Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

ސައީދު ދައްކަވާ ހުރިހާ ވާހަކައެއް އާޚިރުގައި ދަނީ ފެނަށް!

1 ޖޫން 2024 | ހޮނިހިރު 11:31

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިންޑިއާ އިން ހުށަހެޅި ކަަމަށް ސަޢީދު ވިދާޅުވީއިރު، އިންޑިއާ އިން ވަނީ އެކަން ދޮގު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2024 | ހޮނިހިރު 11:31
މި ސަރުކާރުގެ އިޤްތިސާދީ ވަޒީރު ސަޢީދު

މި ސަރުކާރުގެ އިޤްތިސާދީ ވަޒީރު ސަޢީދު

ހުސްވި މެއި މަހުގެ 25 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިއުލާން ކުރެއްވި ވާހަކައަކާ ގުޅިގެން، މުޅި މީޑިއާ ގައި ދައުރުވަމުން ދިޔައީ އެ ވާހަކަ އެވެ. އެހެންޏާ ފަހެ، އެއީ ކުޑަ ވާހަަކައެއް ވެސް ނޫނެވެ. މި ސަރުކާރުން އެފަދަ ކަމެއް ކުރައްވަފާނެބާއޭ ވެސް ހިތަށް އެރި މީހުން މަދެއް ވެސް ނޫނެވެ. ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ.

ސަޢީދު ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އައު އެއްބަސްވުމެއް ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ސަރުކާރު ވެރިކަމަށް އަންނަން، އަދި ވެރިކަމަށް އައި ފަހުން ވެސް، އިންޑިއާއާ ޖައްސާލައިގެން އެތައް ކަމެއްކޮށް، އެތައް ވާހަކައެއް ދައްކާފައިވާއިރު، ސަޢީދު ވިދާޅުވި ގޮތުން އެ އެއްބަސްވުން ޤާއިމު ކުރުމަށް ހުށަހެޅީ ވެސް އިންޑިއާ އިންނެވެ.

ދެން އެއާ ޖެހިގެން ސަޢީދު ވިދާޅުވީ މާބޮޑު ވާހަކަ އެކެވެ. އަޅުގަނޑު ގާތަށް ހިނި އައިސް، ހިނިގަނޑު މަތަ ނުވާ ޒާތުގެ ވާހަކަ އެކެވެ. އިންޑިއާ އިން މިނިވަން ވިޔަފާރީގެ އައު އެއްބަސްވުމެއް ޤާއިމު ކުރަން އެދުމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް ބޭނުންފުޅުވަނީ އެ ފުރުސަތު ހުރިހާ ޤައުމަކާ އެކު އޮންނަ ކަން ދެއްކުމަށެވެ.

އަޅުގަނޑުގެ ހިތަށް އެރި އެވެ. އިންސާނެއް ވިއްޔާ، ކޮންމެ ވެސް ކަހަލަ ގޮތެއް ވެސް ހުންނަން ވާނެ އެވެ. ރައީސް މުޢިއްޒު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ދެއްވި ބަސްދީގަތުމުގައި އިންޑިއާ އަށް "ކުރު ދޮށިން" ދިން ހަނދާން ނެތޭހާ ދުވަހެއް ނުވެ އެވެ. ފަހަރުގައި ރައީސް މުޢިއްޒު އަދި ސަރުކާރުގެ އިސްވެރިން ހަނދާން ނެތުނަސް، އަޅުގަނޑުމެންގެ ހަނދާނުގައި އެބަ ހުއްޓެވެ.

ވަކި ޤައުމެއްގެ ތައްޕާހަށް ވެއްޓިގެން އުޅެން ނުޖެހޭ ކަމަށާއި، ވަކި ޤައުމަކަށް ބަރޯސާވާން ނުޖެހޭ ކަމަށް ވިދާޅުވެ، އިންޑިއާ އަށް ބަވާާލީ، ރަތް މަހަށް ނުބަވާ ވަރަށެވެ. އެހާ ވެސް ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު، އިންޑިއާ ކަނޑުގެ ނަން ވެސް ބަދަލު ކުރަން ޖެހެއޭ ބުނަން ވެސް ބޭނުންވެގެން އުޅުއްވި ކަހަލަ އެވެ.

އެކަމަކު، އެ ހުރިހާ ކަމެއް ފަހަތަށް ޖައްސާލުމަށްފަހު، ސަޢީދު ދެއްކެވި ވާހަކަ އަށް ޖެހިލަމާ ހިގާށެވެ. އިންޑިއާ އިން ރާއްޖެ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމު ކުރަން ބޭނުންވެގެން ހުށަހެޅި ކަމަށް ސަޢީދު ވިދާޅުވި ވާހަކަ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ރަންދިރް ޖައިސްވާލް ވަނީ ދޮގު ކުރައްވައިފަ އެވެ.

ބުރާސްފަތި ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަންދިރް ޖައިސްވާލް ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމު ކުރަން އިންޑިއާ އިން ހުށަހެޅި ކަމަށް ބުނެ، މިނިސްޓަރު ސަޢީދު ވިދާޅުވެފައި އޮތް ވާހަކައެއް ނޫސްތަކުން ފެނުން ކަމަށެވެ. އެހެން ނަމަވެސް، އިންޑިއާ އިން އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ވިދާޅުވީ އެފަދަ އެއްބަސްވުމެއް ހަދަން ރާއްޖެ އިން ބޭނުންވާ ނަމަ، އިންޑިއާ އިން އެކަމަށް ބައްލަވާނެ ކަމަށެވެ.

އަޅުގަނޑު ހިތަށް އެރި އެވެ. ސަޢީދު ދައްކަވާ ހަމަ ކޮންމެ ވާހަކައެއް އާޚިރުގައި މި ދަނީ ފެނަށެވެ. ތަންކޮޅެއް އާދައިގެ ގޮތަަކަށް ބުނާ ނަމަ، "ތޮޅި" އަށެވެ. މީގެ ކުރިން ވެސް ސަޢީދު ދައްކަވާފައި ހުރި ވާހަކަތައް ދެކޮޅު ނުޖެހި އެބަ ހުއްޓެވެ. މިސާލަކަށް ދަންނަވާނަމަ، ޑޮލަރުގެ އަގާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ އަށް ވެސް ވީ ހަމަ އެހެންނެވެ.

ސަރުކާރު ފެށިގެން އައި ކޮޅާ ގާތު ސަޢީދު ވިދާޅުވީ ޑޮލަރުގެ އަގު ހަމަ އަގަށް ތިރިވެގެން ދާނެ ކަމަށާއި، ވަޅު ޖެހިފައި އޮތް އިޤްތިސާދެއް މި ސަރުކާރުން ޚަރުދަނާ ކުރަން ކުރި މަސައްކަތުގައި ތިން މަސް ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު ހަމަ އަގަށް ބަދަލުވެގެން ދާނެ ކަމަށެވެ. އާޚިރުގައި ކަންތައްވީ ކޮންގޮތަކަށްތޯ އެވެ؟

ތިން މަސް ހަމަވެ. ހަތަރު މަސަް ހަމަވެ، ސަރުކާރަށް ހަމަ މަސް ފުރި ހަތް ވަނަ މަހަށް އެޅިގެން ދިޔަ އިރު ވެސް، ޑޮލަރުގެ އަގަށް އެ ވިދާޅުވާ ބަދަލެއް ނާދެ އެވެ. ޑޮލަރުގެ ރަސްމީ އަގަކީ 15.42 ކަމަށް ވިޔަސް، މިއަދު ވެސް ޑޮލަރު ހޯދަން ޖެހޭނީ 17.30 ނުވަތަ އެއަށްވުރެ ވެސް ބޮޑު ކޮށެވެ. ދައްކަވާ ވާހަކަތައް އާޚިރުގައި ހަމަ ފެނަށް ދަނީ ނޫންތޯ އެވެ؟

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

08 އޯގަސްޓު 2017
ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!
29 ޖުލައި 2017

ޓްރެފިކްގަ ނުޖެހެންވެގެން އޮފީހަށް ދަނީ ފަތާފައި

29 ޖުލައި 2017
ޓްރެފިކްގަ ނުޖެހެންވެގެން އޮފީހަށް ދަނީ ފަތާފައި
24 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!
06 ޖުލައި 2017

މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!

06 ޖުލައި 2017
މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!
16 ޖޫން 2017

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟
14 ޖޫން 2017

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!
09 ޖޫން 2017

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!
19 މެއި 2017

ހައްޖާއި އުމަރާ އަށް ވެސް ވަގު ހަދަނީ!

19 މެއި 2017
ހައްޖާއި އުމަރާ އަށް ވެސް ވަގު ހަދަނީ!
01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް