Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޓާޓޯގެ ސީއީއޯ

މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން

މިއީ އެ އެސޯސިއޭޝަނުން މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ބުނެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ޖެނުއަރީ 2024 | ހޮނިހިރު 16:52
އާމިނަތު ސޫޒަން

އާމިނަތު ސޫޒަން

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ)ގެ ސީއީއޯއަކަށް އާމިނަތު ސޫޒަން އައްޔަންކޮށްފިއެވެ.

މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން އައްޔަންކުރިކަން ހާމަކޮށް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ އެ އެސޯސިއޭޝަނުން މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޖީޑީޕީގެ ފަސް ޕަސެންޓް ފަތުރުވެރިކަމުގެ ދާއިރާ ހިއްސާކުރާއިރު، މި ދާއިރާގައި ހަރަކާތްތެރިވަނީ ދިވެހި އަންހެނުންގެ އެންމެ ފަސް ޕަސެންޓްކަން މަޓާޓޯއިން ފާހަގަކުރިއެވެ.

އެއީ، މިފަދަ މުހިންމު ދާއިރާތަކުގައި އަންހެނުން ބާރުވެރިކޮށް، މިންތީގެ ހަމަހަމަކަން ގާއިމުކުރުން އަވަސްކުރުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށް އެ އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ. އެހެންހަކަމުން ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދީ، އެންމެން ޝާމިލުވާ މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަން މަޓާޓޯއިން ބަލައިގަންނަ ކަމަށް ބަޔާނުގައިވެއެވެ.

ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ސީޒަނަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑް މެންބަރެވެ. އޭނާއަކީ ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ)ގެ ވެސް އެގްޒެކެޓިވް ބޯޑް މެންބަރެކެވެ.

ސޫޒަން ވަނީ އެޗްއެސްބީސީ މޯލްޑިވްސްގައި ހަތް އަހަރު މަސައްކަތް ކުރައްވާފައެވެ. 

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2024

މަޓާޓޯގެ ލަފަޔަކީ އިޒްރޭލްގެ އާންމުން ނުހިމަނައި ވެރިންގެ ޕާސްޕޯޓު މަނާކުރުން

27 ނޮވެމްބަރު 2024
މަޓާޓޯގެ ލަފަޔަކީ އިޒްރޭލްގެ އާންމުން ނުހިމަނައި ވެރިންގެ ޕާސްޕޯޓު މަނާކުރުން
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
02 ޑިސެމްބަރު 2023

މަޓާޓޯގެ ޑެސްޓިނޭޝަން ވާރކްޝޮޕް ބާއްވައިފި

02 ޑިސެމްބަރު 2023
މަޓާޓޯގެ ޑެސްޓިނޭޝަން ވާރކްޝޮޕް ބާއްވައިފި
14 ޖެނުއަރީ 2021

ސީއެމްޑީއޭގެ ސީއީއޯއަކަށް މުހައްމަދު ހުސައިން މަނިކު އައްޔަނުކުރައްވައިފި

14 ޖެނުއަރީ 2021
ސީއެމްޑީއޭގެ ސީއީއޯއަކަށް މުހައްމަދު ހުސައިން މަނިކު އައްޔަނުކުރައްވައިފި
26 ޖުލައި 2019

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް އަކަށް ސޫޒަން

26 ޖުލައި 2019
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް އަކަށް ސޫޒަން
22 ފެބުރުއަރީ 2019

މިފްކޯގެ ސީއީއޯއަކަށް އެކްޓިން އެމްޑީ އިސްމާއިލް އައްޔަންކޮށްފި

22 ފެބުރުއަރީ 2019
މިފްކޯގެ ސީއީއޯއަކަށް އެކްޓިން އެމްޑީ އިސްމާއިލް އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު