Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓި-ޑިފެކްޝަން ގާނޫނު

ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން އެންޓި-ޑިފެކްޝަން ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

24 ޖެނުއަރީ 2024 | ބުދަ 14:30

މީގެ ގާނޫނެއް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެކުލަވާލިނަމަވެސް، އެ ގާނޫނު އުވާލީ އޭގައި ގޯސްތަކެއް ހުރުމުން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 24 ޖެނުއަރީ 2024 | ބުދަ 14:30
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

މަޖިލިސް މެންބަރެއްގެ ގޮތުގައި ހުރެ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެފަދަ ގާނޫނެއް ނުވަތަ އެންޓި-ޑިފެކްޝަން ގާނޫނެއް ވުޖޫދު ކުރުމަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ފަށައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މީގެ ގާނޫނެއް އެކުލަވާލައި އަމަލުކުރި ނަމަވެސް ފަހުން އުވާލި އެންޓި ޑިފެކްޝަން ގާނޫނަކީ، މައިގަނޑު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްސަކޮށް އެކުލަވާލާ ބިލެކެވެ.

Advertisement - newsAdvertisement

އެގޮތުން އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ބިލާ ގުޅޭގޮތުން ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އެންޓި ޑިފެކްޝަން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އެ ދެ ޕާޓީ އެކުވެގެން ފަށާފައިވާ ކަމަށާއި، އެ ބިލު ޑްރާފްޓް ކުރުމުގެ މަޝްވަރާ މިހާރު ކުރިއަށްދާކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ އެ ގާނޫނުގެ ދަށުން މަޖިލީހަށް އިންތިޚާބުވި ޕާޓީން މެންބަރަކު ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މަޖިލީހުން ވަކިވާނެކަމަށް ކަނޑައެޅޭ ގާނޫނެކެވެ.

އެކަމަށް އިޝާރަތް ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، އެންޓި ޑިފެކްޝަން ގާނޫނެއް ނެތުމުގެ ސަބަބުން ޕާޓީއަށް ވާ ގެއްލުމަށްވުރެ ގައުމަށްވާ ގެއްލުން ބޮޑުކަމަށެވެ.

އޭގެ ސަބަބުތަކެއް ކަމުގައި ސަލީމް ވިދާޅުވީ، ރައްޔިތުން އެ މެންބަރަކު ގޮނޑިއަށް އިންތިޚާބުކުރަނީ ވަރަށް ބޮޑު އިތުބާރަކާއެކު ކަމަށާއި، އެހެން ނަމަވެސް މެންބަރުން ގޮނޑި ބަދަލުކުރުމަކީ އެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުން ޑިމޮކްރެސީއާމެދު އޮންނަ އިތުބާރު ގެއްލި ވޯޓުލާން ނުކުންނަ ނިސްބަތް މަދުވާކަން ސަލީމް ފާހަގަ ކުރެއްވިއެވެ. އަދި އެކަމަކީ ޑިމޮކްރެސީ ބަލިކަށިވުމުގެ ނުރައްކަލެއްގެ ގޮތުގައި ވެސް ސަލީމް ފާހަގަކުރެއްވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ ދެ ޕާޓީ ގުޅިގެން އެންޓި-ޑިފެކްޝަން ބިލަކަށް މަސައްކަތްކުރަނީ އެ ނުރައްކާ ވަރަށް ބޮޑަށް އިހުސާސްވާތީ ކަމަށެވެ.

ސަލީމްގެ އިތުރުން އެންޓި-ޑިފެކްޝަން ގާނޫނާ ގުޅޭގޮތުން އެމްޑީޕީގެ ޗެއަރޕަރސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނަކީ ސިޔާސީގޮތުން ފާސްކުރި ގާނޫނެއް ކަމަށާއި، އެ ގާނޫނު އުވާލަން ޖެހުނީ ވެސް އެފަދަ ސަބަބުތަކެއްގެ ސަބަބުން ކަމަށެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، އެންޓި-ޑިފެކްޝަން ގާނޫނެއް ވުޖޫދުކުރުމަށް ނިންމާނަމަ، ރާއްޖޭގައި ކުރިން ހިނގާފަހުރި ބައެއް ކަންކަމަށް ވެސް ވިސްނަންޖެހޭނެ ކަމަށެވެ.

އޭގެ މިސާލުތައް ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، ސަރުކާރުގެ ބާރުވެރިކަމާއެކު އަނިޔާވެރިވާ ހާލަތްތަކުގައި މެންބަރުންނަށް ޕާޓީ ބަދަލުކުރެވޭނެ ގޮތް ހެދުމާއި، ގަވާއިދާ ޚިލާފަށް ޕާޓީން މެންބަރަކު ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ފަދަ ހާލަތެއް އެ ގާނޫނުން ދޭންޖެހޭނެ ކަމަށެވެ.

އެމްޑީޕީ އަދި ޑިމޮކްރެޓްސް ގުޅިގެން އެންޓި-ޑިފެކްޝަން ގާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތް މި ފެށީ، 2019 ވަނަ އަހަރު ފެށުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ގޮތުގައި އޮތް އެމްޑީޕީން ގިނަ މެންބަރުންތަކެއް ދާދި ފަހުން ވެސް ވަކިވެވަޑައިގެން ސަރުކާރު ޕީޕީއެމް-ޕީއެންސީއާ ގުޅިވަޑައިގަތުމާއެކުއެވެ.

އެގޮތުން އެންމެ ފުރަތަމަ އެމްޑީޕީގެ ތެރެއިން މެންބަރުންތަކެއް ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން އެ ޕާޓީ ވުޖޫދުކުރެއްވިއިރު، ރައީސް މުއިއްޒުގެ ސަރުކާރުގައި އިތުރު މެންބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ އަދި ޕީޕީއެމްއާ ވެސް ވަނީ ގުޅިވަޑައިގެންފައެވެ.

އެއާއެކު، ރާއްޖޭގައި އެންޓި-ޑިފެކްޝަން ގާނޫނެއް އޮތުން މުހިންމުކަމަށް އާންމުން ދިޔައީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް