Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން

ޔުކްރެއިންގެ ޒެލެންސްކީ އަށް ހަނގުރާމަ ވަގުތުން ނިންމާލެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ވިދާޅުވީ ޔުކްރެއިން އަށް ނޭޓޯ ގެ މެމްބަރުކަން ނުލިބޭނެ ކަމަށާއި، ކްރިމިއާ އަނބުރާ ނުލިބޭނެ ކަމަށެވެ. ޒެލެންސްކީ މިއަށް ރައްދު ދެއްވަމުން ވިދާޅުވީ ކުރިން މޮސްކޯ އަށް ދޫކޮށްލި ސަރަހައްދުތަކުން ޕުޓިންއަށް ލިބުނީ ހަމައެކަނި ހަނގުރާމަ ކުރުމުގެ އިތުރު ހިތްވަރު ކަމަށެވެ.

ޔުކްރެއިންގެ ރައީސް ޒެލެންސްކީއަށް ރަޝިއާއާއެކު ހިނގަމުންދާ ހަނގުރާމަ ވަގުތުން ނިންމާލެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ރާއްޖެ އެމްވީ | 18 އޯގަސްޓު 2025 | ހޯމަ 11:55
(ވ-ކ) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސް ވުލޮޑިމިއާ ޒެލެންސްކީ، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން.

(ވ-ކ) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސް ވުލޮޑިމިއާ ޒެލެންސްކީ، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން.

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަށް، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ވަގުތުން ނިންމާލެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ ޓްރަމްޕްގެ މި ބަސްފުޅަކީ، ހޯމަ ދުވަހު ވައިޓް ހައުސް އަށް ޒިޔާރަތް ކުރައްވަން ހަމަ ޖެހިފައިވާ ޒެލެންސްކީ އަށް ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކަށް އެއްބަސްވުމަކަށް އައުމަށް ޕްރެޝަރ އިތުރު ކުރުމަށް ޓްރަމްޕް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.

ހޯމަ ދުވަހު ވައިޓް ހައުސް އަށް ޒެލެންސްކީ ޒިޔާރަތް ކުރެއްވުމުގެ ކުރިން، ޓްރަމްޕް ވިދާޅުވެފައިވަނީ ރަޝިޔާ އިން ހިފާފައިވާ ކްރައިމިއާ އަނބުރާ ހޯދުމާއި، ޔުކްރެއިން ނޭޓޯގެ މެންބަރަކަށް ވުމަކީ މަޝްވަރާތަކުގައި ހިމެނޭނެ ކަންކަމެއް ނޫން ކަމަށެވެ.

"ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަށް ބޭނުން ފުޅުވާނަމަ، ރަޝިޔާ އާއެކު ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވާލެވިދާނެ. ނުވަތަ ހަނގުރާމަ ކުރިއަށް ގެންދެވިދާނެ،" ޓްރަމްޕް އެމަނިކުފާނުގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، އެންމެ ވަަޒަނެއް ނުޖަހާ، މީގެ 12 އަހަރު ކުރިން އޮބާމާ ހަދިޔާ އަކަށް ދެއްވި ކްރީމިއާ އަނބުރާ ނުލިބޭނެ ކަމަށާއި، ނޭޓޯ ގެ ތެރެއަށް ޔޫކްރެއިން އަކަށް ނުވަދެވޭނެ ކަމަށެވެ. ބައެއް ކަންކަމަކީ ދުވަހަކުވެސް ބަދަލު ނުވާނެ ކަންކަން ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ގެ މި ވާހަކަފުޅަށް ޖަވާބު ދެއްވަމުން ޒެލެންސްކީ އާދިއްތަ ދުވަހު ވިދާޅުވެފައިވަނީ، ކުރީގައިވެސް މޮސްކޯ އަށް ދޫކޮށްލި ސަރަހައްދުތަކުން ޕުޓިން އަށް ލިބުނީ ހަނގުރާމަ ކުރުމަށް އިތުރު ހިތްވަރު ކަމަށެވެ. "އަޅުގަނޑުމެން އެންމެންގެވެސް އެދުމަކީ މި ހަނގުރާމަ އަވަހަށް އަދި ސަލާމަތްތެރިކަމާއެކު ނިންމާލުން. އަދި މި ސުލްހައަކީ ދެމެހެއްޓެނިވި ސުލްހައަކަށް ވާންޖެހޭނެ،" ޒެލެންސްކީ އެކްސް ޕްލެޓްފޯމްގައި ވިދާޅުވިއެވެ.

ވައިޓް ހައުސްގެ މަޝްވަރާތަކުގައި ޔޫރަޕިއަން ޔޫނިއަންގެ އިސް ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ ތެރޭގައި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑަރ ލެޔަން، ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިޗް މަރޒް، އަދި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންގެ ކަންބޮޑުވުމަކީ، ޒެލެންސްކީ ޓްރަމްޕް ބައްދަލުވުމުގެ ތެރެއިން ރަޝިޔާ އަށް މާބޮޑަށް ފަހިވާ ގޮތައް އެއްބަސްވުމަކަށް އަތުވެދާނެއަތީ އެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރުބިއޯ ވިދާޅުވެފައިވަނީ ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. "އަޅުގަނޑުމެން އަދި ސުލްހައިގެ އެއްބަސްވުމަކާ ކައިރިއެއް ނުވޭ. އެއްބަސްވެވިދާނެ ބައެއް ދާއިރާތައް ފާހަގަކުރެވުނު ނަމަވެސް، ބޮޑެތި ތަފާތުތަކެއް އަދިވެސް އެބަހުރި،" ރުބިއޯ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު