Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން

ހަނގުރާމައަށްފަހު ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމާ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ފާޅުގައި ދެކޮޅު

ހަނގުރާމައަށްފަހު އެމެރިކާގެ ބަސްއަހާ ސަރުކާރެއް ފަލަސްތީނުގައި ޤާއިމު ކުރުމަށް ވައިޓްހައުސްއިން ދަނީ މަސައްކަތް ކުރަމުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2024 | ހުކުރު 12:12
އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ

އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ

އިސްރާއީލާއި ހަމާސްއާދެމެދު މިހާރު ކުރިޔަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް "ދެ ދައުލަތުގެ ހައްލެއް" ހޯދުމަށް އެމެރިކާ އާއި އެހެނިހެން ގައުމުތަކުން ޒަމާނުއްސުރެ ދެމިއޮތް ވިސްނުން އަލުން ދިރުވައި އިސްރާއީލަށް އެކިފަރާތްތަކުން ދަނީ އެކަމަށް ބާރު އަޅަމުންނެވެ.

އެހެންނަމަވެސް ހަނގުރާމައަށް ފަހު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ފިޔަވަޅު އެޅުމަށާއި ޣައްޒާގައި އެގައުމުގެ އަސްކަރީ ހަމަލާތައް ކުޑަކުރުމަށް އެމެރިކާއިން ގޮވާލި ގޮވާލުންތަކަށް އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވަނީ ފާޅުގައި ދެކޮޅު ހައްދަވާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ މި ވާހަކަތަކަށް ވައިޓް ހައުސްއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ނަތަންޔާހޫގެ ބޮޑާކަމާއި، ހަރުކަށި ފިކުރުގެ ސަބަބުން ވަށާލާފައިވާ އެންކްލޭވްގެ މުސްތަގުބަލަށް ރާވާފައިވާ ރޭވުންތަކާ މެދު އުފެދިފައިވާ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

ވޮޝިންޓަންގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވި ގޮތުގައި ނަތަންޔާހޫގެ ވިސްނުން އެހެން ހުރުމުން މެދުއިރުމަތީގެ ސުލުހަ ޤާއިމް ކުރުމަށްވަނީ އިތުރު ހުރަސްތަކެއް މެދުރިވެފައެވެ.

ނަތަންޔާހޫ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަގެއް ނެތި އިސްރާއީލަށް ދުވަހަކުވެސް "ހަގީގީ ސަލާމަތެއް" ނޯންނާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެފައިވަނިކޮށެވެ.

ވައިޓް ހައުސްއިން ވެސް ވަނީ މިއީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ނުރައްކާތެރި އަސްކަރީ ހަމަލާތައް ހުއްޓާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ބުނެފައެވެ.

ނަތަންޔާހޫ ޓީވީ މެދުވެރިކޮށް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ ހަމާސް ހަލާކުކޮށް، ހަނގުރާމަވެރި ޖަމާއަތުގެ ބެލުމުގެ ދަށުގައި ބާކީ ތިބި އިސްރާއީލްގެ އެންމެން އަނބުރާ ގައުމަށް ގެނެސްގެން ނޫނީ އިސްރާއީލުން ހަމަލާދިނުން ހުއްޓާނުލާނެ ކަމަށެވެ.

އަދި އެ ލަނޑުދަނޑިތަކަކީ ހާސިލްކުރެވޭނެ ލަނޑުދަނޑިތަކެއް ނޫން ކަމަށް އިސްރާއީލަށް ފާޑުކިޔާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައި، ހަނގުރާމަ އެތައް މަހެއް ވަންދެން ކުރިއަށް ގެންދިއުމަށް ނަތަންޔާހޫ ވައުދުވެވަޑައިގެންނެވިއެވެ. ނަތަންޔާހޫ ވިދާޅުވީ ފުރިހަމަ ކާމިޔާބީއަކަށް ވުރެ ކުޑަ އެއްވެސް ކަމަކުން މައްސަލަ ހަމައަކަށް ނޭޅޭނެ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހު ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލިއެވެ. އެމުއްދަތުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިން ވަނީ ހަމާސްއިން މިނިވަން ކޮށްފައެވެ. އޭގެ ފަހުން ހަމާސްއިން ބުނީ އިސްރާއީލުން އަސްކަރީ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު އިތުރު ރަހީނުން ދޫކޮށްނުލާނެ ކަމަށެވެ.

ހަނގުރާމައިގެ ކުރީކޮޅު އިސްރާއީލަށް އެންމެ ފުރަތަމަ ވޯލް ޓު ވޯލް ސަޕޯޓް ދިނުމަށްފަހު އެމެރިކާއިން ވަނީ ޝައްކުތައް ފާޅުކުރަން ފަށައި، ހަނގުރާމައަށްފަހު ޣައްޒާއެއް ޤާއިމުކުރުމަށް ނަތަންޔާހޫ ގެންގުޅުއްވާ ތަޞައްވުރު ބަޔާންކޮށްދެއްވުމަށް އެދިފައެވެ.

ވޮޝިންޓަނަކީ އަދިވެސް އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާއިރު، އެ ގައުމަށް އަސްކަރީ ގޮތުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން މިފުރުޞަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.  

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސެމީ އޮޓޮނޮމިސް ޒޯންތައް ހިންގާ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ފަލަސްތީނު އޮތޯރިޓީ "އަލުން ދިރުވައި" ޣައްޒާއަށް އެނބުރި ދާން  ޖެހޭ ކަމަށް އެމެރިކާއިން ބުނެއެވެ. ޣައްޒާގެ ވެރިކަމަށް ހަމާސް އައިސް ޣައްޒާއިން އިން އެ ބާރު ބޭރުކޮށްލީ 2007 ވަނަ އަހަރުއެވެ.

ފަލަސްތީނުގައި ކުރިންއޮތް ފަލަސްޠީނުގެ އޮތޯރިޓީއަކީ ފަލަސްޠީނުގެ މީހުން ނުރުހޭ، ނާޤާބިލު، ފަސާދަވެރި އަދި އެމެރިކާގެ ގޮޑިކޮއްކޮ ސަރުކާރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ފަލަސްތީނުން އެމީހުންގެ ދައުލަތަށް ޓަކައި ޣައްޒާއާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ހޯދަން ބޭނުންވެއެވެ. އެ ސަރަހައްދުތައް އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރުއެވެ.

އިސްރާއީލުގެ ތާރީހުގައި ވެސް އެންމެ ހަރުކަށި ފިކުރުގެ ސަރުކާރެއްގައި އިސްކޮށް ހުންނެވި ނަތަންޔާހޫ ވަނީ ދެ ދައުލަތުގެ ހައްލަކަށް އިންކާރު ކުރައްވައި ފަލަސްތީނުގައި އުފެދޭ މިނިވަން ދައުލަތެއް، އިސްރާއީލަށް ހަމަލާދޭ ލޯންޗިން ޕެޑަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ނަތަންޔާހޫގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ހަނގުރާމައަށްފަހު ދިމާވާ ކަންކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކުން ލަސްކުރައްވަނީ ސަރުކާރުގެ ނާކާމިޔާބީގެ ތަހުގީގަށް ހުރަސް އެޅުމަށާއި، ކޯލިޝަން ދެމެހެއްޓުމަށާއި، އިންތިހާބުތައް މެދުކަނޑާލުމަށެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި އޭނާގެ މައްޗަށް ޝަރީއަތް ހިނގަމުންދާ ނަތަންޔާހޫގެ މަގުބޫލުކަން ހަނގުރާމައިގެ ތެރޭގައި ދަށަށް ގޮސްފައިވާ ކަމަށް ޕޯލްތަކުން ދައްކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޕްރެސް" ޖެކެޓް އަޅައިގެންވެސް ފަލަސްތީނުގެ ބިމުގައި ނޫސްވެރިޔާއަށް ލިބުނު ހިމާޔަތެއް ނެތް

"ޕްރެސް" ޖެކެޓް އަޅައިގެންވެސް ފަލަސްތީނުގެ ބިމުގައި ނޫސްވެރިޔާއަށް ލިބުނު ހިމާޔަތެއް ނެތް

12 މެއި 2022
ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުން: ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕަށް ދިމާވި އެންމެ އަނދިރި ވަގުތު

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުން: ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕަށް ދިމާވި އެންމެ އަނދިރި ވަގުތު

24 ފެބުރުއަރީ 2022
ފަލަސްތީނުގެ ކެކުޅުން، އާމިރު ސަލީމްގެ ޤަލަމުން

ފަލަސްތީނުގެ ކެކުޅުން، އާމިރު ސަލީމްގެ ޤަލަމުން

22 މެއި 2021
ފަލަސްތީނުގެ ހައްގުތައް އަދާކުރުމަށް ގޮވާލާ ގަރާރުތަކުގެ އަދަދެއްވެސް ނެތެވެ.

ފަލަސްތީނުގެ ހައްގުތައް އަދާކުރުމަށް ގޮވާލާ ގަރާރުތަކުގެ އަދަދެއްވެސް ނެތެވެ.

19 މެއި 2021
ފަލަސްތީނުގެ ގާޒާއަކީ ކޮންތަނެއް؟

ފަލަސްތީނުގެ ގާޒާއަކީ ކޮންތަނެއް؟

19 މެއި 2021

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު