Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުމަސް އެކްސްޕޯޓުކުރުން

ޔޫރަޕަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ކުޑަކުރަން އަނެއްކާ ވެސް މަޝްވަރާކޮށްފި

24 ޖެނުއަރީ 2024 | ބުދަ 01:53

އެގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އިނގިރޭސިވިލާތާއެކު ކުރެވުނު މަޝްވަރާތަކާއެކު އެ ޑިއުޓީ ކުޑަ ކުރެވޭނެ ކަމުގެ ފެހި ސިގްނަލް އޭރުގެ ސަރުކާރުން ދިން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 24 ޖެނުއަރީ 2024 | ބުދަ 01:53
މާލޭގެ ބާޒަރުމަތީގައި ކަނޑު މަސްތަކެއް

މާލޭގެ ބާޒަރުމަތީގައި ކަނޑު މަސްތަކެއް

ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅޭ ގޮތުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ފްރާންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން ފްރާންސޯ ޕެކްޓެޓް މަޝްވަރާކުރައްވައިފިއެވެ.

އެ ދެބޭފުޅުން މަޝްވަރާކުރައްވާފައިވަނީ އަންގާރަ ދުވަހު ސަފީރު ޖީން، ވަޒީރު ޒަމީރުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މި ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ގިނަ ކަންކަމުގެ މައްޗަށް އަލިއަޅުއްވައި މަޝްވަރާކުރައްވާފައެވެ.

އެގޮތުން ރާއްޖެ އާއި ފަރަންސޭސިވިލާތާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، އިގްތިސާދީ ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމާއި، ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން، ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމަށް ލުއިދިނުމާއި، ރާއްޖޭގެ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޒަމީރު ވަނީ ފަރަންސޭސިވިލާތާ ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ޔޫރަޕަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަ ކުރުމުގެ މަޝްވަރާތަކަކީ، ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުގައި ވަރަށް ބޮޑަށް ކުރެވުނު މަޝްވަރާއެކެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އިނގިރޭސިވިލާތާއެކު ކުރެވުނު މަޝްވަރާތަކާއެކު، ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ މަހުން ޓެރިފް ނުވަތަ ޑިއުޓީ ކުޑަ ކުރެވޭނެ ކަމުގެ ޔަގީންކަން އޭރުގެ ސަރުކާރުން ދިނެވެ. ޔޫރަޕުގެ ގައުމުތަކަށް ރާއްޖެއިން ކަނޑުމަސް ބޭރުކުރާއިރު، 24 އިންސައްތައިގެ ޓެކުހެއް ދައްކަން ޖެހެ އެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
15 މާރިޗު 2017

ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި

15 މާރިޗު 2017
ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި
14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް