Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިޒްރޭލް ޕާސްޕޯޓު މަނާކުރުން

މަޓާޓޯގެ ލަފަޔަކީ އިޒްރޭލްގެ އާންމުން ނުހިމަނައި ވެރިންގެ ޕާސްޕޯޓު މަނާކުރުން

ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮންނަތާ 160 ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2024 | ބުދަ 07:46
 މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް, މަޓާޓޯގެ ލަފަޔަކީ އިޒްރޭލްގެ އާންމުން ނުހިމަނައި ވެރިންގެ ޕާސްޕޯޓު މަނާކުރުންކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

އެ އެސޯސިއޭޝަނުން އެކަން ހާމަކުރީ ބުދަ ދުވަހު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގައެވެ. އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ބަދަލު ގެންނަން، ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮންނަތާ 160 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ މަސައްކަތް އަވަސްކުރުމަށް ނިންމާ ކަމާއި ގުޅުން ހުރި ފަރާތްތަކާއި ބައްދަލުކުރުމުގެ މަސައްކަތް ފަށާފައި ވަނީ ނިމިދިޔަ ހަފްތާގެ ފަހުކޮޅުއެވެ. މީގެ ކުރިން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގައި ގެސްޓް ހައުސް އެސޯސިއޭޝަނުން ވެސް ބުނެފައި ވަނީ އިޒްރޭލްގެ އާންމުން ނުހިމަނައި ވެރިންގެ ޕާސްޕޯޓު މަނާކުރަން ފެންނަ ކަމަށެވެ. މަޓާޓޯ އިން ވެސް ވާހަކަދެއްކީ އެ ހުށަހެޅުމަށް ތާއީދުކޮށެވެ.

Advertisement - newsAdvertisement

އެގޮތުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވީ އިޒްރޭލްގެ އިސްވެރިންނަށް ފިޔަވަޅުތައް އަޅަން ފެންނަ ކަމަށެވެ. އަދި މި މައްސަލައިގައި އަމަލުކުރަން ފެންނަނީ ބައިނަލްއަގުވާމީ ފަރާތްތަކުން އަމަލުކުރާ ގޮތަށް ކަމަށް އެނާ ވިދާޅުވިއެވެ. އެގޮތަކީ އިޒްރޭލްގެ ސަރުކާރާއި އިޒްރޭލްގެ އިސްވެރިންނަށް އަމާޒުކޮށްގެން ފިޔަވަޅު އެޅުންކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިޒްރޭލްގެ ޕަސްޕޯޓު މަނާ ކުރުމުގައި ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނާ މެދު ގޮތެއް ނިންމުމުގެ ކުރިން ރާއްޖެއަށް ދިމާވެދާނެ ހާލަތަކާ މެދު ފަރުވާތެރިކަމާއި އެކު ވިސްނަން ޖެހޭ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވަނީ އިޒްރޭލްގެ ޕާސްޕޯޓު މަނާކުރާނެކަން އިއުލާންކުރުމުން، އެމެރިކާއިން ރާއްޖެއަށް ފިޔަވަޅުތައް އަޅަން އުޅޭ ކަމަށާއި ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރީ އެހެންވެގެން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ގޮތެއް ނިންމާއިރު އެކަންކަމަށް ވެސް ވިސްނަންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ކޮމިޓީގައި ވާހަކަދައްކަވަމުން މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން ވެސް ވާހަކަދެއްކެވީ އިޒްރޭލްގެ އާންމުން ނުހިމަނައި ވެރިންގެ ޕާސްޕޯޓު މަނާކުރުމަށް ތާއީދުކޮށެވެ. އޭނާ ވަނީ މި މައްސަލައިގައި ނިންމާ ނިންމުމުގެ ސަބަބުން ރާއްޖެއިން ޔަހޫދީންނާ ދެކޮޅު ބައެއް ކަމަށް ދޭހަވާ ގޮތަށް ކަންކަން ނިންމުން ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ. ހަމައެެހެންމެ ރާއްޖެއަށް އަންނަ އިޒްރޭލް މީހުންނަށް ނަފުރަތު އުފެއްދުން ރަނގަޅު ނޫންކަަމަށް ފާހަގަކުރައްވާ އޭނާ ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިޒްރޭލް މީހުން ރާއްޖެ އަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ޖޫން މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ނިންމާ ރައީސް އޮފީހުގައި ވަޒީރުން ބޭއްވި ނޫސް ކޮންފަރެންސެއްގައި އެކަން އިއުލާން ކުރިއެވެ.

އެ ދުވަހުގެ ކެބިނެޓް ބައްދަލުވުމަށް ފަހު، ރައީސް އޮފީހުގައި ބޭއްވި މި ނޫސް ކޮންފަރެންސްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ އިޒްރޭލް މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ.

ވަޒީރުންގެ މަޖިލީހުން ގާނޫނު ބަދަލު ކުރަން ނިންމިތާ 18 ދުވަސް ފަހުން، މަޖިލީހުގެ 20 ވަނަ ދައުރަށް ހުށަހެޅި ފުރަތަމަ ބިލުގެ ގޮތުގައި ޖޫން މަހުގެ 10 ވަނަ ދުވަހު ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން އިމިގްރޭޝަން ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވިއެވެ.

ބިލް ބަލައިގަތުމަށް ފެނޭތޯ ހަމަ އެދުވަހު މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގިއެވެ. ޖަލްސާ އަށް ހާޒިރުވި 88 މެމްބަރުންގެ އިއްތިފާގުން ފާސްވެ، ބިލް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ނިންމިއެވެ.

ބިލް ކޮމިޓީ އަށް ފޮނުވި ފަހުން ޖުލައި މަހުގެ 10ށް އެއް މަސް ދުވަސް ފުރިގެން ދިޔައިރު، އޭގެ ފަހުން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ 4 ބައްދަލުވުން ބޭއްވުނު އިރު މި ބިލުގެ މަސައްކަތް އެޖެންޑާ ކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބީ ކެންޑިޑޭޓުންނަށް ވަގުތު ހާއްސަ ކުރުމުގެ ހަމަތައް ބަޔާން ކުރާ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

އިންތިހާބީ ކެންޑިޑޭޓުންނަށް ވަގުތު ހާއްސަ ކުރުމުގެ ހަމަތައް ބަޔާން ކުރާ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

11 ޖުލައި 2018
އާންމުންނަށް ހުޅުވާލައި ހެސަވާދަ މުބާރާތަށް އަގުހުރި އިނާމުތަކެއް ކަނޑައަޅައިފި

އާންމުންނަށް ހުޅުވާލައި ހެސަވާދަ މުބާރާތަށް އަގުހުރި އިނާމުތަކެއް ކަނޑައަޅައިފި

05 ޖުލައި 2018
ހެސަ ވާދަ މުބާރާތުގައި އާންމުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހެސަ ވާދަ މުބާރާތުގައި އާންމުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

25 ޖޫން 2018
ޑރ. މަޖީދުގެ ތައުޒިޔާގެ ދަފްތަރު އާންމުންނަށް ހުޅުވާލައިފި

ޑރ. މަޖީދުގެ ތައުޒިޔާގެ ދަފްތަރު އާންމުންނަށް ހުޅުވާލައިފި

27 މެއި 2018
އާންމުންނަށް ސިނަމާ ހުޅުވުމަށްފަހު ސައުދީގެ މިސްރާބު ފޯޑީއެކްސް ސިނަމާއަށް

އާންމުންނަށް ސިނަމާ ހުޅުވުމަށްފަހު ސައުދީގެ މިސްރާބު ފޯޑީއެކްސް ސިނަމާއަށް

29 އެޕްރީލު 2018

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު