Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ޕްރައިމަރީ

ދެވަނަ ފަހަރަށް ޕީޕީއެމް/ޕިއެންސީގެ މަޖިލިސް ޕްރައިމަރީ ފަސްކޮށްފި

17 ޖެނުއަރީ 2024 | ބުދަ 03:08

މި މަހުގެ 27 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖެނުއަރީ 2024 | ބުދަ 03:08
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)

ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ދެވަނަ ފަހަރަށް ފަސްކޮށްފިއެވެ.

ދެވަނަ ފަހަރަށް ފަސްކުރިކަން ހާމަކޮށް ޕީޕިއެމުން ބުނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރައްޔިތުން މަޖިލީހުގެ ޕްރައިމަރީ ޖަނަވަރީ 27 ގައި ބާއްވާ ގޮތަށް ހަމަޖައްސައި، ވޯޓު ލެވޭ މީހުންގެ ލިސްޓު ޢާންމު ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ 2024 ޖަނަވަރީ 27 ވާ ހޮނިހިރު ދުވަހަށް ފަސްކުރެވިފައިވާ ކަމަށާއި، އަދި މި ޕްރައިމަރީގައި ވޯޓު ލެވޭ އެ ކޯލިޝަންގެ މެންބަރުންގެ ލިސްޓް ވަނީ ވެބްސައިޓްގައި ޢާންމު ކުރެވިފައި ކަމަށެވެ.

އެހެންކަމުން ވޯޓު ލެވޭ މީހުންގެ ލިސްޓުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ، މައްސަލައިގެ ތަފްސީލާއެކު ލިޔުމުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ޕީއެންސީ އޮފީސް އަށް ނުވަތަ މެއިލްއަށް ފޮނުއްވައިދިނުމަށް ވަނީ އެދިފައެވެ.

ޕީޕީއެމް/ޕީއެންސީން ޕްރައިމަރީ ބާއްވަން ފުރަތަމަ ކަނޑައެޅި ތާރީހަކީ މިދިޔަ ޑިސެމްބަރު މަހުގެ 23 ގައެވެ. ނަމަވެސް ފަހުން ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށް ތާރީހު ފަސްކުރިއެވެ. އަދި އެފަހުން މި މަހުގެ 27 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ.

ޕީޕީއެމް/ޕީއެންސީގެ އާންމު މެންބަރުން ހިމެނޭކަމަށް ބުނާ ލިސްޓެއް އެ ކޯލިޝަނުން އާންމު ކުރި އިރު، އޭގައި މީހުންގެ ފޯނު ނަންބަރުތައް ހުރުމުން ފާޑުކިއުންތައް އަމާޒުވިއެވެ. އަދި ފަހުން ވަނީ ނަންބަރުތައް ނުފެންނަ ގޮތަށް އެ ބަދަލު ގެނެސްފައެވެ.

މިފަހަރު ޕްރައިމަރީ ލަސްވި ސަބަބެއް އެ ކޯލިޝަނުން ހާމައެއް ނުކުރެއެވެ. ނަމަވެސް ޕްރައިމަރީއާއި ގުޅިގެން މެންބަރުންނާއި ކުރިމަތިލާ ކެންޑިޑޭޓުންގެ ގިނަ ޝަކުވާތަކެއް ހުރިކަމުގެ މައުލޫމާތު ލިބެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް