Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ކަޕް

ބިލްބާއޯ އަތް ދަށުވެ ބާސެލޯނާ ކަޓައިފި

25 ޖެނުއަރީ 2024 | ބުރާސްފަތި 04:51

މި ސީޒަންގައި އެ ޓީމުގެ ނަތީޖާތައް ދަށްވެ، ކޯޗު ޒަވީ ހެނާންޑޭޒް އަށް ދަނީ ޕްރެޝަރު ބޮޑުވަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2024 | ބުރާސްފަތި 04:51
ބާސެލޯނާ އަދި ބިލްބާއޯ ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާ އަދި ބިލްބާއޯ ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ކަޕް (ކޮޕާ ޑެލް ރޭ)ގެ ކުއާޓާ ފައިނަލްގައި އެތުލެޓިކް ބިލްބާއޯގެ އަތް ދަށުވެ، ބާސެލޯނާ މުބާާރާތުން ކަޓައިފި އެވެ.

ކުއާޓާ ފައިނަލްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ބާސެލޯނާ ބަލިވީ، 4-2 އިންނެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ލަނޑު ޖަހައިގެން ލީޑު ނެގީ ވެސް ބިލްބާއޯ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ގޯކާ ގުރުޒެޓާ އެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އިން ވަނީ އެއްވަރުކޮށް، ލީޑު ވެސް ނަގައިފަ އެވެ. މެޗުގެ 26 ވަނަ މިނެޓުގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. އޭގެ ފަހުން 32 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ލަމިން ޔަމާލް އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖޫލްސް ކޫންޑޭ އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބިލްބާއޯ އިން ނަތީޖާ ހަމަހަމަކުރި އެވެ. އެ ލަނޑު ޖެހީ އޮއިހާން ސަންކޭޓް އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަަސްކޮށްދިނީ ނިކޯ ވިލިއަމްސް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ދެ ހާފުގައި އިތުރު ދެ ލަނޑު ޖަހައިގެން، ބިލްބާއޯ ވަނީ ބާސެލޯނާ ކަޓުވާލައިފަ އެވެ. އެ ދެ ލަނޑު ޖެހީ ނިކޯ ވިލިއަމްސް އަދި އިނާކީ ވިލިއަމްސް އެވެ.

މުބާރާތުން ބާސެލޯނާ ކެޓިއިރު، މި ސީޒަންގައި އެ ޓީމުގެ ނަތީޖާތައް ދަށްވެ، ކޯޗު ޒަވީ ހެނާންޑޭޒް އަށް ދަނީ ޕްރެޝަރު ބޮޑުވަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ

08 އޯގަސްޓު 2017
ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ
07 އޯގަސްޓު 2017

ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ

07 އޯގަސްޓު 2017
ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ
11 ޖުލައި 2017

ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި

11 ޖުލައި 2017
ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި
09 ޖުލައި 2017

ނޭމާ ޖޫނިއާސް ފައިވް: ޖަޕާން އަތުން ބަލިވެ ގަދަ 16 އަށް ނުގޮސް ރާއްޖެ ކަޓައިފި

09 ޖުލައި 2017
ނޭމާ ޖޫނިއާސް ފައިވް: ޖަޕާން އަތުން ބަލިވެ ގަދަ 16 އަށް ނުގޮސް ރާއްޖެ ކަޓައިފި
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
10 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

10 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް