Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ރާމޯސް އަދި ކޯލޯ މުއާނީ އަކީ ޕީއެސްޖީގެ މުސްތަޤުބަލު: އެންރީކޭ

21 ޖެނުއަރީ 2024 | އާދީއްތަ 01:52

އެންރީކޭ ބުނީ، އެއީ މަތީ ފަންތީގައި ފާހަގަކޮށްލެވޭ ދެ ސްޓްރައިކަރުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2024 | އާދީއްތަ 01:52
ޕީއެސްޖީ އަށް ކުޅެމުން އަންނަ ގޮންޒާލޯ ރާމޯސް އަދި ކޯލޯ މުއާނީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ގޮންޒާލޯ ރާމޯސް އަދި ކޯލޯ މުއާނީ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ގޮންޒާލޯ ރާމޯސް އަދި ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ އަކީ އެ ކުލަބުގެ މުސްތަޤުބަލު ކަމަށް، ލުއިސް އެންރީކޭ ބުނެފި އެވެ.

ޕީއެސްޖީގެ ކޯޗު އެންރީކޭ މިހެން ބުނީ، އެ ދެ ކުޅުންތެރިން ވެސް ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ކަމަށް، ފްރާންސްގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ވާހަކަތަކަށް ރައްދު ދެމުންނެވެ. ފްރާންސްގެ މީޑިއާ ތަކުން މިހެން ރިޕޯޓުކޮށްފައި ވަނީ މި ސީޒަންގައި ޕީއެސްޖީގެ ނަތީޖާތައް ދަށްވެފައިވާ ކަމަށް ބުނެ އެވެ.

ރާމޯސް ޕީއެސްޖީ އަށް ބަދަލުވީ، މިދިޔަ އަހަރު އެވެ. އެންމެ ފުރަތަމަ އޭނާ އެ ކުލަބާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ފަހުން ވަނީ ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެ އިތުރުން ކޯލޯ މުއާނީ ޕީއެސްޖީ އަށް ބަދަލުވީ ވެސް މިދިޔަ އަހަރު އެވެ. ޕީއެސްޖީ އާއެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ދެ ކުޅުންތެރިންނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އެއީ މަތީ ފަންތީގައި ފާހަގަކޮށްލެވޭ ދެ ސްޓްރައިކަރުން ކަމަށެވެ. ދެ ކުޅުންތެރިން ވެސް ޕީއެސްޖީގައި ދައްކަމުން އަންނަ ކުޅުމާއި، ކުރަމުން އަންނަ މަސައްކަތާއެކު ހިތްހަމަ ޖެހޭ ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ. މިވަގުތު ޕީއެސްޖީގައި ތިބި އެންމެ މުހިންމު އަދި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ރާމޯސް އަދި ކޯލޯ މުއާނީ ހިމެނޭކަން ފާހަގަކޮށް އެންރީކޭ ބުނީ، ކުލަބުގެ މުސްތަޤުބަލު ވެސް އޮތީ އެ ދެ ކުޅުންތެރިންނާ ގުޅިފައި ކަމަށެވެ. އެހެންކަމުން، އެ ދެ ކުޅުންތެރިން ޕީއެސްޖީ އަށް ގެނެސް، ކުޅުމުގެ ފުރުސަތު ދެވުމުން އުފާވާ ކަމުގައި ވެސް އެންރީކޭ ބުންޏެވެ.

ރާމޯސް ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 19 މެޗުން ހަތަރު ލަނޑު ޖަހައިފަ އެވެ. ކޯލޯ މުއާނީ ވަނީ ޕީއެސްޖީ އަށް 20 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީން ދެ ކުޅުންތެރިން ވެސް ހޯދީ، 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕްގައި ދެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު
08 އެޕްރީލު 2017

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ
06 އެޕްރީލު 2017

ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ

06 އެޕްރީލު 2017
ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
25 ފެބުރުއަރީ 2017

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް