މީލާދީން 800 ވަނަ އަހަރުގެ ޒަމާންވީ ބަނދަރަކާއި، މަދުން ނޫނީ ނުފެންނަ ލިޔުންތައް ހުރި މިސްކިތަކާއި ދުނިޔޭގެ އެންމެ ދުވަސްވީ ކްރިސްޓިއަން މޮނަސްޓްރީއަކީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ހަލާކުވެފައިވާ ނުވަތަ ނައްތާލެވިފައިވާ ތަންތަނެވެ.
ޣައްޒާގައި ހުރި ތަރިކައިގެ ތެރެއިން ބައިނަލް އަޤްވާމީ ގޮތުން ރެކޯޑްކުރެވިފައިވާ 195 ތަރިކައިގެ ތެރެއިން މަދު ތަނެއްނޫނީ އިސްރާއީލްގެ ހަމަލާތަކުގައި ވަނީ ސުންނާފަތި ވެފައި ކަމަށް ސަގާފީ ތަންތަނަށް ލިބުނު ގެއްލުންތައް ޑޮކިއުމެންޓްކުރާ އެންޖީއޯއަކުން ވަނީ ހާމަކޮށްފައެވެ.
ރައްޔިތުންގެ ސަގާފީ ތަރިކަ ނައްތާލުމަކީ، މިދިޔަ ހަފުތާގައި ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި ކުރިއަށް ގެންދިޔަ ދައުވާގައި ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ތުހުމަތުކުރާ ގިނަ ހަނގުރާމައިގެ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ޖަރީމާއެކެވެ. "އިސްރާއީލުން ފަލަސްތީނުގެ އުނގެނުމާއި ޘަޤާފަތުގެ އެތައް މަރުކަޒުތަކަކަށް ގެއްލުންދީ ހަލާކުކޮށްލާފައިވާ" ކަމަށާއި އޭގެ ތެރޭގައި ލައިބްރަރީތަކާއި ދީނީ ތަންތަނާއި އިހުގެ ތާރީޚީ މުހިންމު ތަންތަން ވެސް ހިމެނެއެވެ.
ދުނިޔޭގައި އެންމެ ކުރިއްސުރެ މީހުން ދިރިއުޅޭންފެށި އެއް ސަރަހައްދު ކަމަށްވާ ޣައްޒާއަކީ މީލާދީން 15 ވަނަ ގަރުނުން ފެށިގެން މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެއް ކަމަށް ތާރީޚީ އިލްމުވެރިން ބުނެއެވެ.
ފަލަސްޠީނުގެ ކާބަފައިން ކަމުގައިވާ ކަންއާނީންގެ ބިމުގައި އެމީހުންގެ އަމިއްލަ ސަގާފީ ތަރިކައިގެ އާސާރީ ތަކެތި ދޫކޮށްފައިވާއިރު، ޒަމާނުއްސުރެ އެތާންގައި މިޞްރުގެ މީހުންނާއި، ސޫރިޔާންނާއި، ރޯމަނުންވެސް ދިރިއުޅުނު ކަމަށް ތާރީޚު ހެކިދެއެވެ. އަދި ހަމަ އެހެންމެ ގްރީކުންނާއި ޔަހޫދީންނާއި ފާރިސީންނާއި ނަބަތީންނަކީވެސް ޒަމާނުއްސުރެ މި ގޮނޑުދޮށުގައި ދިރިއުޅެމުން އައި ބައެކެވެ.
ސްޓްރެޓީޖިކް ގޮތުން މެޑިޓެރޭނިއަންގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ ޣައްޒާ އަކީ ޔޫރޭޝިއާއިން އެފްރިކާއަށް ދަތުރުކުރާ ވިޔަފާރީގެ މަގުތަކުގައި އަބަދުވެސް އިސް މަގާމެއްގައި އޮތް ތަނެކެވެ. ޣައްޒާގެ ބަނދަރުތަކަކީ ވިޔަފާރިއާއި ޘަޤާފަތުގެ ސަރަޙައްދީ ހަބަކަށް ވެގެން ދިޔައެވެ. މީލާދީން 1300 ވަނަ އަހަރުން ފެށިގެން ވިއާ މާރިސް އަކީ ޣައްޒާގެ ހުޅަނގު އައްސޭރިފަށުން ގޮސް ސޫރިޔާގެ ބިންތަކަށް ދަތުރުކުރާ މަގެކެވެ.
ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގެ ގްރޭޓް އޮމަރީ މިސްކިތް ހަލާކުކޮށްލުމާ ގުޅިގެން ޣައްޒާގެ ޓޫރިޒަމް އެންޑް އެންޓިކުއިޓީސް މިނިސްޓްރީން ބުނީ އާސާރީ ތަންތަނަށް އަމާޒުކޮށް ހަމަލާތައް ދިނުމުގެ ޖަރީމާގެ ސަބަބުން މުޅި ދުނިޔެއަށާއި ޔުނެސްކޯއިން މި ބޮޑު ތަހުޒީބީ އަދި ސަގާފީ ތަރިކަ ދެމެހެއްޓުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އެ ޖަރީމާގެ ނަތީޖާއެއްގެ ގޮތުން މިސްކިތުގައި ބަހައްޓާފައި ހުރި ޒަމާންވީ ލިޔުންތައް އަބަދަށް ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. ހިލް މިއުޒިއަމް އެންޑް މެންޑްރިޕްޓް ލައިބްރަރީ (އެޗްއެމްއެމްއެލް)ގެ ސީއީއޯ ކޮލަމްބާ ސްޓެވާޓް، އެ ހަމަލާތަކަށް ފަހު އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި އެ ލިޔުންތައް މިސްކިތް ކައިރީގައި އެބަހުއްޓެވެ.
ޣައްޒާގެ ހަލާކުވެފައިވާ ތަރިކައިގެ ތަންތަން
ފަލަސްތީނާއި އިސްރާއީލުން އެއްބަސްވި 1954 ވަނަ އަހަރުގެ ހޭގް ކޮންވެންޝަނަކީ ހަނގުރާމައިގެ ގެއްލުންތަކުން ލޭންޑްމާކްތައް ހިމާޔަތް ކުރުމަށް އެކުލަވާލި މުއާހަދާއެކެވެ. ސަގާފީ ތަރިކަ ލިޔުއްވާ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ރައީސް އިސްބަރު ސަބްރީން ވިދާޅުވީ ސަގާފީ ތަރިކައަށް އަސަރުކުރާ ޖަރީމާތަކަކީ "ޖެނޯސައިޑްގެ ކޮލެޓަރަލް ޑެމޭޖް" ގެ ބައެއް ކަމަށެވެ.
ލައިބްރަރީތަކަކީ ސަގާފީ ރިޕޮޒިޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ތަންތަން ކަމަށާއި އެތަންތަނަށް ހަމަލާ ދިނުމަކީ ސަގާފީ ތަރިކައަށް ދެވޭ ހަމަލާއެއް ކަމަށެވެ. މިހާރު ހިނގަމުންދާ ކަންކަމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ. މިއީ ފުރަތަމަ ހޭގް ކޮންވެންޝަނާ ހިލާފު ކަމެއް ކަމަށް ސަބްރީން ވިދާޅުވިއެވެ. އިސްރާއީލުން މަސައްކަތް ކުރަނީ އެމީހުންގެ ބިމާ ރައްޔިތުންގެ ގުޅުން ފޮހެލުމަށެވެ. އެއީ ވަރަށް ސާފުކޮށް އަދި ވިސްނައިގެން ކުރާ ކަމެކެވެ. ޣައްޒާގެ ތަރިކައަކީ އެގައުމުގެ ރައްޔިތުންގެ ބައެއް ކަމަށްވާއިރު، އެއީ ތާރީޚާއި އެމީހުންގެ ގުޅުމުގެ ބައެއްވެސް މެއެވެ.
ސަގާފީ ޖަރީމާތަކުގެ ސަބަބުން މިއުޒިއަމްތަކާއި ފައްޅިތަކާއި މިސްކިތްތައް ފަދަ ހަރުދަނާ ތަރިކަތައް ފޮހެލާއިރު، އިންޓެންޖިބަލް ހެރިޓޭޖްގެ ތެރޭގައި އާދަކާދަތަކާއި ސަގާފަތާއި އާސާރީ ތަކެތި ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާ ސިޓީގެ ޖަލާ މަގުގައި ހުންނަ ފަލަސްތީނުގެ ފަންނާނުންގެ ޔޫނިއަން އާއި އެ ސިޓީގެ އަލް ފަވާކިރު ޑިސްޓްރިކްޓްގައި ކުރިން ބަހައްޓާފައި ހުރި މަޝްހޫރު މަށި ތަށިތައް ވެސް ހިމެނެއެވެ.
ޔުނެސްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އިންސާނީ ހާލަތަށް ކަމަށާއި، ސަގާފީ ތަރިކައިގެ ހުރިހާ ބާވަތެއް ހިމާޔަތް ކުރުމަށް ވެސް ވިސްނަން ޖެހޭ ކަމަށެވެ. ޔުނެސްކޯގެ މެންޑޭޓާ އެއްގޮތްވާ ގޮތުގެ މަތިން ބައިނަލްއަގްވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމް ކުރުމަށް ޔުނެސްކޯއިން ވަނީ މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަކަށް ގޮވާލާފައެވެ. ސަގާފީ މުދަލަކީ މަދަނީ އިންފްރާސްޓްރަކްޗާއެއް ކަމަށް ބެލެވޭތީ، އަސްކަރީ ބޭނުންތަކަށް އެފަދަ ތަންތަން އަމާޒުކޮށްގެން ނުވަތަ ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް ޔުނެސްކޯއިން ބުނެއެވެ.
މިއުޒިއަމްތައް
ޣައްޒާގައި ހަތަރު މިއުޒިއަމެއް ހުންނައިރު، ދެ މިއުޒިއަމެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް ކައުންސިލް އޮފް މިއުޒިއަމްސް އަރަބް (އައިކޮމް-އަރަބް) އިން އަލްޖަޒީރާއަށް ކަށަވަރުކޮށްދީފައިވެއެވެ.
ޚާން ޔޫނިސްގައި ހުންނަ އަލްޤަރާރާ ޕްރައިވެޓް މިއުޒިއަމް
ރަފަހް މިއުޒިއަމްއިން ވަނީ ފަލަސްތީނުގެ ތަރިކައިގެ ޣައްޒާގެ މައި މިއުޒިއަމްގެ ގޮތުގައި ހަދާފައިވާ ޒަމާންވީ ސިކުނޑިތަކާއި ކޮޕަރ ޕްލޭޓްތަކާއި ގަހަނާތަކުގެ ކަލެކްޝަނެއް ކިއުރޭޓް ކުރުމަށް 30 އަހަރުގެ ޕްރޮޖެކްޓެއް ނިންމާފައެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި ހަލާކުވި ތަނެކެވެ.
ޣައްޒާގެ އިރުމަތީ ފަރާތުގައި ފަރުބަދައެއްގެ މަތީގައި ހުންނަ އަލް ޤަރާރާ މިއުޒިއަމް (ޚާން ޔުނިސް މިއުޒިއަމްގެ ނަމުންވެސް މަޝްހޫރު) 2016 ވަނަ އަހަރު ހުޅުވީ ޣައްޒާގެ ބިންތަކާއި ތަރިކައިގެ ތާރީޚެއް އަންނަން އޮތް ޖީލުތަކަށް ހިމާޔަތްކުރަން ބޭނުންވާ ކަމަށް ބުނެއެވެ.
އޭގެ ކަލެކްޝަންގައި ހިމެނެނީ ކަންއާނީންންގެ 3،000 އާސާރީ ތަކެއްޗާއި، މީލާދީން ދެވަނަ ގަރުނުގައި ޣައްޒާއާއި ލެވަންޓްގެ ބޮޑު ބައެއްގައި ދިރިއުޅެމުން ދިޔަ ބްރޯންޒް އޭޖްގެ ތަހުޒީބެވެ. މިތާރީޚި މިއުޒިއަމްގައި ހުރި ހުރިހާ އެއްޗެއް މިހާރު ހުރީ އޮކްޓޯބަރު މަހު ދިން ވައިގެ ހަމަލާއެއްގައި ފުނޑުފުނޑުކޮށްލާ ބިމާ ހަމަކޮށްލާފައެވެ. އަލް ޤަރާރާ ކަލްޗަރަލް މިއުޒިއަމް އަކީ ކުރިން ކަންއާނީން ޒަމާނުގެ ގާތްގަނޑަކަށް 3،000 އާސާރީ ތަކެތިން ފުރިފައިވާ ތަނެކެވެ.
އައިކޮމް-އަރަބް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ މި މިއުޒިއަމަށް އިސްރާއީލު ސިފައިން އެޑްވާންސް އިންޒާރެއް ދީފައިވަނީ އެ މިއުޒިއަމްގައި ހުރި ތަކެތި ހުސްކޮށް ޣައްޒާގެ ދެކުނުން ހުސްކުރުމަށެވެ.
2008 ވަނަ އަހަރު ހުޅުވި އަދި ޣައްޒާގެ އުތުރުގައި ހުންނަ މަތާފް ހޮޓަލުގައި ބަހައްޓާފައި ހުރި ކުޑަ މިއުޒިއަމެއް ކަމަށްވާ މަތަފް އަލް ފަންދުޤުއަށް މިދިޔަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޣައްޒާ ސިޓީގެ ޤަޞްރު އަލްބާޝާ
ޣައްޒާސިޓީގައި 13 ވަނަ ޤަރުނުގެ ޤަޞްރު އަލްބާޝާ ނުވަތަ ޕާޝާގެ ގަނޑުވަރު، 2010 ވަނަ އަހަރު ފަލަސްޠީނުގެ ޓުއަރިޒަމް މިނިސްޓްރީން މިއުޒިއަމަކަށް ބަދަލުކޮށް، ޣައްޒާގެ ތާރީޚުގެ އެކި ދުވަސްވަރުގެ އާސާރީ ތަކެއްޗާބެހޭ ކަލެކްޝަނެއް ވަނީ ދައްކާލާފައެވެ. ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އެ ތަނުގެ ފާރުތަކަށާއި ގޯތިތެރެއަށާއި ބަގީޗާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޣައްޒާގެ ގިނަ ތަރިކައިގެ ތަންތަނެކޭ އެއްފަދައިން މި ޢިމާރާތުގެ ތާރީޚުގައިވެސް އެތައް ފަހަރެއްގެ މަތިން މިލްކުވެރިކަމާއި މަސައްކަތްތައް ވަނީ ބަދަލުވެފައެވެ. 13 ވަނަ ޤަރުނުގެ މެދުތެރޭގައި މަމްލޫކުގެ ރަސްގެފާނު ސުލްޠާން ޒާހިރު ބައިބާރސް ބިނާކުރެއްވި ދެބުރީގެ ކިއްލާއަކީ ކުރިން ކްރޫސޭޑަރުންނާއި މޮންގޯލް ލަޝްކަރުގެ ދިފާޢުގައި ބިނާކޮށްފައިވާ ވެރިކަމުގެ ގޮނޑިއެކެވެ. 17 ވަނަ ޤަރުނުގައި އުޘްމާނީ ރަސްކަލުން ބޭނުންކުރެއްވި މި ތަނަކީ ފަރަންސޭސި ކޮމާންޑަރު ނަޕޯލިއަން ބޮނަޕާޓް 1799 ވަނަ އަހަރު ޣައްޒާއަށް ވަދެވަޑައިގެން ފަރަންސޭސިވިލާތުން ކޯޓް ހިފަހައްޓައިގެން ތިއްބެވި އުސްމާނީ ޙަމަލާއެއް ހުއްޓުވުމަށް މަސައްކަތްކުރެއްވި ތަނެކެވެ.
1948 ވަނަ އަހަރުގެ ނަކްބާގެ ކުރިން، އިސްރާއީލު އުފެދުމުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ރެފިއުޖީންނަށް ވެ، އެތައް ބަޔަކު ޣައްޒާއަށް ހިޖުރަކުރުމުން، އެގަނޑުވަރު އެ ސަރަހައްދު ކޮންޓްރޯލް ކުރި އިނގިރޭސީންގެ ޕޮލިސް ސްޓޭޝަނެއްގެ ގޮތުގައި މަސައްކަތްކޮށް، ފަހުން އެތަން ވެގެން ދިޔައީ ފަލަސްތީނުގެ އަންހެން ކުދިންގެ ސްކޫލަކަށެވެ.
ލައިބްރަރީތައް
ޣައްޒާގެ އެހެން ބައެއް ތަންތަނާ އެއްވަރަށް މުސްކުޅި ނުވި ނަމަވެސް ރަޝާދު އަލް ޝަވާ ކަލްޗަރަލް ސެންޓަރަކީ އެގްޒިބިޝަން ހޯލަކަށްވެފައި ލައިބްރަރީއެއް ހުންނަ ތަނަކަށްވީ ނަމަވެސް، އެއީ އެމެރިކާގެ ރައީސް ބިލް ކްލިންޓަންއާއި، ޕީއެލްއޯއެ ޒައީމް ޔާސިރު އަރަފާތުގެ ބައްދަލުކުރެއްވުންތައް ބޭއްވެވި ތަނެއް ވެސް މެއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ފެށި އިސްރާއީލުގެ ބޮމުގެ ހަމަލާތައް ހަފުތާއެއްހާ ދުވަހަށް މެދުކަނޑާލާފައި ވަނިކޮށް ފަލަސްތީނުން ވަނީ އެމީހުންގެ އަމިއްލަ ވަޒަނަށް ލިބުނު ގެއްލުންތައް ކުރުކޮށް ސާވޭކޮށްފަ އެވެ. 1990 ގެ އަހަރުތަކުގައި ޕީއެލްއޯގެ ލީޑަރު ޔާސިރު އަރަފާތާއި އެމެރިކާގެ ރައީސް ބިލް ކްލިންޓަންއާ ދެމެދު ސުލްހައިގެ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވާ ޣައްޒާ ސިޓީގެ ރަޝާދު އެލް ޝަވާ ކަލްޗަރަލް ސެންޓަރު ހިމެނޭ ގޮތަށް ޕަބްލިކް ސާވިސްގެ ގިނަ އިމާރާތްތަކެއް ހަލާކުވެފައިވާކަން ހަލުވިކަމާއެކު ހާމަވެގެން ދިޔައެވެ. 2021 ވަނަ އަހަރު އިސްރާއީލުން ދިން ބޮމުގެ ހަމަލާއަށް ފަހު ވަރަށް ބުރަކޮށް މަރާމާތުކުރި ސަމީރު މަންސޫރުގެ ކޮމިއުނިޓީ ބުކްޝޮޕަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޣައްޒާ ސިޓީގެ ބޮޑު އުމަރީ މިސްކިތުގެ ލައިބްރަރީއަކީ ކުރިން ވަރަށް މަދުން ނޫނީ ނުފެންނަ ލިޔުންތަކުން ފުރިފައިވާ ތަނެކެވެ. އޭގެ ތެރޭގައި ޤުރުއާނުގެ ކުރީގެ ކޮޕީތަކާއި ރަސޫލާ މުޙައްމަދު (ޞޢވ) ގެ ބައޮގްރަފީތަކާއި ފަލްސަފާއާއި ބޭސްވެރިކަމާއި ސޫފީ މިސްޓިސިޒަމްއާ ބެހޭ ޒަމާންވީ ފޮތްތައް ހިމެނެއެވެ. ސުލްޠާން ޒާހިރު ބައިބާސް އުފައްދަވައި 1277 ވަނަ އަހަރު ހުޅުވި މި ލައިބްރަރީގައި ކުރިން 20،000 ފޮތާއި ލިޔުންތައް އެކުލެވިގެންވެއެވެ.
ކްރޫސޭޑްތަކާއި ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެތަނުގައި ބަހައްޓާފައި ހުރި ވަރަށް މަދުން ނޫނީ ނުފެންނަ ގިނަ ފޮތްތަކާއި ލިޔުންތައް ގެއްލުނު ނުވަތަ ހަލާކުވެ، ބާކީ އޮތީ އެންމެ 62 ފޮތެވެ. މި ހާޑް ކޮޕީތައް ވެސް މިހާރު ވަނީ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އޮމަރީ މިސްކިތަށް ދިން ހަމަލާގައި ހަލާކުވެފައެވެ.
މި ފޮތްތަކުގެ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓެއް ހިލް މިއުޒިއަމް އެންޑް މެންޑްރިޕްޓް ލައިބްރަރީ އާއި ބްރިޓިޝް ލައިބްރަރީއިން މިދިޔަ އަހަރު ނިމި، އެޗްއެމްއެމްއެލް ރީޑިން ރޫމްގައި އޮންލައިންކޮށް ލިބެން ހުންނާނެއެވެ.
މިސްކިތްތައް
ޣައްޒާގެ ޓުއަރިޒަމް އެންޑް އެންޓިކުއިޓީސް މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި އިސްރާއީލުގެ ހަމަލާތައް ފެށުނު ފަހުން މިހާތަނަށް 104 މިސްކިތަކަށް ވަނީ ގެއްލުންދީ ނުވަތަ ހަލާކުވެފައެވެ. އޭގެ ތެރޭގައި ރަސޫލާ މުޙައްމަދު (ޞޢވ)ގެ ބޮޑުދައިތާފުޅު ވަޅުލެވިފައިވާ ކަމަށް ބެލެވޭ ސަރަޙައްދުގައި 1220 ވަނަ އަހަރު ޢިމާރާތްކުރި ޣައްޒާ ސިޓީގެ ޒީތޫން އަވަށުގައި ހުންނަ އުޘްމާން ބިން ޤަޝްޤާރު މިސްކިތް ވެސް ހިމެނެއެވެ. ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ޣައްޒާ ސިޓީގެ ސަޢީދު އަލްހާޝިމް މިސްކިތަކީ ރަސޫލާ މުޙައްމަދު (ޞޢވ)ގެ ބޮޑުދައިތާފުޅު ފަސްދާނު ލެވުނު ތަނެވެ.
12 ވަނަ ގަރުނުގައި އިމާރާތްކޮށް 1850 ވަނަ އަހަރު އަލުން އިމާރާތްކުރި ސައީދު އަލް ހާޝިމް މިސްކިތަށް އޮކްޓޯބަރު މަހު ދިން ވައިގެ ހަމަލާއެއްގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޣައްޒާގެ ކުރީގެ ސިޓީގައި ހަރުދަނާ ލައިމްސްޓޯން އިން ބިނާކޮށްފައިވާ މި މިސްކިތަކީ މުސްލިމުންނަށް ވަރަށް މުހިންމު މިސްކިތަކަށް ވަނީ އެމިސްކިތުގައި ރަސޫލާ މުޙައްމަދުގެފާނުގެ ބޮޑުބޭބޭފުޅެއް ކަމުގައިވާ ހާޝިމް ބިން އަބުދު މަނަފްގެ މަހާނައެއް ހުންނަކަމަށް ބުނެވޭތީއެވެ.
މަމްލޫކުން އެމިސްކިތާ ޙަވާލުވެ، އެތަން އަލުން ޢިމާރާތްކުރުމުގެ ކުރިން، ކްރޫސޭޑަރ ޑޮމިނެންސްގެ ކުޑަ ކުޑަ މިސްކިތް އަލުން ޢިމާރާތްކުރުމުގެ ކުރިން، މިސްކިތް އަލުން ބިނާކުރެވުނެވެ. އެއަށްފަހު 1850 ވަނަ އަހަރު އުޘްމާނީ ސުލްޠާން ޢަބްދުލްމަޖީދުގެ ބެއްލެވުމުގެ ދަށުން އަދި 1917 ވަނަ އަހަރު ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ލިބުނު ގެއްލުންތަކަށްފަހު އަނެއްކާވެސް އެތަން މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައިގެ ކުރީކޮޅު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތުގައި އަލިފާން ރޯވެ އެ މިސްކިތުގެ ފާރުތަކަށާއި ސީލިންގްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޣައްޒާ ސިޓީގެ އެންމެ ދުވަސްވީ މިސްކިތުގެ ގޮތުގައި ބެލެވޭ ގްރޭޓް އޮމަރީ މިސްކިތް
އަލްމަސްޖިދުލް އުމަރީ އަލް ކަބީރުގެ ނަމުން އަރަބި ބަހުން މަޝްހޫރުވެފައިވާ މި މިސްކިތަކީ މީގެ 1400 އަހަރު ކުރިން ޣައްޒާގައި ބިނާކުރި ފުރަތަމަ މިސްކިތް ކަމަށް ބެލެވެއެވެ. ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެތަން ވަނީ ހަލާކުވެފައެވެ.
ޖަމާއަތުގައި ނަމާދުކުރުމަށް 5،000 އެއްހާ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ހަދާފައިވާ މި މިސްކިތަކީ، އެތަނުގެ މަޝްހޫރު މަމްލޫކް ޒަމާނުގެ މުންނާރަކާއެކު ބިނާކޮށްފައިވާ މިސްކިތެކެވެ.
އަދި މިނޫނަސް ޣައްޒާގެ ތާރީޚީ މިސްކިތްތަކާއި، އެހެނިހެން އާސާރީ ތަންތަނަށް ބޮޑެތި ގެއްލުންތައް ދީ އެތަންތަންވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްފައެވެ.