Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ގާނޫނު

ސަރުކާރުން ހުށަހެޅި ކައުންސިލުތަކުގެ ބާރުތައް ކަނޑުވާލާ ބިލު ފާސް ކުރަން ބުދަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި

ކޮމިޓީ އިން ފާސް ކުރީ މައިގަނޑު ގޮތެއްގައި ސަރުކާރުން ހުށަހެޅި ބިލު

ރާއްޖެ އެމްވީ | 5 އޯގަސްޓު 2025 | އަންގާރަ 19:28
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ޖަލްސާ އަންގާރަ ދުވަހުގެރޭ ކުރިއަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ޖަލްސާ އަންގާރަ ދުވަހުގެރޭ ކުރިއަށް ދަނީ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި، ކައުންސިލުތަކުގެ ބާރުތައް ކަނޑުވާލާ ބިލު ގެ ރިޕޯޓު ފާސް ކުރަން ބުދަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

ބުދަ ވިލޭރޭ މެންދަން ވުމާ ކައިރިވެފައިވަނިކޮށް މަޖިލީހުގެ އިދާރާ އިން ވަނީ މެމްބަރުންނަށް ކުރިން ފޮނުވި ބުދަ ދުވަހުގެ އެޖެންޑާ އަށް ބަދަލު ގެނެސް، މި ބިލުގެ ކޮމިޓީ ރިޕޯޓު އެޖެންޑާ ގައި ހިމެނުމަށް ފަހު އަލުން މެމްބަރުންނަށް އެޖެންޑާ ފޮނުވާފައެވެ.

Advertisement - newsAdvertisement

ގިނަ ކައުންސިލު ތަކުންނާއި އިދިކޮޅު މައި ސިޔާސީ ޕާޓީ އެމްޑީޕީ އިން އިދިކޮޅު ހަދަމުން ދަނިކޮށް، ކަންބޮޑުވުންތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި، ލާމަރުކަޒީ ކޮމިޓީން ވަނީ ސަރުކާރުން ހުށަހެޅި ގޮތައް އާދައިގެ ކުދި ކުދި ބަދަލުތަކަކާ އެކު ބިލު ފާސް ކޮށްފައެވެ.

މައުލޫމާތުު ލިބިފައިވާ ގޮތުގައި ލާމަރުކަޒީ ކޮމިޓީން ބިލު ދިރާސާ ކުރި ގޮތުގެ ރިޕޯޓަށް ބުދަ ދުވަހު ވޯޓަށް އަހާ ގޮތައް ވަނީ ހަމަ ޖެހިފައެވެ.

މި ބިލަކީ މި ހަފްތާގެ ހޯމަ ދުވަހު މަޖިލީހަށް ތައާރުފް ކޮށް، ހަމަ އެ ދުވަހު ބިލަށް ބަހުސް ކޮށް، އަންގާރަ ދުވަހުގެ ރޭ ކޮމިޓީ ބޭއްވުމަށް ފަހު، ހަމަ އެރޭ ކޮމިޓީން ފާސް ކޮށް، ބުދަ ދުވަހު ތަޅުމުން ފާސް ކުރާ ގޮތައް މަސައްކަތް ކުރިއަށް ދިޔަ ބިލެއް ކަން ފާހަގަ ކުރެވެއެވެ.

ބިލަށް ޚިޔާލު ހުށަހަޅަން އާންމު ކޮށް ހުޅުވާލާފައި އޮތީ 24 ގަޑީއިރުގެ މުއްދަތަކަަށެވެ.

ކައުންސިލުތައްލާމަރުކަޒީ ކޮމިޓީއެމްޑީޕީމަޖިލީސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުސަރުކާރު-ކައުންސިލްތައް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު