Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުން އީރާނަށް ހަމަލާދިނުން

ޕާކިސްތާނުން އީރާނާ ދެކޮޅަށް ރައްދުގައި ވައިގެ ހަމަލާތަކެއް ދީފި

18 ޖެނުއަރީ 2024 | ބުރާސްފަތި 12:46

އިސްރާއީލާއި ހަމާސް ހަނގުރާމައިގެ ސަބަބުން މިހާރުވެސް ނުތަނަވަސްވެފައިވާ މެދުއިރުމަތީގައި ސަރަހައްދީ ހަމަނުޖެހުންތަކުގެ ބިރުވެރިކަން ދަނީ އިތުރުވަމުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 18 ޖެނުއަރީ 2024 | ބުރާސްފަތި 12:46
ޕާކިސްތާނުން ބުނީ ތެހެރާނަށް ދިން ހަމަލާތަކަކީ ރައްދުގައި ދިން ހަމަލާތަކެއް ކަމަށް

ޕާކިސްތާނުން ބުނީ ތެހެރާނަށް ދިން ހަމަލާތަކަކީ ރައްދުގައި ދިން ހަމަލާތަކެއް ކަމަށް

ޕާކިސްތާނުން އީރާނާ ދެކޮޅަށް ރައްދުގައި ވައިގެ ހަމަލާތަކެއް ދީފިއެވެ.

ޕާކިސްތާނުން އީރާނާ ދެކޮޅަށް ބަދަލުހިފުމުގެ ވައިގެ ހަމަލާތައް ދޭން ފަށާފައި މިވަނީ ތެހެރާނުން ޕާކިސްތާނުގެ ބިމަށް އެފަދަ ހަމަލާއެއް ދިންތާ ދެ ދުވަސް ފަހުންނެވެ.

ޕާކިސްތާނުގެ ބޯޑަރު އޮންނަ އީރާނުގެ ދެކުނުއިރުމަތީ ސިސްތާން-ބަލޫޗިސްތާން ޕްރޮވިންސްގައި ދިން މި ހަމަލާގައި ހަތް މީހަކު ވަނީ މަރުވެފައެވެ.

ޕާކިސްތާނުން ބުނީ އެ ހަމަލާގައި "ޓެރަރިސްޓުންގެ ތަންތަނަށް" ހަމަލާ ދީފައިވާކަމަށާއި، އެކަމުގެ ސަބަބުން ނިއުކްލިއަރ ހަތިޔާރު ލިބިފައިވާ ދެ ގައުމުގެ މެދުގައި މިހާރުވެސް އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެފައި ވާކަމަށެވެ.

ތެހެރާނުންވެސް ވަނީ އަންގާރަ ދުވަހު ދިން ހަމަލާއަކީ ޓެރަރިސްޓް ޖަމާއަތްތަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ބުނެފައެވެ.

ދެ ގައުމުން ވެސް ޒަމާނުއްސުރެ ތުހުމަތުކުރަމުން އައީ އެ ދެ ގައުމުގެ ހިއްސާވާ ބޯޑަރު ސަރަހައްދުން ހަމަލާދޭ ހަނގުރާމަވެރި ޖަމާއަތްތަކަށް ހިމާޔަތް ދޭކަމަށެވެ.

ޕާކިސްތާނުގެ ރައްދު ހަމަލާތައް ދީފައި މި ވަނީ އިސްރާއީލުން ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގައި ހަމަނުޖެހުންތައް ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އިރާގާއި ސީރިއާއަށް ވެސް ވައިގެ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކާ ގުޅިގެން، އިރާގުން ވަނީ އިރާނުގައި ހުންނަވާ ސަފީރު އަނބުރާ ގައުމަށް ގެނެސްފައެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުރާސްފަތި ދުވަހު ދިން ހަމަލާ ސިފަކޮށްފައިވަނީ "ވަރަށް ކޯޑިނޭޓެޑް، އަދި ވަކިން ޚާއްސަކޮށް ރޭވިގެން ދިން އަސްކަރީ ހަމަލާތަކެއް"ގެ ގޮތުގައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހެނދުނުގެ މި ފިޔަވަޅަކީ ޓެރަރިޒަމްގެ ބޮޑެތި ހަރަކާތްތައް ހިންގަން އުޅޭކަމަށް އިތުބާރުހުރި ގޮތެއްގައި އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މި އަމަލަކީ ހުރިހާ ނުރައްކަލަކުން ވެސް ޕާކިސްތާނުގެ ގައުމީ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކޮށް، ދިފާއުކުރުމަށް ޕާކިސްތާނުން ކެނޑިނޭޅި އަޒުމް ކަނޑައެޅުމުގެ އަމަލެއް ކަމަށެވެ.

އީރާނުގެ އޮފިޝަލުން ބުނީ އެ ހާދިސާގައި މަރުވެފައިވަނީ ތިން އަންހެނަކާއި ހަތަރު ކުޑަކުދިން ކަމަށެވެ.

އީރާނާއި ޕާކިސްތާނުގައި ހަނގުރާމަވެރި ގިނަ ޖަމާއަތްތަކެއް ހަރަކާތްތެރިވަމުން އަންނައިރު، އޭގެ ތެރޭގައި ޖައިޝް އަލް އަދްލް ސުންނީ، ވަކިވެގަތް ޖަމާއަތް ވެސް ހިމެނެއެވެ.

އަފްޣާނިސްތާނާއި އީރާނާއި ޕާކިސްތާނުގެ ބަލޫޗް ނަސްލުގެ ސަރަހައްދުތަކަށް، މިނިވަން ބަލޫޗިސްތާނެއް ގެނައުމުގެ އެއް އަމާޒެއް އެ އެންމެންގެ ވެސް އެބައޮތެވެ.

ޕާކިސްތާނުން ތެހެރާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބުދަ ދުވަހު އަނބުރާ ފޮނުވާލީ މީގެ ދެ ދުވަސް ކުރިން ޕާކިސްތާނުގެ ހުޅަނގު ދެކުނު ބަލޫޗިސްތާން ޕްރޮވިންސަށް އީރާނުން ހަމަލާ ދިނުމުންނެވެ.

އީރާނުން ބުނެފައި ވަނީ އެ ގައުމުން ހަމަލާ ދީފައިވަނީ ހަނގުރާމަވެރި ސުންނީ ވަކިވެގަތް ޖަމާއަތެއްގެ މަރުކަޒުތަކަށެވެ.

ޕާކިސްތާނުން ވަނީ އެ ހަމަލާއަކީ އެގައުމުގެ ވައިގެ ސަރަހައްދަށް ދިން ގަވައިދާ ޚިލާފު ހަމަލާއެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށް ދެ ކުއްޖަކު މަރާލާފައިވާކަމަށް ބުނެފައެވެ.

އީރާނާއި ޕާކިސްތާނަކީ 900 ކިލޯމީޓަރު (560 މޭލު)ގެ ބޯޑަރެއް އޮންނަ ދެ ގައުމެވެ. އަދި އަފްޣާނިސްތާނުން ނުކުންނަ ދުނިޔޭގެ އަފީމް ޝިޕްމަންޓްތަކަށް ވެސް މި މަގަކީ މުހިންމު މަގެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް