Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި އެތެރެ ކުރުން

ޑްރަގް އެތެރެކުރުމުގެ ތަހުމަތުގައި ހައްޔަރުކުރި ދެމަފިރިން: ލަގެޖުން 994 ގްރާމުގެ މަސްތުވާތަކެތި އަދި އަތްދަބަހުން 1751 ޑޮލަރު ފެނުނު

ދެމީހުންވެސް 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޖެނުއަރީ 2024 | ހުކުރު 06:13
މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ ދެމީހުން އައީ ރާއްޖެއިން ބޭރުން

މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ ދެމީހުން އައީ ރާއްޖެއިން ބޭރުން

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމަފިރިންގެ ލަގެޖުން 990 ގްރާމުގެ މަސްތުވާތަކެތި އަދި އަތްދަބަހުން 1751 ޑޮލަރު ފެނުނު ކަމަަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ މި ދެމީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި، 20 އަހަރުގެ އަންހެނެކެވެ.

Advertisement - newsAdvertisement

އެމީހުންގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ކުށުގެ ތުހުމަތެވެ. އެ ދެމީހުންވެސް 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އެމީހުންގެ ބަންދުގެ މުއްދަތު 18 ޖެނުއަރީގައި ހަމަވެގެން އިތުރު 15 ދުވަސް ވަނީ ބުރާސްފަތި ދުވަހު ދީފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އެމީހުން ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވެއެވެ. އެގޮތުން އެމީހުން ވައިގެ މަގުން ރާއްޖެއަށް އައިއިރު ގެނައި ލަގެޖު ފޮށިން ތަފާތު ބާވަތްތަކުގެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ކޯޓު އަމުރުގައި ބުނެއެވެ.

އެމީހުންގެ ފަރާތުން ބުނެފައިވަނީ އެއީ އެހެން މީހަކު ބުނެގެން ގެނައި ލަގެޖެއް ކަމަށެވެ. ނަމަވެސް އެ ލަގެޖުގެ ތެރެއިން އެ ދެމީހުންގެ އަންނައުނުވެސް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެއެވެ.

އެ ދެމީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ސީއޯސީ، ޓީއެޗްސީ، އަދި ބެންޒޯއަށް ޕޮޒިޓިވްކަމަށްވެސް ކޯޓު އަމުރުގައި ބުނެއެވެ. މިއީ އިތުރު ބައެއްގެ ބައިވެރިވުން ހިމެނޭ ކަމެއްކަމަށްވެސް ތުހުމަތު ކުރެވޭކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހު އޮތް އަޑުއެހުމުގައި އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާގެ ލަޖެގްގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށް ބުނެފައެވެ. އަދި އެ އަންހެން މީހާގެ އަތްދަބަހުގެ ތެރެއިން 1751 ޔޫއެސް ޑޮލަރު ފެނިފައިވެއެވެ. އަންހެން މީހާ ވަނީ އޭނާގެ ބަންދަށް ލުއި ގޮތެއް ހަދައިދިނުމަށް އެދިފައެވެ.

އަދި ލަގޭޖުނެ ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 994 ގްރާމް ހުރި އިރު، އެތަކެތި މެޓަމްފެޓަމިން ރެސިމޭޓަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ތަކެތި ހުރީ 6 ޕެކެޓެއްގައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު