Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުދިން ފޮސްޓަރ ކުރުން

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، ވަގުތީގޮތުން ފޮސްޓަރ ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި

ކުއްޖާގެ އުމުރުން 18 އަހަރު ހަމަވުމާ ހަމައަށް ގާނޫނީ ބެލެނިވެރިކަން ހަވާލުކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2024 | ބުދަ 12:07
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، ވަގުތީ ގޮތުން ފޮސްޓަރ ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން މައުލޫމާތު ދިންގޮތުގައި، ތަފާތު އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނެވެނީ ވަގުތީގޮތުންނެވެ. ނަމަވެސް، އެކި ސަބަބުތަކާހުރެ އެކުދިންގެ އުފަން އާއިލާތަކަށް އަނބުރާ ނުފޮނުވި، މަރުކަޒު ކުރެވުނު ނަމަވެސް، އެ ކުދިންނަށް އާއިލީ ލޯތްބާއި އަޅާލުން ހޯދައިދިނުމުގެ ގޮތުން އެ ކުއްޖާގެ އުފަން އާއިލާ ނޫން އެހެން ފަރާތްތަކާ ހަވާލުކުރުމުގެ ނިޒާމު ނުވަތަ ފޮސްޓަރ ކުރުމުގެ ނިޒާމު ވުޒާރާއިން ވަނީ ގާއިމްކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން، މިހާރުވެސް ދާއިމީ ފޯސްޓަރިންގގެ ތެރެއިން، ކުއްޖާގެ އުމުރުން 18 އަހަރު ހަމަވުމާ ހަމައަށް ގާނޫނީ ބެލެނިވެރިކަން ހަވާލުކުރެވެއެވެ. އަދި ވަގުތީގޮތުން ފޮސްޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި، 18 އަހަރުން ދަށުގެ 169 ކުދިން މަރުކަޒު ކުރެވިފައި އެބަތިއްބެވެ. މި ކުދިން އަނބުރާ އާއިލާއަށް ފޮނުވުމަށް ނުވަތަ އާއިލީ ދިރިއުޅުމެއް އެކުދިންނަށް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ވަގުތީގޮތުން ފޮސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ވެސް އެ ބޭނުމަށް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ވަގުތީ ގޮތުން ފޮސްޓަރ ކުރުމަކީ، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތަކާ ހަވާލުކުރުމެވެ. އެގޮތަށް ހަވާލުކުރެވޭ އެންމެ ކުރު މުއްދަތަކީ 2 އަހަރު ކަމަށް، ވުޒާރާއިން އެކުލަވާލާފައިވާ ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. މުއްދަތެއް ކަނޑައަޅައި، ވަގުތީގޮތުން ކުއްޖާ ބަލަހައްޓާނެ ފަރާތަކާ ހަވާލުކުރުމުގެ ބޭނުމަކީ ކުއްޖާގެ އުފަން އާއިލާގެ ހާލަތު ރަނގަޅުކުރުމަށް ބާރުއަޅައި، ކުއްޖާ އަނބުރާ އާއިލާއާ ހަވާލުކުރެވެންދެން، އާއިލީ ލޯތްބާއި އަޅާލުން ލިބި، އާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ މަގު ފަހިކޮށްދިނުން ކަމަށް، އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އެގޮތުން، ވަގުތީގޮތުން ފޮސްޓަރ ކުރާ މުއްދަތު ހަމަވާއިރު، އާއިލާގެ ހާލަތު ރަނގަޅުވެ، ކުއްޖާ އަނބުރާ އާއިލާއަށް ނުގެންދެވޭ ހާލަތުގައި، ފޮސްޓަރ ކުރާ މުއްދަތު ހަމަވިޔަސް މުއްދަތު އިތުރުކޮށް، އެ ކުއްޖާ ބަލަހައްޓަމުންދާ ބެލެނިވެރިން ގާތުގައި ބެހެއްޓޭނެ މަގު ވަގުތީ ފޮސްޓަރިންގ ނިޒާމުގެ ތެރެއިން ހަމަޖެއްސޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ. ހަމައެއާއެކު، ވަގުތީ ފޯސްޓަރިންގގެ ތެރެއިން ގެންދާ ކުދިންގެ ދާއިމީ ގާނޫނީ ބެލެނިވެރިކަމަށް އެދުމުގެ އިޚްތިޔާރު ވެސް ފޮސްޓަރ އާއިލާއަށް ލިބޭނެއެވެ.

ވަގުތީ ފޮސްޓަރިންގއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާގެ ނަންބަރު 1433ށް ގުޅުމަށް ވަނީ އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު