Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޓާޓޯ

މަޓާޓޯގެ ޑެސްޓިނޭޝަން ވާރކްޝޮޕް ބާއްވައިފި

އިންޑަސްޓްރީގައި ހުރި ހުރަސްތަކާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް، މަޝްވަރާ ކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ޑިސެމްބަރު 2023 | ހޮނިހިރު 11:02
މަޓާޓޯގެ ވާރކްޝޮޕްގެ ތެރެއިން

މަޓާޓޯގެ ވާރކްޝޮޕްގެ ތެރެއިން

މަޓާޓޯ އިން ޑެސްޓިނޭޝަން ވާރކްޝޮޕް ބާއްވައިފިއެވެ.

ހޮނިހިރު ދުވަހު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މި ވާރކްޝޮޕްގައި މަޓާޓޯގެ އިސްވެރިންނާއި އިންޑަސްޓްރީގެ ބައެއް ފަރާތްތައް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ވާރކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ އެއް ދުވަހަށެވެ.

މަޓާޓޯ އިން ބުނީ ވާރކްޝޮޕްގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތަކުގެ ތެރޭގައި ލޯކަލް ޓްރެވަލް އެޖެންޓުންނާއި ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ހޮޓާތަކުގެ ސްޓޭކްހޯލްޑަރުންނާއި ސަރުކާރުގެ މަންދޫބުން އެއްތަނަކަށް ގެނައުން ކަމަށެވެ.

މަޓާޓޯ އިން ބުނީ އަމާޒަކީ 2024 ވަނަ އަހަރަށް އެކުގައި ގުޅިގެން ޚިޔާލުތައް އުފައްދައި، މިހާރު ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމާއި، އިނޮވޭޓިވް ސޮލިއުޝަންތައް އެކުލަވާލުން ކަމަށެވެ.

މި ވާރކްޝޮޕް ގުރޫޕްތަކަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު ކޮންމެ ގުރޫޕަކަށްވެސް ގުޅިގެން މަޝްވަރާކޮށް، ގޮންޖެހުންތަކާ ބެހޭ ގޮތުން އެފަރާތްތަކުގެ ވިސްނުން އެއްކޮށް، ޢަމަލީ ޙައްލުތައް ހުށައެޅުމުގެ ފުރުސަތު ވަނީ ދީފިއެވެ.

މި އިންޓަރެކްޓިވް ފޯމެޓްގެ ސަބަބުން ޚިޔާލުތައް ބަދަލުކޮށް، އިންޑަސްޓްރީގެ ހުރަސްތަކުން އަރައިގަތުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތްތައް ކަށަވަރު ވެގެންދިޔަ ކަމަށް ވެސް މަޓާޓޯ އިން ވަނީ ބުނެފައެވެ.

މަޓާޓޯ

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2025

ދޮންފަނު ފަރު ފަތުރުވެރިންނަށް ބަންދު ކުރުމުން މަޓާޓޯ އިން ކަންބޮޑުވެއްޖެ

12 ސެޕްޓެމްބަރު 2025
ދޮންފަނު ފަރު ފަތުރުވެރިންނަށް ބަންދު ކުރުމުން މަޓާޓޯ އިން ކަންބޮޑުވެއްޖެ
09 ޑިސެމްބަރު 2024

މަޓާޓޯއިން ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ފަންނުވެރި މުބާރާތާއި މައުރަޒު "ފްރޭމް ބައި މަޓާޓޯ" އިޢުލާންކޮށްފި

09 ޑިސެމްބަރު 2024
މަޓާޓޯއިން ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ފަންނުވެރި މުބާރާތާއި މައުރަޒު "ފްރޭމް ބައި މަޓާޓޯ" އިޢުލާންކޮށްފި
12 އެޕްރީލު 2021

ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

12 އެޕްރީލު 2021
ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު