Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަމުގެ ސިޔާސަތު

އެމްޑީޕީން މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިޔަށްގެންދިޔައީ ޕްލޭނަކާއެކު: އަކްރަމް

23 ޖެނުއަރީ 2024 | އަންގާރަ 17:57

ގުޅީފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނެއް އެމްޑީޕީ ސަރުކާރުން ނުހަދާ އޮތްކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަށް އަކްރަމް ވިދާޅުވީ އެތަންތަނުގެ ލޭންޑް ޔޫސް ޕްލޭން ގެޒެޓްކޮށްފައިވާނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ޖެނުއަރީ 2024 | އަންގާރަ 17:57
އެމްޑީޕީ ސަރުކާރުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން

އެމްޑީޕީ ސަރުކާރުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން

އެމްޑީޕީ ސަރުކާރުގައި މާލެ ސަރަހައްދުގައި ކުރިޔަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައިވަނީ ޕްލޭނެއް ނެތްކަމަށް ދޭހަވާ މޭރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް އެމްޑީޕީ ސަރުކާރުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ރައްދުދެއްވައިފިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި މިކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ރައީސް މުއިއްޒުގެ ވާހަކަފުޅު ބައްޓަންކުރައްވާފައިވަނީ ދިމާކުރާ ގޮތަށްކަމަށެވެ. ކޮންމެ ރައީސަކުވެސް ވެރިކަމަށް ވަޑައިގެން ކުރީ ސަރުކާރުން ކޮށްފައި ހުންނަ ކަންކަމަށް ފާޑުވިދާޅުވާކަމަށާއި ނަމަވެސް ރައީސް މުއިއްޒުގެ ވާހަކަ ކުރިޔަށްގެންދެވީ އެހެން ރާގަކަށްކަމަށެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިޔަށްގެންދިޔައީ ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ ގޮތަށްކަމަށެވެ. އެގޮތުގެ މަތިން ގޯތި ދޫކުރިއިރު ފްލެޓްތައްވެސް ދޫކޮށްފައިވާނީ އެވިސްނުމުގައިކަމަށް އަކްރަމް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ގުޅީފަޅާއި، ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނެއް އެމްޑީޕީ ސަރުކާރުން ނުހަދާ އޮތްކަމަށް ވިދާޅުވި ވާހަކަފުޅަށް ރައްދުދެއްވަމުން އަކްރަމް ވިދާޅުވީ އެތަންތަނުގެ ލޭންޑް ޔޫސް ޕްލޭން ގެޒެޓްކޮށްފައިވާނެކަމަށެވެ. އެއްބަޔަކު ހަދާފައި އޮތް ލޭންޑްޔޫސް ޕްލޭނެއް އަނެއް ބަޔަކަށް ގޯސްވެދާނެކަމަށާއި ނަމަވެސް އެއީ އެކަން ނުކޮށް އޮތް ކަމަށް ބުނެވޭނެ ސަބަބެއް ނޫންކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މުއިއްޒު ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ގެންގުޅުއްވާ ސިޔާސަތެއް ނޫންކަމަށެވެ.

އަކްރަމް ވިދާޅުވީ މުއިއްޒު ދައްކަވާ ގިނަ ވާހަކަފުޅުތަކަކީ އަމަލީ ގޮތުން ކުރެވޭނެ ކަންކަން ނޫންކަމަށެވެ. އެއީ ހަމައެކަނި ކަމެއްކުރާކަން ރައްޔިތުންނަށް ދެއްކުމަށް ދައްކަވާ ވާހަކަތަކެއްކަމަށް އަކްރަމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް