Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ ސިފައިން ބޭލުން

އިންޑިޔާ ސިފައިން ބޭލުން: ދެގައުމުގެ ބަޔާން ތަފާތުވި މައްސަލާގައި ސަރުކާރުން ދޭނެ ޖަވާބެއް ނެތް

އިތުރު މައުލޫމާތެއް ހިއްސާކުރެވޭކަށް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2024 | އާދީއްތަ 17:27
އިންޑިޔާ ސަރުކާރުން ހަދިޔާކުރި ހެލިކޮޕްޓަރު

އިންޑިޔާ ސަރުކާރުން ހަދިޔާކުރި ހެލިކޮޕްޓަރު

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު ދެގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާން ތަފާތުވި މައްސަލާގައި، ނޫސްވެރިންގެ ސުވާލުތަކަށް ރައީސް އޮފީހުން ސީދާ ޖަވާބެއް ނުދީ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފިއެވެ.

އާދިއްތަ ދުވަހު ކެބިނެޓުން ނިންމެވި ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް މައުލޫމާތު ހިއްސާކުރެއްވީ ކެބިނެޓުގެ ނިންމެވުންތަކާ ގުޅޭގޮތުންނެވެ. ގައުމާއި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާ ގުޅޭގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލު ދެންނެވި ނަމަވެސް، ނާޒިމް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އެކަމާ ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ވެސް އެދިފައިވެއެވެ.

Advertisement - newsAdvertisement

އިންޑިޔާގެ ސިފައިންނާ ގުޅޭގޮތުން ގިނަ ނޫސްވެރިން ސުވާލު ދެންނެވި ނަމަވެސް ނާޒިމް ވިދާޅުވީ، އިންޑިޔާ ސިފައިން ބޭލުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާކަމަށާއި، އިތުރު މައުލޫމާތެއް ހިއްސާކުރެވެން ނެތްކަމަށެވެ. އަދި އެ މައްސަލާގެ އިތުރު އަޕްޑޭޓެއް ވެސް ދެވެން ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ. އިންޑިޔާ ސިފައިން ބޭލުމާގުޅޭ މަޝްވަރާތައް ފަށާފައިވާއިރު، ދެގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާން ތަފާތުވެފައިވާތީ، އެކަމާ ގުޅޭގޮތުން ދެންނެވުމުން ވެސް ނާޒިމް ސުވާލަށް ޖަވާބު ނުދެއްވައި ވިދާޅުވީ، އިންޑިޔާ ސިފައިން ބާލަދިނުމަށް ސަރުކާރުން އެދިފައިވާކަމަށާއި، ޑިޕްލޮމެޓިކް އުސޫލުން އެކަން ކުރިއަށްދާ ކަމަށެވެ.

އިންޑިޔާގެ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭގޮތުން 14 ޖެނުއަރީ 2024ގައި ކުރެވުނު މަޝްވަރާތަކަށްފަހު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދެ ގައުމަށްވެސް ފައިދާ ވާނެހެން، ރާއްޖޭގައި އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމުން ރާއްޖޭގައި ފޯރުކޮށްދެމުންދާ އިންސާނީ އެހީއާއި މެޑިކަލް އިވެކުއޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަން މަޝްވަރާ ކުރެވުނުކަމަށެވެ. އެބަޔާނުގައި، ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ އަސްކަރިއްޔާގެ ސިފައިން އަވަހަށް ފޭބުމާގުޅޭ ވާހަކަތަކެއް ނެތެވެ.

ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި، ބައްދަލުވުމުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިން ވީހާވެސް އަވަހަށް ބޭލުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނުކަމަށް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު