Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިސީޖޭއިން ނިންމި ނިންމުން

އައިސީޖޭއިން ނިންމި ނިންމުމަށް ދަ ޑިމޮކްރެޓްސްއިން މަރުހަބާ ކިޔައިފި - " ހައްލަކީ ހަނގުރާމަ ހުއްޓާލުން"

27 ޖެނުއަރީ 2024 | ހޮނިހިރު 13:39

އައިސީޖޭއިން ނިންމި ނިންމުމަށް ތަބާވާން، އެ އަމުރު ރައްދުވާ ހުރިހާ ފަރާތްތަކަށް ފޮރިން މިނިސްޓަރު ވަނީ ގޮވާލައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ޖެނުއަރީ 2024 | ހޮނިހިރު 13:39
އައިސީޖޭއަކީ އިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގެ މަގުސަދުގައި އދ.ން އުފެއްދި ކޯޓެއް

އައިސީޖޭއަކީ އިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގެ މަގުސަދުގައި އދ.ން އުފެއްދި ކޯޓެއް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް، ބައިނަލްއަގުވާމީ ގަތުލުއާންމު މަނާކުރާ މުއާހަދާއާ ޚިލާފުކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ނިންމި ނިންމުމަށް ދަ ޑިމޮކްރެޓްސްއިން މަރުހަބާ ކިޔައިފިއެވެ.

ޑިމޮކްރެޓްސްއިން ވަނީ އެ ނިންމުމަށް މަރުހަބާ ކިޔުމަށް ބަޔާނެއް ނެރެފައެވެ. އެ ޕާޓީން ބުނީ އައިސީޖޭގެ ނިންމުމާ އެއްގޮތަށް އަމަލުކުރުމަކީ، ދިގު މުއްދަތެއް ވަންދެން ހާލުގައި އުޅެމުންދާ ފަލަސްތީނުގެ މީހުންނަށް އިތުރު އަނިޔާތައް ލިބުމުން ދުރުކޮށްދޭނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް ހަމައެކަނި އެ ނިންމުމަށް އަމަލުކުރުމުން ނުފުދޭ ކަމަށް ދަ ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ. ހަނގުރާމަ ހުއްޓާލުން ނޫން ހައްލެއް އެކަމަށް ނެތްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އިސްރާއީލުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ރަހުމުކުޑަ އެތައް އަމަލެއް ހިންގަމުންކަން ފާހަގަކޮށް އެ ޕާޓީން ބުނީ، އައިސީޖޭގެ ނިންމުމަކީ އެފަދަ ކަންކަމާ ދެކޮޅަށް ހެދިފައި ހުރި ގަވާއިދުތަކާއި ގާނޫނުތައް ހަނދުމަކޮށްދޭ ކަމެއް ކަމަށެވެ. ޑިމޮކްރެޓްސްއިން ދެމިތިބޭނީ ފަލަސްތީނާއެކު ސާބިތުވެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޑިމޮކްރެޓްސްއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ބައިނަލްއަގުވާމީ ގަތުލުއާންމު މަނާކުރާ މުއާހަދާ ޚިލާފުކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ނިންމި ނިންމުމަށް ތަބާވާން އެއަމުރު ރައްދުވާ ހުރިހާ ފަރާތްތަކަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ގޮވާލައްވާފައެވެ.

ދެކުނު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ހުކުރު ދުވަހު އައިސީޖޭއިން ނެރެފައިވާއިރު، އެ ހުކުމުގައި ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ޚިލާފް އަމަލުތައް ހިންގާކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. އަދި މަސް ދުވަހުގެ ތެރޭގައި، އަމުރާ ގުޅޭގޮތުން އަމަލުކުރި ގޮތުގެ ރިޕޯޓެއް އިސްރާއީލުން ކޯޓަށް ހުށަހެޅުމަށްވެސް ވަގުތީ އަމުރުގައި ވެއެވެ.

މި އަމުރަށް މަރުހަބާ ވިދާޅުވެ ފޮރިން މިނިސްޓަރ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކޯޓުގެ ނިންމުމުން ބައިނަލްއަގުވާމީ ގާނޫނުގެ ބާރު ފެނިގެން ގޮސްފައިވާކަމަށެވެ. އަދި އުންމީދަކީ މި އަމުރު ރައްދުވާ ހުރިހާ ފަރާތްތަކުންވެސް މި އަމުރަށް ފުރިހަމައަށް ތަބާވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކުރައްވާފައެވެ.

އަދި ފަލަސްތީނުގައި ހަގީގީ އަދި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރެވޭނީ 1967ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައިސީޖޭން ވަގުތީ އަމުރު ނެރުމަށް ނިންމީ، ކޯޓުން ފަހުގެ ނިންމުން ނިންމުމުގެ ކުރިން ޣައްޒާގެ ހާލަތު މިހާރަށްވުރެ ވެސް ނުރައްކާ ހާލަތަކަށް ހިނގައިދާނެ ސަބަބުތައް ހުރުމުން ކަމަށާއި، މިހާރު ވެސް ޣައްޒާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށް ހުކުމުގައި ވެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

އެމްޑީޕީގެ ޓީމަށް ތ. ތިމަރަފުށިން ހޫނު މަރުހަބާއެއް ކިޔައި، ބޮޑު ދިދަ ނަގައިފި

14 އެޕްރީލު 2017
އެމްޑީޕީގެ ޓީމަށް ތ. ތިމަރަފުށިން ހޫނު މަރުހަބާއެއް ކިޔައި، ބޮޑު ދިދަ ނަގައިފި
13 އެޕްރީލު 2017

އެމްޑީޕީގެ ޓީމަށް ކިނބިދޫއިން ރަން ރީނދޫ މަރުހަބާއެއް ކިޔައިފި

13 އެޕްރީލު 2017
އެމްޑީޕީގެ ޓީމަށް ކިނބިދޫއިން ރަން ރީނދޫ މަރުހަބާއެއް ކިޔައިފި
13 އެޕްރީލު 2017

އެމްޑީޕީގެ ޓީމަށް ތ. އަތޮޅުން ހޫނު މަރުހަބާއެއް ކިޔައިފި

13 އެޕްރީލު 2017
އެމްޑީޕީގެ ޓީމަށް ތ. އަތޮޅުން ހޫނު މަރުހަބާއެއް ކިޔައިފި
02 އެޕްރީލު 2017

ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު

02 އެޕްރީލު 2017
ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
04 މާރިޗު 2017

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް