Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ފަލާހުގެ ހަރުކަށި އިންޒާރު ކައުންސިލްތަކަށް: ފާޑުފާޑުގެ ބަޔާންތައް ނެރުނަސް، ލާމަރުކަޒީ ގާނޫނު ބަދަލު ކުރާނަން!

ގިނަ ކައުންސިލްތަކުން ބުނެފައިވަނީ އިސްލާހުތަކަށް އަމަލުކޮށްފިނަމަ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަން ގެއްލޭނެ ކަމަށް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 6 އޯގަސްޓު 2025 | ބުދަ 08:10
އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ސޯޝަލް މީޑިއާގައި އެކިއެކި ވާހަކަ ދައްކައިގެން ފާޑުފާޑު ބަޔާންތައް ނެރުނަސް ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހު ނުހުއްޓާނަން ކަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ.

ފަލާހް އެހެން ވިދާޅުވި އިރު، ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހާ ދެކޮޅަށް ބުދަ ދުވަހުގެ މެންދުރާ ހަމަ އަށް 40 ށް ވުރެ ގިނަ ކައުންސިލުން ވަނީ ބަޔާން ނެރެފަ އެވެ. ޖުމްލަގޮތެއްގައި އެ ކައުންސިލްތަކުން ބުނެފައިވަނީ އެ އިސްލާހުތަކަށް އަމަލުކޮށްފި ނަމަ، ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަން ގެއްލޭނެ ކަމަށެވެ. އަދި ކައުންސިލްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ދަތިވާނެ ކަމަށާއި ރަށުގެ ތަރައްގީއަށް ހިންގަން ހުރި ގިނަ މަޝްރޫއުތަކަށް ހުރަސް އެޅޭނެ ކަމަށް އެ ކައުންސިލް ތަކުން ގަބޫލުކުރެ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ކައުންސިލްތަކުގެ ވައުދުތައް ނުފުއްދި އެތަންތަނާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށާއި ރަށްވެހި ހިދުމަތްތަކާއި އުމްރާނީ ތަރައްގީއަށް ފަހިވެފައިވާ ގިނަ ފުރުސަތުތަކެއް ބަންދުވާނެ ކަމަށްވެސް އެ ކައުންސިލްތަކުން ނެރެފައިވާ ބަޔާންތަކުގައި ބުނެފައިވެ އެވެ.

ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރމުގެ ނިޔަތުގައި ކައުންސިލްތަކުން ފަހު އަހަރު، ރަށްރަށުގައި ހުންނަ މުހިންމު ބިންތައް ކުއްޔަށް ދިނުމާއި މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހްތިޔާރުގައި ހުންނަ ކަންކަމުގެ ތެރެއިން ކައުންސިލްތަކުން ނާޖާއިޒު ފައިދާ ނަގާކަމަށް ފަލާހު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ގިނަ ކައުންސިލު ތަކުންނާއި އިދިކޮޅު މައި ސިޔާސީ ޕާޓީ އެމްޑީޕީ އިން އިދިކޮޅު ހަދަމުން ދަނިކޮށް، ކަންބޮޑުވުންތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި، ލާމަރުކަޒީ ކޮމިޓީން ވަނީ ސަރުކާރުން ހުށަހެޅި ގޮތައް އާދައިގެ ކުދި ކުދި ބަދަލުތަކަކާ އެކު ބިލު ފާސް ކޮށްފައެވެ.

އިބްރާހިމް ފަލާހް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުކައުންސިލުތައްޕީއެންސީއެމްޑީޕީލާމަރުކަޒީ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު