ރުޅިމަޑުކުރަން ޖެހޭ، "ރުޅިމަޑުކުރުމުގެ ޖަޒާއަކީ ސުވަރުގެ"
26 ޖެނުއަރީ 2024 | ހުކުރު 08:02އަމިއްލަ ޝަޚްސީ ކަންތައްތަކުގައި ރުޅި އައިސްގެން ނުވާނެ


މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކާ ދުރިހެލިވާންޖެހޭ ކަމަށާއި، ރުޅިމަޑުކުރުން މުހިންމު ނޫންނަމަ އޭގެ ޖަޒާއަކަށް ސުވަރުގެ ނުވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
''ރުޅިމަޑުކުރުން'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ރުޅިމަޑުކުރަން ޖެހޭ ކަމަށާއި، ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކާ ދުރުހެލިވާންޖެހޭ ކަމަށެވެ. އަދި ރުޅިމަޑުކުރުން މިހާ މުހިންމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ރަސޫލާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَއަކީ، އެކަލޭގެފާނުގެ ޝަޚްޞީ އެއްވެސް ކަމެއްގައި، ކޯފާ އިސްކުރެއްވި ބޭކަލެއް ނޫން ކަމަށާއި، އެކަލޭގެފާނަކީ، ﷲގެ ޙުރްމަތަކަށް އަރައިގަނެވޭ ހިނދު، ކޯފާ ގަދަ ބޭކަލެއް ކަމަށެވެ.
ޚުތުބާގައި ބުނީ އަމިއްލަ ޝަޚްސީ ކަންތައްތަކުގައި ރުޅި އައިސްގެން ނުވާނެ ކަމަށާއި، ގަނެ ވިއްކުމުގެ މުއާމަލާތުގައި، ރުޅި އިސްކޮށްގެން ނުވާނެ ކަމަށެވެ. އެކުވެރިކަމާއި އަވަށްޓެރި ކަމުގައި، ރުޅި އިސްކޮށްގެން ނުވާނެ ކަމަށާއި، އަވަދިނެތިވެ އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަކައި ކަމަށެވެ. އަދި ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫން ކަމަށާއި، ﷲގެ ހަޒުރަތުގައި، އެއީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ މިއަދު އަހަރެމެންގެ ތެރެއިން، ރުޅިމަޑުކަމުގެ ރީތި ނަމޫނާ ނުފެންނަ ކަމަށާއި، ފެންނަނީ ބަދަލުހިފުމުގެ ރޫހު ކަމަށެވެ.
ކީރިތި ރަސޫލާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَބަޔާންކޮށް ދެއްވާފައިވާ ގޮތުގައި، ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެކެވެ. ޝައިތާނާ އަބަދުވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި ކުށް ފާފަތައް ކުރުވުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިއަދު އިންސާނާ ކުރާ އަމަލުތަކަށް ގިޔާމަތް ދުވަހު ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ.
އިސްލާމީ އުއްމަތުގެ މާޒީއަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ އުއްމަތަކީ ރުޅި އިސްނުކުރާ، ޙިލްމުވެރި އުއްމަތެއް ކަމަށާއި އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައި ވަނީ އުއްމަތް ބިނާކޮށް، އާރާސްތު ކުރުމަށް ކަމަށެވެ.
ޚުތުބާގައި ބުނީ ރުޅިމަޑުކަމަކީ، ﷲ ލޯބިވެ ވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَލޯބިފުޅުވާ ސިފައެއް ކަމަށެވެ. އަދި ރަޙްމާންވަންތަ ރަސްކަލާނގެ އަޅުން، ނަމޫނާއަކަށް ބަލަން ޖެހޭނީ ކީރިތި ރަސޫލާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَކަމަށާއި، އެގޮތަށް އަމަލުކޮށް، ރުޅިއާ ދުރުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.







