Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބު ވެލެންސިއާ

ޗެއަރމަން އަށް ނާންގާ ވެލެންސިޔާއިން ބޭއްވި ހިންގާ ކޮމިޓީ ބައްދަލުވުމަށް ދިން ދައުވަތު ކޮމިޝަނަރު ގަބޫލެއް ނުކުރި

ބައްދަލުވުމުގައި ބައިވެރިވި ފަސް މެމްބަރުން ވެސް ވަނީ ވޯޓުގައި ބައިވެރިވެ، އިތުބާރު ނެތް ކަމަށް ވޯޓު ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2024 | ހުކުރު 06:25
ބުރާސްފަތި ދުވަހުގެ ރޭ، އެފްއޭއެމްގެ ހައުސްގައި ބޭއްވި ކުލަބު ވެލެންސިއާގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން

ބުރާސްފަތި ދުވަހުގެ ރޭ، އެފްއޭއެމްގެ ހައުސްގައި ބޭއްވި ކުލަބު ވެލެންސިއާގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން

މައްސަލަ ބޮޑުވެ، ދެ ފަޅިވެފައިވާ ކުލަބު ވެލެންސިއާގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހައުސްގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަކީ، ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް (ޠަލާ) އަށް ދަޢުވަތު ދީގެން ބާއްވަން ނިންމި ބައްދަލުވުމެވެ. ބައްދަލުވުން ބޭއްވުމުގައި އިސްކޮށް ޙަރަކާތްތެރިވީ ކުލަބު ވެލެންސިއާގެ ޑައިރެކްޓަރ އޮފް ފައިނޭންސް ޙަސަން ވަޙީދު (ދޮނާ) އެވެ. ނަމަވެސް، އެ ބައްދަލުވުމަށް ކޮމިޝަނަރު އަދި ކޮމިޝަނަރުގެ އޮފީހުން ވެސް ބައިވެރިވެފައެއް ނުވެ އެވެ.

ބައްދަލުވުން ފައްޓަވަމުން ރިޔާސަތުގައި އިންނެވި ކުލަބު ވެލެންސިއާގެ ނައިބު ރައީސް، އިލްމާއު ޙުސެއިން އިބްރާހީމް ވިދާޅުވީ، އެ ބައްދަލުވުމަކީ ކުލަބުގެ ޗެއާމަން ޢަބްދުﷲ އަޒްމީނާ ދެކޮޅަށް ބޯޑު މެމްބަރު ޙަސަން ވަޙީދު (ދޮނާ) ހުށަހަޅުއްވާފައިވާ މައްސަލަ އަށް ބަޙުސްކޮށް، ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަމުން ދޮނާ ބުނީ، އަޒްމީންގެ އިތުރުން ކުލަބުގެ ބޯޑު މެމްބަރު މުޙައްމަދު ރާފިއުގެ އިތުބާރު ނެތް ކަމަށެވެ. ފަސް މެމްބަރުން ބައިވެރިވި މި ބައްދަލުވުމުގައި ވަނީ އެކަމަށް ވޯޓަށް އަހައިފަ އެވެ. ބައްދަލުވުމުގައި ބައިވެރިވި ފަސް މެމްބަރުން ވެސް ވަނީ ވޯޓުގައި ބައިވެރިވެ، އިތުބާރު ނެތް ކަމަށް ވޯޓު ދީފަ އެވެ.

މައު އަދި ދޮނާގެ އިތުރުން ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންނަކީ، އަލީ މަމްދޫހު، ޔޫސުފް ރަމީޒް އަދި މިސްބާހު މުޙައްމަދު އެވެ. ވެލެންސިއާގެ ހިންގާ ކޮމެޓީގައި ދެން ހިމެނޭ ތިން މެމްބަރުންނަކީ އަޒްމީން އަދި ރާފއުގެ އިތުރުން، އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ.

މީގެ އިތުރުން ކުލަބުގެ އައު އިންތިޚާބެއް ބޭއްވުނުކަމަށް ބުނެ، ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް ޞައްޙަ ނޫން ލިޔުންތަކެއް ހުށަހަޅާފައިވާކަމުގެ މަޢުލޫމާތު ލިބޭތީވެ، އެ މައްސަލަ ބަލައި ދިނުމަށް ސްޕޯޓްސް ކައުންސިލަށް ހުށަހެޅުމަށް ވެސް ވޯޓަށް އެހި އެވެ. ބައްދަލުވުމުގައި ބައިވެރިވި ފަސް މެމްބަރުން ވެސް ވަނީ އެކަމާ އެއް ކޮޅަށް ވޯޓު ދީފަ އެވެ. އެ ބައްދަލުވުމުގައި ދެން ނިންމީ، ވެލެންސިއާގާ ހިންގާ ކޮމެޓީގެ އިންތިޚާބެއް އަވަސް މުއްދަތެއްގެ ތެރޭގައި ބޭއްވުމަށެވެ.

މިއީ ވެލެންސިއާގެ ހިންގާ ކޮމެޓީން، އަޒްމީންގެ އިތުބާރު ނެތް ކަމަށް ފާސްކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ވެސް ވަނީ އަޒްމީންގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފަ އެވެ. ނަމަވެސް، އެ ބައްދަލުވުމަކީ ކުލަބުގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތީން، އިޖުރާއަތްތައް ފުރިހަމަވެގެން ކުރިއަށް ގެންދެވިފައިވާ ބައްދަލުވުމެއްގެ ގޮތުގައި ބެލެވެން ނެތް ކަަމަށް ކޮމިޝަނަރު ވަނީ ބުނެފަ އެވެ.

ހަމައެހެންމެ، ކުލަބު ވެލެންސިއާގެ ހިންގާ ޤަވާއިދުގައިވާ ގޮތުން، ކުލަބުގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމުގެ އެންމެހައި ބާރުތަކެއް ލިބިގެން ވަނީ، އެ މަޤާމުތަަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ކުލަބުގެ އާންމު ޖަލްސާއެއްގައި ބައިވެރިވާަ މެމްބަރުންނަށްކަން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން، ކުލަބުގެ ޗެއާމަން ނުވަތަ ބޯޑު މެމްބަރަކު މަޤާމުން ވަކި ކުރުމުގެ ބާރު ވެސް އޮންނާނީ އެކަމަށްޓަކައި ބާއްވާ އާންމު ޖަލްސާގައި ބައިވެރިވާ މެމްބަރުންނަށް ކަމަށް ވަނީ ބުނެފަ އެވެ. އެފަހަރު ކޮމިޝަނަރު ވަނީ ވެލެންސިއާގެ ޗެއާމަނަކީ އަޒްމީންކަމަށް، އެފްއޭއެމަށް ވެސް އަންގައިފަ އެވެ.

މި މަހުގެ ފަހު ކޮޅު ބާއްވަން މަސައްކަތް ކުރަމުން އަންނަ އެފްއޭއެމްގެ އިންތިޚާބާ ދިމާކޮށް، ވެލެންސިއާގެ އެތެރޭގައި މައްސަލަ ބޮޑުވެފައިވާއިރު، ވެލެންސިއާ އިން އެންމެ ފުރަތަމަ ތާއީދު ކުރަން ނިންމީ، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަަދު ޠާރިޤް (ޓޮމް) އަށެވެ. ނަމަވެސް، ފަހުން ވެެލެންސިއާގެ ތާއީދު ސިޓީ، ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ޙާޝިމް (މުފާ) އަތުގައި ވެސް އޮތެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީން ނިންމީ، ވެެލެންސިއާ އިން ދެ ކެންޑިޑޭޓުންނަށް ވެސް ދީފައި ވަނީ ޞައްޙަ ދެ ލިޔުން ކަމަށެވެ. ނަމަވެސް، އެއް ކުލަަބަކަށް ދެ ކެންޑިޑޭޓުންނަށް ތާއީދު ނުދެވޭތީ، ވެލެންސިއާގެ ދެ ސިޓީ ވެސް ވަނީ ބާތިލްކޮށްފަ އެވެ. އެއާއެކު ކޮމެޓީން ނިންމީ، ޓޮމްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. ނަމަވެސް ޓޮމްގެ ފަރާތުން ވަނީ އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ. އެފްއޭއެމްގައި އެޕީލް ކޮމެޓީއެއް ނެތުމުން، އެ މައްސަލަ މިހާރު އޮތީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނެޓްބޯލް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ އިންތިޙާބުކޮށްފި

ނެޓްބޯލް އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީ އިންތިޙާބުކޮށްފި

31 މާރިޗު 2019
ނެޓްބޯލް އެސޯސިއޭޝަންގެ އާ ހިންގާ ކޮމިޓީ މާރޗް މަހު އެކުލަވާލާނެ: ނޯމަލައިޒޭޝަން ކޮމިޓީ

ނެޓްބޯލް އެސޯސިއޭޝަންގެ އާ ހިންގާ ކޮމިޓީ މާރޗް މަހު އެކުލަވާލާނެ: ނޯމަލައިޒޭޝަން ކޮމިޓީ

05 މާރިޗު 2019
ކެރަމް އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިހާބުވެއްޖެ

ކެރަމް އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިހާބުވެއްޖެ

22 ފެބުރުއަރީ 2019
އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ކޮކީ، މުފާ އަދި ހާނިމް އައްޔަންކޮށްފި

އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ކޮކީ، މުފާ އަދި ހާނިމް އައްޔަންކޮށްފި

14 ޖެނުއަރީ 2019
އެފްއޭކަޕް ވެސް ނު ބޭއްވިދާނެ ކަމުގެ ބިރު އެބަ އޮތް: ބައްސާމް

އެފްއޭކަޕް ވެސް ނު ބޭއްވިދާނެ ކަމުގެ ބިރު އެބަ އޮތް: ބައްސާމް

08 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު