަށް އެގޮތަށް އަންގާފައި ވަނީ މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ނަގާ ވޯޓު 1:30ގައި ނެގުމަށް އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް ޕީއެންސީގެ މެމްބަރުން މަޖިލިސް ފްލޯރ ތަޅުލައިގެން ތިބުމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމުގެ ޖާގައެއް ނުލިބުނެވެ.

Advertisement - newsAdvertisement

ތަކުރާރުކޮށް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެމްބަރުން މަސައްކަތްކުރި ނަމަވެސް، އެ މެމްބަރުންނަށް މަޖިލީހުގައި މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ސަރުކާރަށް ތާއީދުކުރާ މެމްބަރުން ނުދިންކަން ފާހަގަކޮށްލެވެއެވެ. މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދެވޭނެ މާހައުލެއް ނެތުމުން، މަޖިލީހުގެ ޖަލްސާދެން ފެށޭނެ ވަގުތެއް އަންގާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ އޭރު މެމްބަރުންނަށް އަންގާފައެވެ.

އެ 22 މެމްބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ދައުރުން ބޭރުން އާދިއްތަ ދުވަހު ބޭއްވި މި ޖަލްސާގައި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް މެމްބަރުން ވަނީ ބަހުސް ކުރައްވާފައެވެ. 3 ވަޒީރަކާއި ބަންޑާރަ ނައިބަށް ރުހުން ނުދޭން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ. އެމްޑީޕީ ޕީޖީ ގްރޫޕުން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރުހުން ނުދޭން ނިންމާފައިވަނީ:

*ޑރ. އަލީނައިފަރު އަހުމަދު، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް

*ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް

*މުހައްމަދު ސައީދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

*އަލްއުސްތާޒު އަހުމަދު އުޝާމް، އެޓަރނީ ޖެނެރަލް އަށެވެ.

އާދިއްތަ ދުވަހު ބޭއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 37 މެމްބަރުންނެވެ. އެ ނިންމުން ފާސްވީ 21 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ބާކީ ތިބި ވަޒީރުންނަށް މެމްބަރުންނަށް ފެންނަ ގޮތަކަށް ވޯޓު ދިނުމަށް "ފްރީ ވިޕެއް" ނެރުމަށް ފާސްކޮށްފައެވެ. އެހެންކަމުން ޖަލްސާ ކުރިއަށް ގެންގޮސްފިނަމަ ބައެއް ވަޒީރުންނަށް ރުހުން ނުލިބޭނެކަން ޔަގީންވެއެވެ. ޕީޕީއެމް ޕީއެންސީގެ ބައެއް ސަޕޯޓަރުން ވަނީ މަޖިލިސް ދޮށަށް އެއްވެ، ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލައި މުޒާހަރާވެސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު