Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް ހިލާލް

އަލް ހިލާލުން، ނޭމާގެ އެއްބަސްވުން އުވައެއްނުލާ!

ނޭމާއަށް އަނިޔާވުމުން ބިދޭސީ ކުޅުންތެރިއެއްގެ ގޮތުގައި ރެނާން ލޯޑީގެ ސްކޮޑް ލިސްޓުން ޖާގަ ހޯދި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2024 | ހޮނިހިރު 02:57
އަލް ހިލާލަށް ކުޅެމުން އަންނަ ނޭމާ ޖޫނިއާ

އަލް ހިލާލަށް ކުޅެމުން އަންނަ ނޭމާ ޖޫނިއާ

ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް ކުޅެމުން އަންނަ، ބްރެޒިލްގެ ނޭމާ ޖޫނިއާގެ އެއްބަސްވުން އުވާނުލާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް، ނޭމާ އަލް ހިލާލަށް ބަދަލުވީ މިދިޔަ އަހަރުއެެވެ. އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ އަލް ހިލާލަށް ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑުކުރާނެއެވެ. އަލް ހިލާލަށް ބަދަލުވިފަހުން، ނޭމާ ވަނީ އެ ކުލަބަށް ފަސް މެޗު ކުޅެދީފައެވެ.

ނަމަވެސް، ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބްރެޒިލުން އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާއަށް ވަނީ އަނިޔާވެފައެވެ. އޭގެ ފަހުން އޭނާއަށް ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުނުއިރު، އޭގެ ފަހުން ހުންނަނީ ކުޅުމާ ދުރުގައެވެ. އަނިޔާގެ ސަބަބުން، މިއަހަރު ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގައި (ކޮޕާ އެމެރިކާ) ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފައެވެ. އަދި އަލުން އޭނާއަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ލަފާ ކުރެވެނީ، މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.

އަލް ހިލާލުން ނޭމާގެ އެއްބަސްވުން އުވާލި ކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކަތައް އެ ކުލަބުން ވަނީ ދޮގުކޮށްފައެވެ. އެގޮތުން އެ ކުލަބާ ހަވާލާދީ، ސައުދީގެ މީޑިއާއެއްގައި ބުނެފައިވަނީ، ނޭމާގެ އެއްބަސްވުން އުވާނުލާ ކަމަށެވެ. ނޭމާއަށް އަނިޔާވުމުން ބިދޭސީ ކުޅުންތެރިއެއްގެ ގޮތުގައި ރެނާން ލޯޑީގެ ސްކޮޑް ލިސްޓުން ޖާގަ ހޯދީ ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް، ނޭމާގެ އެއްބަސްވުން އުވާނުލާކަމަށް ވަނީ ބުނެފައެވެ.

ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން އައި ނޭމާ 2017 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގަކަށެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ފަހުން ނޭމާ އަށް އެ ކުލަބުގައި އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކެއެވެ. އެ ކުލަބަށް ބަދަލުވިފަހުން ނޭމާއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިފައެވެ. އެންމެ ފަހުން މިދިޔަ ސީޒަނުގެ ފެބްރުއަރީ މަހު ނޭމާއަށް ވަނީ އަނިޔާވެފައެވެ. އެއާއެކު އޭނާ ސާޖަރީއެއް ކުރަން ޖެހުނުއިރު، ސީޒަންގެ ބާކީބައި އެއްކޮށް ވަނީ ގެއްލިފައެވެ. އެ ފަހަރު ނޭމާ ވަނީ ފައިގެ ކުޑަހުޅުގެ ސާޖަރީއެއް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު