Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ނިޒާމު ހަރުދަނާކުރުން

ގާނޫނުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ދެޕާޓީން ގުޅިގެން މަސައްކަތްކުރާނެ: ހަސަން ލަތީފް

ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތައް ހިންގުމުގައި ހުރި ހުރަސްތައް ނައްތާލާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖެނުއަރީ 2024 | ހުކުރު 04:02
ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް

ގާނޫނު އަސާސީން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާއި ދަ ޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ދެޕާޓީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތައް ހިންގުމުގައި ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ހުރަސްތައް ނައްތާލުމަށް ގާނޫނަށް އެކިފަހަރުމަތިން އެކި ބަދަލުތައް ސަރުކާރުތަކުން ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ރަނގަޅު ބަދަލެއް ގެނެވިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ލާމަރުމަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ދެ ޕާޓީން ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި މަސައްކަތާއި ގުޅޭގޮތުން ދެ ޕާޓީން މަޝްވަރާކުރާނެ ކަމަށެވެ. ދެ ޕާޓީގެ މަޝްވަރާއާއެކު ގާނޫނު އަސާސީއަށް އިސްލާހެއް ގެނެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގާނޫނަށް ބަދަލުގެނައުމާއި ގުޅޭ މަޝްވަރާތައް ކުރުމަށް ނިންމާފައިވާއިރު، ދެ ޕާޓީން ގުޅިގެން ބައެއް މަސައްކަތްތައް ކުރުމަށް މިހާރު ވަނީ އެއްބަސްވެފައެވެ. އެގޮތުން ސިޔާސީ މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލްކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދޭނެ އުސޫލެއް ކަނޑައެޅުމާއި، ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ނިންމާފައިވެއެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް

21 އެޕްރީލު 2017
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު