Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫއިން ގޯތި ދޫކުރުން

އައްޑޫއިން ގޯތި ލިބޭ މީހުންގެ ގުރުނެގުން މިހަފްތާގައި، 4000ށް ވުރެ ގިނަ މީހުންނަށް ގޯތި ލިބޭނެ

21 ޖެނުއަރީ 2024 | އާދީއްތަ 07:50

އެންމެ ލަސްވެގެންވެސް ހޯމަ ނުވަތަ އަންގާރަ ދުވަހު ގުރުއަތު ނެގުމުގެ ކަންކަން ކުރެވޭތޯ ދަނީ މަސައްކަތް ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖެނުއަރީ 2024 | އާދީއްތަ 07:50
އަލީ ނިޒާރު - އައްޑޫ ސިޓީގެ މޭޔަރު

އަލީ ނިޒާރު - އައްޑޫ ސިޓީގެ މޭޔަރު

އައްޑޫއިން ގޯތި ލިބޭ މީހުންގެ ގުރުނެގުން މިހަފްތާގައި އޮންނާނެ ކަމަށާއި، ޝަރުތު ހަމަވާ އެންމެނަށް ގޯތި ލިބޭނެކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ވިދާޅުވީ، އައްޑޫގެ ގޯތި ދިނުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން މިހާރު ނިމިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ގޯތި ދިނުމުގައި ކުރިއަށް ގެންދަންޖެހޭ މަރުޙަލާތަކެއް ހުންނަކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވީ، ޝަކުވާ ހުށަހެޅުމުގެ މަރުޙަލާވެސް އޮންނަ ކަމަށާއި، އައްޑޫއިން ގާތްގަނޑަކަށް 4000ށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށެވެ.

އެ ފޯމުތައް ބެލުމަށްފަހު މިހާރު ފައިނަލް ލިސްޓު ކައުންސިލަށް ލިބިފައިވާ ކަމަށާއި، މި ހަފްތާގައި ގުރުއަތު ނެގުން ކުރިއަށް ގެންދާނެކަމަށް ނިޒާރު ވިދާޅުވިއެވެ.

އެންމެ ލަސްވެގެންވެސް ހޯމަ ނުވަތަ އަންގާރަ ދުވަހު ގުރުއަތު ނެގުމުގެ ކަންކަން ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ނިޒާރު ވިދާޅުވިއެވެ. އެއަށްފަހު ކޮންމެ ދުވަހަކުވެސް ލިސްޓު ތަރުތީބުން ގޯތި ދެމުންދާނެކަން ނިޒާރު ފާހަގަ ކުރެއްވިއެވެ.

ނިޒާރު ވިދާޅުވީ، ޝަރުތު ހަމަވާ އެންމެނަށްވެސް ގޯތި ދޭނެ ކަމަށެވެ. ސަބަބަކީ ފުރަތަމަ 1000 ގޯއްޗަށް އިއުލާނު ކުރިނަމަވެސް އައްޑޫގެ ބިންވެސް ހިއްކިފައި އޮތުމުންކަމަށް ނިޒާރު ވިދާޅުވިއެވެ. އެގޮތުން 4000ށް ވުރެ ގިނަ މީހުންނަށް މިފަހަރު ގޯތި ލިބިގެންދާނެ ކަމަށެވެ.

ގޯތި ދޫކުރުމަށްފަހު ގޯތި ދެއްކުމާއި ރަޖިސްޓްރީގެ ކަންކަންވެސް ކުރިއަށްދާނެކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫސިޓީ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމަށް ހުޅުވާލީ 23 ޖެނުއަރީ 2023ގައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި ފޭދޫއިން 1500 އަކަފޫޓުގެ 300 ގޯތި ދޫކުރާނެއެވެ. އަދި ހުޅުދޫއިން 2000 އަކަފޫޓުގެ 100 ގޯތި ދޫކުރާއިރު މީދޫއިން 2000 އަކަފޫޓުގެ 100 ގޯތި އަދި ހިތަދޫއިން 1500 އަކަފޫޓުގެ 500 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކޮންމެ އަވަށަކުން ގޯތިތައް ދޫކުރަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އެ އަވަށެއްގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި އައްޑޫ ސިޓީގެ އެހެނިހެން އަވަށްތަކުގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗެވެ. އެގޮތުން އެ އަވަށެއްގެ ރައްޔިތުންނަށް 90 އިންސައްތަ ގޯތި ހާއްސަކޮށްފައިވާއިރު އެހެން އަވަށްތަކުގެ ރައްޔިތުންނަށް ހާއްސަކޮށްފައިވަނީ 10 އިންސައްތަ ގޯއްޗެވެ.

އައްޑޫއިން ގޯތި ދޫކުރަނީ މިހާރު ހުރި ބިމުންނާއި، އަލަށް ހިއްކާ ބިން ވެސް ހިމެނޭހެންނެވެ.

މިދިޔަ ސަރުކާރުގައި އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫއެއް އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔައެވެ. އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިފައިވެއެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް