Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޑީއެފްސީ

އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުން ފިފްޝީން ވަކިކޮށްފި

ފިފްޝީން މަޤާމުން ވަކި ކުރިކަން ހޮނިހިރު ދުވަހު އިއުލާން ކުރި ނަމަވެސް، ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 16 މާރިޗު 2025 | އާދީއްތަ 08:22
އެސްޑީއެފްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އައިޝަތު ފިފްޝީން އަލީ - 16-03-2025

އެސްޑީއެފްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އައިޝަތު ފިފްޝީން އަލީ - 16-03-2025

އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން އަލީ މަޤާމުން ވަކިކޮށްފިއެވެ. 

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ބަލަހައްޓާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން މި ނިންމުން ހޮނިހިރު ދުވަހު އިއުލާން ކުރި ނަމަވެސް، ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ. 

ފިފްޝީން މި މަޤާމަށް އައްޔަންކުރެވުނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އޭނާގެ ކުރިން މި މަޤާމުގައި ހުންނެވި އަޙްމަދު ޒީނާދު މިހާރު ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ އިސް މަޤާމެއްގަ އެވެ. 

އެސްޑީއެފްސީއަށް އައުމުގެ ކުރިން ފިފްޝީން ވަނީ ބޭންކް އޮފް މޯލްޑިވްސްގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފަ އެވެ. މީގެ ތެރޭގައި ހެޑް އޮފް ކާޑްސް، ހެޑް އޮފް ޗެނަލް މެނޭޖްމަންޓް، އަދި ހެޑް އޮފް އެކުއަރިންގ އެންޑް ޑިޖިޓަލް ޕޭމަންޓްސް ފަދަ މުހިންމު މަޤާމުތައް ހިމެނެއެވެ. 

2019 ވަނަ އަހަރު އުފެއްދި އެސްޑީއެފްސީއަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކޯޕަރޭޝަން އެކެވެ. 

މި މުއައްސަސާގެ ހިއްސާދާރުންގެ ގޮތުގައި ސަރުކާރާއި، މާލޭ ސިޓީ ކައުންސިލް، ފުވައްމުލަކު ސިޓީ ކައުންސިލް، އަދި އައްޑޫ ސިޓީ ކައުންސިލް ހިމެނެ އެވެ. 

ފާއިތުވި މަސްތަކުގައި، އެސްޑީއެފްސީން ވަނީ ބައެއް ލޯނު ޕްރޮގްރާމްތައް މެދުކަނޑާލާފައެވެ. ނަމަވެސް މިވަގުތު ވަކި ބާވަތްތަކެއްގެ ލޯނުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެ އެވެ.

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2019

ތަރައްޤީގައި އިސްކަންދޭ ކަންކަމާ ގުޅޭ ގޮތުން ވާލްޑް ބޭންކްގެ އެގްޒެކްޓިވް ޑިރެކްޓަރުން މަޝްވަރާކުރައްވައިފި

08 ނޮވެމްބަރު 2019
ތަރައްޤީގައި އިސްކަންދޭ ކަންކަމާ ގުޅޭ ގޮތުން ވާލްޑް ބޭންކްގެ އެގްޒެކްޓިވް ޑިރެކްޓަރުން މަޝްވަރާކުރައްވައިފި
31 ޖުލައި 2019

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ފޮނުވި ހަ ބޭފުޅުންގެ ނަން ފާސްވެއްޖެ

31 ޖުލައި 2019
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ފޮނުވި ހަ ބޭފުޅުންގެ ނަން ފާސްވެއްޖެ
20 މެއި 2019

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް!

20 މެއި 2019
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް!
28 އެޕްރީލު 2019

އުރީދޫ މޯލްޑިވްސްގެ އައު މެނޭޖިންގ ޑިރެކްޓަރަކަށް ނަޖީބް ޚާން!

28 އެޕްރީލު 2019
އުރީދޫ މޯލްޑިވްސްގެ އައު މެނޭޖިންގ ޑިރެކްޓަރަކަށް ނަޖީބް ޚާން!
22 ޖެނުއަރީ 2019

އިސްލާމިކް ބޭންކަށް އާ މެނޭޖިންގ ޑިރެކްޓަރަށް އަބްދުލް މުހައިމިން

22 ޖެނުއަރީ 2019
އިސްލާމިކް ބޭންކަށް އާ މެނޭޖިންގ ޑިރެކްޓަރަށް އަބްދުލް މުހައިމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު