Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީހަކު ރަހީނުކުރި މައްސަލަ

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ދައުވާއުފުލި މީހުންގެ ޝަރީއަތް ފަށައިފި

15 އޯގަސްޓު 2025 | ހުކުރު 08:11

ޖިސްމާނީގޮތުން ބޮޑެތި އަނިޔާތައްދީ އޭނާގެ ވާތު ކުޑަވައި ބުރިކޮށްލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 އޯގަސްޓު 2025 | ހުކުރު 08:11
މީހަކު ރަހީނުކޮށް މަސްތުވާތަކެތީގެ ވިޔަފާރި އޭނާ ލައްވާ ކުރުވި މައްސަލައިގައި ހައްޔަރުކުރި 5 މީހުން

މީހަކު ރަހީނުކޮށް މަސްތުވާތަކެތީގެ ވިޔަފާރި އޭނާ ލައްވާ ކުރުވި މައްސަލައިގައި ހައްޔަރުކުރި 5 މީހުން

މީހަކު ރަހީނުކޮށް އޭނާލައްވާ މަސްތުވާތަކެތި ވިއްކާ އިނގިލި ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރި އެމްއެންޑީއެފްގެ ދެ އޮފިސަރުންނާއި 3 ކުޑަކުދިން ހިމެނޭ މައްސަލައިގެ ޝަރީއަތް ފަށައިފިއެވެ.

2024 މެއި 25 ވަނަ ދުވަހުން ފެށިގެން 2024 ޖޫން 25 ވަނަ ދުވަހާއި ހަމައަށް މަލޭގެ ގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި، އޭނާއަށް ބިރުދައްކައި އޭނާއަށް މަޖުބޫރުކުރުވައިގެން އޭނާލައްވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި، އޭނާއާއި މެދު މާރާމާރީ ހިންގައި، އޭނާއަށް ޖިސްމާނީގޮތުން ބޮޑެތި އަނިޔާތައްދީ އޭނާގެ ވާތު ކުޑަވައި ބުރިކޮށްލާފައިވެއެވެ. މި މައްސަލައިގައި އަނިޔާ ލިބިފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

Advertisement - newsAdvertisement

ޝިފާއު ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

  • ރ. ކަނދޮޅުދޫ، މެހުރާ - އަލީ ސާމީ 24އ
  • ގދ. ގައްދޫ، ހުދުވެލި - އަހުމަދު ސާއިފް ވަހީދު 18އ
  • ތ. ތިމަރަފުށި، އުތުރުގެ އާގެ - މުހައްމަދު ނައުޝާން ހުސައިން 21އ
  • ކ. މާފުށި، ފުލްމޫން - މުހައްމަދު ނަފާހު 23އ (އެމްއެންޑީއެފް ވަޒީފާގައި)
  • ލ. ގަން، ތުނޑި/ލިންކް - އަހުމަދު ޒަޔާން 24އ (އެމްއެންޑީއެފް ވަޒީފާގައި)

މި 5 މީހުންގެ ތެރެއިން 4 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު ނަފާހު ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލައިގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ 3 ކުދިން ބައިވެރިވެފައިވެއެވެ. މި މައްސަލައިގައި ހިމެނޭ މުހައްމަދު ނަފާހުއާއި ޒަޔާން އަކީ އެމްއެންޑީއެފްގެ ވަޒީފާ އަދާކުރަމުންދާ ދެމީހުންނެވެ.

މައްސަލައިގައި ތުހުމަތުގައި ހިމެނޭ ސާމީ، ސައިފް އަދި ނައުޝާން އަކީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ މީހުން ކަމަށާއި، އަނެއް ދެމީހުންނަކީ ކުށުގެ ވެށީގައި އުޅޭ މީހުންނެވެ.

މި މައްސަލައިގެ ޝަރީއަތް ފެށީ ބުރާސްފަތި ދުވަހުއެވެ. ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ މި މީހުން ކުރި އަނިޔާތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ. އެގޮތުން އެހީއަށް ބޭނުންވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދީ ހިފެހެއްޓުމާއި، ޕަވަރ ޓޫލްއެއް ބޭނުންކޮށްގެން އިނގިލި ބުރިކޮށްލުން ހިމެނެއެވެ. އެީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ވައަތު ކުޑަވާ އިނގިލީގެ 2 ވަނަ ބަނދައިން ފެށިގެން ބުރިކޮށްލާފައިވުމެވެ. އަދި އެމީހާގެ ވައަތު ލޯމަތީގައި ޖަހާ މާރާމާރީ ހިންގުމާއި، ހަށިގަނޑުގެ އެކިތަންތަނުގައި އަލިފާން ޖެއްސުމާއި، ތަޅާ އަނިޔާކުރުމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ދައުވާ އުފުލާފައިވާ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. އަދި އަނިޔާ ލިބުނު މީހާ ފުރަތަމަ ހެއްކެއްގެ ގޮތުގައި ހާޒިރުކުރުމަށް އެދިފައިވާ އިރު މި މީހުންގެ ތެރެއިން އެކަކު ވަނީ އޭނާގެ ލޯބިވެރިޔާ ދިފާއި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ. ދެން އޮންނަ އަޑު އެހުމެއްގައި ދައުލަތުގެ ހެކިން ހާޒިރުކުރާނެއެވެ.

ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައިވަނީ މި މައްސަލައަކީ މަސްތުވާތަކެތީގެ މުއާމަލާތްތަކާއި ގުޅިގެން ހިންގާފައިވާ ކަމެއް ކަމާއި، އަދި އަނިޔާ ލިބުނު ފަރާތް މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެޕާޓްމަންޓުން މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް