Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިނަދޫ އެކްސިޑެންޓް

ތިނަދޫގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުން ދިއަ މީހާ ނިޔާވެއްޖެ

ތިނަދޫގައި މެއި މަހުގެ 27 ވަނަ ދުވަހު ވި އެކްސިޑެންޓެއްގައި އަނިޔާވި 31 އަހަރުގެ އަންހެން މީހާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 10 ޖުލައި 2025 | ބުރާސްފަތި 12:36
ތިނަދޫ އެކްސިޑެންޓް: މެއި މަހުގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ވަނީ ނިޔާވެފަ

ތިނަދޫ އެކްސިޑެންޓް: މެއި މަހުގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ވަނީ ނިޔާވެފަ

މި އަހަރުގެ މެއި މަހުގެ ހަތްވަނަ ދުވަހު ގދ. ތިނަދޫގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާ ނިޔާވެއްޖެ އެވެ.

މީގެ ތިން މަސް ކުރިން ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ނިޔާވެފައި ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެނިކޮށް ބުރާސްފަތި ދުވަހުގަ އެވެ.

ތިނަދޫގައި މި އެކްސިޑެންޓް ހިނގީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު، އެ ރަށު ކުރީގެ ހުކުރު މިސްކިތް ކައިރިން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން އުމުރުން 31 އަހަރުގެ ދިވެހި އަންހެން މީހާ އަށެވެ.

މި އެކްސިޑެންޓާއި ގުޅިގެން އަންހެން މިހާއަށް ބޮޑެތި ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގަ އެވެ. އޭގެ ފަހުން އިތުރު ފަރުވާ އަށް އެމަޖެންސީކޮށް މާލެ ގެނެސް، އައިޖީއެމްއެޗުގައި އެ އަންހެން މީހާއަށް ފަރުވާދޭން ފެށި އެވެ.

މި އެކްސިޓެންޑުގައި އަންހެން މީހާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

ފުލުހުން ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި އެ އަންހެން މީހާގެ ސިކުނޑީގެ އޮޕަރޭޝަނެއްވެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވަނީ ކުރެވިފައެވެ. އަދި މި އޮޕަރޭޝަނަށް ފަހު އިންފެކްޝަނެއް އުފެދުމުގެ ސަބަބުން އޭނާގެ ހާލު އިތުރަށް ސީރިއަސް ވެގެން ފަރުވާދެމުން ދިއައީ އައިސިޔޫގަ އެވެ.

އެ އަންހެން މީހާ ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެވެ. އޭނާ ނިޔާވިއިރު އުމުރުން 9 އަހަރުގެ ފިރިހެން ކުއްޖަކު ވެސް ދުނިޔޭގައި ހުރިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އައިސީޔޫގައި ފަރުވާދެމުން ދިއަ އެ އަންހެން މީހާ މިއަދު ނިޔާވެފައިވާއިރު، އޭނާގެ ކަށުނަމާދު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ އިޝާނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އެވެ.

މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާވެސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށް، މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން އޭރު ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް ފަހުން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ތިނަދޫއެކްސިޑެންޓުއައިޖީއެމްއެޗްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު