Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިންގެ ޑްރޯން ހަމަލާއެއް ރަޝިއާއަށް

ޔޫކްރެއިންގެ ޑްރޯން ހަމަލާއެއް، ރަޝިއާގެ ތެޔޮ ރައްކާކުރާ ޑިޕޯއަކަށް ދީފި

ރަޝިއާގެ ހުޅަނގުގައި ހުރި ހަތަރު ތެޔޮ ރިޒަރވަރެއްގައި ރޯކޮށްލާފައި މި ވަނީ ހަނގުރާމައަށް 2 އަހަރު ވާން ގާތްވެފައި ވަނިކޮށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 20 ޖެނުއަރީ 2024 | ހޮނިހިރު 03:24
ޔޫކްރެއިންގެ ޑްރޯންހަމަލާގެ ސަބަބުން ރަޝިއާގެ ތެޔޮ ރައްކާކުރާ ޑިޕޯއެއްގައި ރޯވެފައި

ޔޫކްރެއިންގެ ޑްރޯންހަމަލާގެ ސަބަބުން ރަޝިއާގެ ތެޔޮ ރައްކާކުރާ ޑިޕޯއެއްގައި ރޯވެފައި

ރަޝިޔާގެ ހުޅަނގުގައި ހުންނަ ތެޔޮ ރައްކާކުރާ ޑިޕޯއަކަށް ޔޫކްރެއިންގެ ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން އެ ސްޓޯރޭޖްގައި އަލިފާން ރޯވެއްޖެއެވެ.

ޔޫކްރެއިންގެ ބޯޑަރާ ގާތްގަނޑަކަށް 60 ކިލޯމީޓަރު ދުރުގައި އޮންނަ ގާތްގަނޑަކަށް 70،000 މީހުންގެ އާބާދީއެއް އޮންނަ ސިޓީއެއް ކަމަށްވާ ކްލިންޓްސީއަށް ޑްރޯން އެރުމުން  ޖުމްލަ 6،000 ކިއުބިކް މީޓަރުގެ ޖާގައިގެ ހަތަރު ތެޔޮ ރިޒަރވަރެއްގައި އަލިފާން ރޯވެފައި ވާކަމަށް، އެ ގައުމުގެ ގަވަރުނަރާއި ސްޓޭޓް ނިއުސް އެޖެންސީ ޓަސްއިން ބުނެއެވެ.

މި ހަމަލާއަކީ، މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަޝިއާގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ރަޝިއާގެ ރައްޔިތުންގެ މެދުގައި ޕޫޓިންއަށް އޮތް ސަޕޯޓް ކުޑަކުރުމުގެ ވިސްނުމުގައި، ޔޫކްރެއިނުން ރާވައިގެން ދިން ހަމަލާއެއްކަމަށް ރަޝިއާއިން ތުހުމަތުކުރެއެވެ.

މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ވީކަމެއް އަދި އެނގިފައެއް ނެތެވެ.

މި ހަމަލާ ދީފައި މި ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ، މި އަހަރު ރަޝިއާގެ ބޯޑަރު ހުރަސްކޮށް އިތުރު އަމާޒުތަކަށް ހަމަލާތަކެއް ދޭނެކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ރަޝިއާގެ ވައިގެ ދިފާއީ ބާރުތައް ހުރީ ޔޫކްރެއިންގެ ހިފާފައިވާ ސަރަހައްދުތަކުގައި ކަމަށް ކިއޭވްގެ އޮފިޝަލުން ވިދާޅުވާއިރު، ޔޫކްރެއިން ސިފައިން ދުރު ރާސްތާގެ ޑްރޯން ހަމަލާތައް ދެމުންދާތީ ރަޝިއާގެ އެތެރޭގެ ދުރު އަމާޒުތައް އިތުރަށް ނުރައްކަލަށް ހުށަހެޅިފައި ވާކަމަށް ބެލެވެއެވެ.

މި ހަމަލާ ދީފައި މި ވަނީ ޔޫކްރެއިންގެ ބޯޑަރު ކައިރީގައި އޮންނަ ބެލްގޯރޯޑް ފަދަ ރަޝިއާގެ ބައެއް ސިޓީތަކުން، ޔޫކްރެއިންގެ އާދަޔާ ޚިލާފު ޑްރޯން ހަމަލާތަކުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ހުކުރު ދުވަހު އެ ސިޓީތަކުގެ އޯތޮޑޮކްސް އެޕިފެނީ ފެސްޓިވަލްތައް ކެންސަލްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިއީ ޑްރޯންގެ ނުރައްކަލުގެ ސަބަބުން ރަޝިއާގައި އާންމުންގެ ބޮޑެތި ހަރަކާތްތައް މެދުކަނޑާލިކަން އެނގުނު ފުރަތަމަ ފަހަރެވެ.

ޔޫކްރެއިންގެ އިންޓެލިޖެންސް ސަރވިސްގެ އޮފިޝަލަކާ ހަވާލާދީ ޔޫކްރެއިންގެ ގައުމީ މީޑިއާއިން ބުނީ، ހުކުރު ދުވަހު ޔޫކްރެއިންގެ ޑްރޯންތަކުން މޮސްކޯގެ ދެކުނުން ގާތްގަނޑަކަށް 600 ކިލޯމީޓަރު ދުރުގައި އޮންނަ ޓަމްބޯވްގައި ހުންނަ ބަޑިބޭސް ގުދަނަކަށް ވެސް ހަމަލާ ދީފައިވާކަމަށެވެ.

ނަމަވެސް ޓެމްބޯވްގެ ގަވަރުނަރު މެކްސިމް ޔެގޯރޯވް ވިދާޅުވީ އެ ޕްލާންޓްގެ މަސައްކަތް ނުހުއްޓި އާދައިގެ ގޮތަކަށް ކުރިއަށްދާކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޔޫކްރެއިންގެ ޑްރޯނެއް އެ ޕްލާންޓްގެ ގޯތިތެރެއަށް ވެއްޓުނު ނަމަވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް މެޝް ނިއުސް އައުޓްލެޓުން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފައެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ސެއިންޓް ޕީޓަރސްބަރގްގެ ބޭރުގައި ޔޫކްރެއިންގެ ޑްރޯނެއް ވައްޓާލާފައި ވާކަމަށެވެ.

ޑްރޯންގެ ބައިތައް ވެއްޓުނީ އެ ސިޓީގެ ދެކުނު ފަރާތުގައި ހުންނަ ސެއިންޓް ޕީޓަރސްބަރގް އޮއިލް ޓަރމިނަލްގެ ގޯތިތެރެއަށް ކަމަށް، ޔޫކްރެއިންގެ ރަޝިއާއިން ހިފާފައިވާ ސަރަހައްދުތައް ކޯޑިނޭޓްކުރުމާ ހަވާލުވެ ހުންނެވި ލަޑިމިއާ ރޮގޯވް ވިދާޅުވިއެވެ.  ޓާމިނަލްގެ ކޯ އޯނަރު މިކާއިލް ސްކިގިން ވަނީ ޑްރޯން އަމާޒުކުރަނީ ޓާމިނަލަށް ކަން ކަށަވަރުކޮށްދީފައެވެ.

ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަރސްބަރގަކީ ޔޫކްރެއިންގެ ބޯޑަރުގެ އުތުރުން ގާތްގަނޑަކަށް 900 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ.

ބްރަޔަންސްކްގެ ރީޖަނަލް ގަވަރުނަރު އެލެގްޒެންޑާ ބޮގޯމާޒް ވިދާޅުވީ، ކްލިންޓްސީގައި ވައިގެ ދިފާއީ ބާރުތަކުން އިލެކްޓްރޯނިކްކޮށް ޑްރޯން ޖެމް ކުރިނަމަވެސް، އެ ޑްރޯންގެ އެކްސްޕްލޯސިވް ޕެލޯޑް އެ ފެސިލިޓީއަށް ވައްޓާލާފައި ވާކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިއާގެ ޓެލެގްރާމް ޗެނަލްތަކުން، ޑިޕޯގައި ރޯވި އަލިފާނުގެ ހާދިސާގެ ވީޑިއޯތައް ހިއްސާކޮށްފައިވާއިރު، އެ ކަމުގެ ސަބަބުން ކަޅުކުލައިގެ ބޯ ދުންގަނޑެއް ވަނީ އުފެދިފައެވެ.

އަލިފާންގަނޑު ނިއްވާލަން އުނދަގޫ ކަމަށާއި، އެކަމަށް ޚާއްސަ ސާމާނު ބޭނުންވާއިރު، ޑިޕޯ ކައިރީގައި ހުރި ގެތަކުން 32 މީހަކު ނެރެފައިވާކަމަށް ބޮގޯމާޒް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މެއި މަހުވެސް ޔޫކްރެއިންގެ ޑްރޯނަކުން އެ ޑިޕޯއަށް ހަމަލާ ދިންނަމަވެސް އެފަހަރު މާ ބޮޑު ގެއްލުމެއް ނުލިބޭކަމަށް ބެލެވެއެވެ.

އަނެއްކޮޅުން، ޔޫކްރެއިންގެ އިރުއުތުރު ޚަރްކިވް ސަރަހައްދުގައި ރަޝިޔާއިން ދިން ބޮމުގެ ހަމަލާތަކުގައި، އުމުރުން 57 އަހަރުގެ އަންހެނަކާއި، އެތަނުގައި ހުރި ލޭންޑް މައިނަކުން މީހަކު މަރުވެފައި ވާކަމަށް ޔޫކްރެއިންގެ ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު