Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލެޓް މައްސަލަ

ފުލެޓް މަސައްކަތް ހުއްޓުވީ ސިޔާސީވެގެން، އޭސީސީން އެކަން ނުކުރެވޭނެ - އަކްރަމް

މިއީ ރައްޔިތުން ގަނަތަޅުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ޖެނުއަރީ 2024 | ބުދަ 08:09
އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނީ

އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނީ

ފުލެޓް މަސައްކަތް ހުއްޓުވީ ސިޔާސީ ވެގެން ކަމަށާއި، އޭސީސީން އެކަން ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ މި ސަރުކާރުން ފުލެޓުގެ މަސައްކަތް ހުއްޓުވީ ސިޔާސީ ވެގެން ކަމަަށެވެ. އަދި ސަރުކާރުގެ ނުފޫޒުން އޭސީސީން ސިޓީއެއް ފޮނުވާ އެ މަސައްކަތް ހުއްޓާލަން އެންގި ކަމަށެވެ. އަދި ގާނޫނާއި އެއްގޮތަށް ބަލާއިރު، އޭސީސިއަކަށް އެކަން ނުވެސް ހުއްޓުވޭނެ ކަމަށާއި، އެކަމުގެ އެއް ހެތްކަކީ، ފުލުހުންގެ އިވެންޓެއް ބޭވުމުގައި އެކަން ހުއްޓަން އޭސީސީން އަންގައިގެން، ޕޮލިހުން ޕީޖީއަށް ދިޔުމުން ޕީޖީން އެންގީ އޭސީސިއަަކަށް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވާން 1 ދުވަހަށް ވެފައި އޮއްވާ އެކަން ހުއްޓުވުމުން ޕީޖީއަށް ނުދެވުނު ކަމަށާއި، އިތުރު މަސައްކަތެއް ކުރަން ފުރުސަތެއް ނުލިބުނު ކަމަށެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ ގާނޫނާއި ގަވާއިދާ ހިލާފަށް ފުލެޓުގެ މަސައްކަތް ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އެ މައްސަލަ އޭސީސީން ތަހުގީގުކުރެވިދާނެ ކަމަށާއި ނަމަވެސް އޭސީސީއަކަށް އެ މަސައްކަތް ނުހުއްޓުވޭނެކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ތަހުގީގުކޮށް ގޯސްކޮށް ކަންކޮށްފައިވާ ފަރާތަކާއި މެދު ފިޔަވަޅު އެޅިދާނެ ކަމަށާއި، ދީފައި ހުރި އެއްޗެއް އަތެއް ނުލެވޭނެ ކަމަށެވެ. އަދި ނުބައި މައުލޫމާތު ދީފައިހުރިކަން އެނގޭނަމަ އެކަން ބެލޭނެ ކަމަށާއި، ނަމަވެސް އޭސީސީއަކަަށް ފުލެޓް ދިނުން ނުހުއްޓުވޭނެ ކަމަށެވެ. އަކްރަމް ވިދާޅުވީ މިއީ ރައްޔިތުން ގަނަތަޅުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތެއް ކަމަށެވެ.

ނިމިިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކާއި ގުޅިގެން އޭސީސީން ތަހުގީގުކުރަމުންދާ މައްސަލަ ނިންމަން އަދި ނަގާނީ ކިހާ ދުވަހެއްކަމެއް ނޭނގޭކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ތަހުގީގު މިހާރު އޮތީ ނިންމުމުގެ މަރުޙަލާގައި ކަމަށެވެ. ތަހުގީގު ނިންމުމުގެ މަރުޙަލާގައި ކިހާ ދުވަހެއްވާނެތޯއާއި، އެކަމަށް ގާތްގަނޑަކަށް ހޭދަވާނެކަމަށް ބެލެވެނީ ކިހާ ދުވަހެއްތޯ ސުވާލު ކުރުމުން އޭސީސީން ބުނެފައިވަނީ ތަހުގީގަށް އަދި ނަގާނީ ކިހާ ދުވަހެއްކަމެއް ނޭންގޭ ކަމަށެވެ.

އޭސީސީން ބުނީ، ތަހުގީގު ކުރިއަށްދާއިރު އެ ކޮމިޝަނުން ޓައިމްލައިންތަކެއް ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް އެ ޓައިމްލައިން ހިއްސާ ނުކުރެވޭނެކަމަށެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު