Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަރުވާ ލިބުން ލަސްވި ކުއްޖަކު ނިޔާވުން

ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައުން ލަސްވި ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

ހޮނިހިރު ދުވަހު ނިޔާވެފައިވަނީ 13 އަހަރުގެ ފިރިހެން ކުއްޖެއް

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖެނުއަރީ 2024 | ހޮނިހިރު 08:47
އައިޖީއެމްއެޗް

އައިޖީއެމްއެޗް

ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައުން ލަސްވި ކުއްޖާ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ނިޔާވެފައިވަނީ 13 އަހަރުގެ ފިރިހެންކުއްޖެކެވެ. އެ ކުއްޖާ ނިޔާވެފައިވަނީ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށްށެވެ.

ގއ އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުން އެ ކުއްޖާ މާލެ ފޮނުވަން އަންގާފައި ވަނިކޮށް ކުއްޖާ މާލެ ގެނެވުނީ އޭގެ 16 ގަޑިއިރު ފަހުންނެވެ.

އެކަމާ ގުޅިގެން 18 ޖެނުއަރީ 2024 ވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ ހޮސްޕިޓަލްދޮށަށް އެއްވެ، ނުރުހުން ފާޅުކޮށްފައެވެ. ހޮސްޕިޓަލުގެ ނަން ދިނުމުން އެކަނި ނުނިމޭ ކަމަށާއި، ރަނގަޅު ޚިދުމަތެއް ލިބެންޖެހޭ ކަމަށް އެމީހުން ބުނެފައިވެއެވެ. ބައެއް އާއްމުން ބުނެފައިވާ ގޮތުގައި، ގއ އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުންނެވެ.

މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ، އަވަސް ފަރުވާ ބޭނުންވާ ހާލަތުގައި ގައުމުގައި ލިބެންހުރި ވަސީލަތްތައް ބޭނުންނުކޮށް، މިފަދަ ކަންކަން ލަސްވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. މީގެ ކުރިން މިފަދަ ހާލަތުގައި ހެލިކޮޕްޓަރު ބޭނުންކޮށްގެން ވަރަށް ގިނަ ބަލި މީހުން ވަނީ އަވަސް ފަރުވާ ލިބިފައިވާކަމަށް ސައުދު ވިދާޅުވިއެވެ.

އަވަސްފަރުވާ ހޯދުމަށް މީގެ ކުރިން އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުންކުރެއެވެ. ނަމަވެސް މިސަރުކާރު އައިފަހުން ބަލި މީހާގެ ހާލަތު ގޯސްވިނަމަވެސް އިންޑިއާގެ ހެލިކޮޕްޓަރު ބޭނުންނުކުރާ ކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު