Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ އިންތިޚާބު

ފީފާ އަދި އޭއެފްސީގެ އެންގުމާ އެއްގޮތަށް އިންތިޚާބު ކެންސަލްކޮށްފި

ކޮންގްރެސް އަކުން އިންތިޚާބު ކުރަން ޖެހޭ ކޮމެޓީތައް އިންތިޚާބު ކުރުމަށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަނީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2024 | ހުކުރު 01:10
އެފްއޭއެމްގެ ހައުސް

އެފްއޭއެމްގެ ހައުސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގެ އެންގުމާ އެއް ގޮތަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބު ކެންސަލް ކޮށްފި އެވެ.

އެފްއޭއެމްގެ އިންތިޚާބު ކެންސަލްކޮށް، އަލުން އިންތިޚާބަށް ގޮވާލަން ފީފާ އަދި އޭއެފްސީން އެންގީ މިިދިޔަ ހޯމަ ދުވަހު އެވެ. ދެ އިދާރާ އިން އެންގީ، އެފްއޭއެމްގެ އިންތިޚާބުގެ އިލެކްޓޯރަލް ޕްރޮސެސް ސައްހަ ނޫންކަމަށާއި، މިހާރުގެ އިލެކްޓޯރަލް ޕްރޮސެސް ބަލައި ނުގަންނަ ކަމަށާއި، ‏އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ ނަގަން ޖެހޭނީ އެއް ކޮންގްރެސް އިން ކަމަށާއި، އަދި އިލެކްޓޯރަލް ކޯޑާ އެއްގޮތަށް އަމަލުކުރުމަށެވެ. އެއަށްފަހު އައު އިންތިޚާބަކަށް އިއުލާން ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

އެކަމާ ގުޅިގެން އެފްއޭއެމުން ވަނީ ބުރާސްފަތި ދުވަހު ހިންގާ ކޮމެޓީގެ ޖަލްސާއެއް ބާއްވައިފަ އެވެ. އެ ޖަލްސާގައި ވަނީ ފީފާ އަދި އޭއެފްސީން އަންގާފައިވާ ގޮތަށް އެފްއޭއެމްގެ އަސާސީ ޤަވާއިދާއި އިލެކްޓޯރަލް ކޯޑުގައި ހިމެނޭ އެންމެހާ ކޮމެޓީތައް އެކުލަވާލުމަށާއި، އެފްއޭއެމްގެ ކޮންގެރެސް އަކުން އިންތިޚާބު ކުރަން ޖެހޭ ކޮމެޓީތައް އިންތިޚާބު ކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވުމަށް ނިންމައިފަ އެވެ. އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ތަރުތީބު ކުރުމަށްފަހު، އެ ކޮންގްރެސްގެ އެޖެންޑާ އަދި ކޮންގްރެސް އޮންނާނެ ތާރީޚެއް އަންގާނެ ކަމުގައި ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ބަޔާން ނިންމާލަމުން އެފްއޭއެމުން ވަނީ، އެ އެސޯސިއޭޝަންގެ އެއްވެސް މެމްބަރެއްގެ ޙައްޤަށް އުނިކަމެއް އަންނާނެ ކަމެއް ނުކުރާނެ ކަމުގެ ޔަގީންްކަން ދީފަ އެވެ. އަދި ފުޓުބޯޅައިގެ މަސްލަހަތަށްވުރެ، އެހެން އެއްވެސް ފަރާތެއްގެ މަސްލަހަތު އިސް ނުކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެފްއޭއެމްގެ އިންތިޚާބުގެ ކަންކަން ހޫނުވީ، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް)ގެ އިންތިޚާބީ ޝަރުތު ހަމަނުވާކަމަށް ނިންމުމާއެކު އެވެ. އިންތިޚާބަށް ކުރިމަތިލެއްވި ޓޮމްގެ ޝަރުތު ހަމަނުވާ ކަމަށް ނިންމީ، އޭނާއާ ވާދަކުރާ ކެންޑިޑޭޓް މުފާވިޒް ހާޝިމް (މުފާ) އަށް ވެސް ކްލަބް ވެލެންސިއާ އިން ތާއީދުކޮށް ސިޓީއެއް ދީފައިވާ މައްސަލައިގަ އެވެ. މިހެންވެ އެ ކުލަބުގެ ތާއީދު އެއްވެސް ކެންޑިޑޭޓަކަށް ކަށަވަރުކުރެވިފައި ނުވާކަމަށް އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީން އޮތީ ނިންމައިފަ އެވެ.

ޓޮމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު، އެފްއޭއެމްގައި އެޕީލްސް ކޮމިޓީއެއް ނެތެވެ. އެފްއޭއެމުން ވަނީ ފަހުން އެކަމަށް އެއްބަސްވެފަ އެވެ. އެފްއޭއެމްގެ ގަވާއިދުގައި ވާގޮތުން، އިލެކްޓޯރަލް ކޮމިޓީއަކީ އެ އިދާރާގެ ކޮންގެރްސްގައި އިންތިޚާބު ކުރަންޖެހޭ ކޮމިޓީއެކެވެ. ނަމަވެސް މިވަގުތު އޮތް އިލެކްޓޯރަލް ކޮމިޓީގެ ތިން މެމްބަރުން އިންތިޚާބުކޮށްފައި ވަނީ އެފްއޭއެމްގެ ގަވާއިދާ ޚިލާފަށެވެ. އެ ގަވާއިދުގައި ބުނެފައި ވަނީ، އެއް ބަޔަކު ދެ ދައުރަކަށް އިންތިޚާބު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަން އަބްދުﷲ އަލީ ވަނީ ތިން ވަނަ ދައުރަކަށް އިންތިޚާބުކޮށްފަ އެވެ. އަދި މެމްބަރު އަހުމީމް އަބްދުއް ރައްޒާގާއި އަބްދުﷲ އަލީ ވެސް އިންތިޚާބުކޮށްފައި ވަނީ ދެ ވަނަ ދައުރަކަށެވެ. އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އަހުމީމް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި

އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި

12 ޖުލައި 2017
2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

05 ޖޫން 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

08 މެއި 2017
ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

04 މެއި 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު