Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމި ސަރުކާރުން ކްރެޑިޓް ނެގުން

ކްރެޑިޓް ނެގުމާއި، ނަންވުމުގައި އެއްވަނައިގެ ސަރުކާރެއް!

16 ޖެނުއަރީ 2024 | އަންގާރަ 13:50

ކުރީގެ ސަރުކާރުން ކުރަން ފަށާފައިވާ ކަންކަމުގެ ފުރިހަމަ ކްރެޑިޓް މި ސަރުކާރުން ނަގާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ޖެނުއަރީ 2024 | އަންގާރަ 13:50
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ޑރ. މުޙައްމަދު މުއިއްޒު

ކޮންމެ ސަރުކާރަކުން ވެސް އެ ސަރުކާރުގެ އަމިއްލަ ސިޔާސަތުތަކެއް ގެންގުޅެއެވެ. ހަމައެގޮތަށް އެއް ސަރުކާރަކުން އަނެއް ސަރުކާރަކަށް ދެމިގެންދާ ކަންކަން ވެސް ހުރެއެވެ. އެހެންކަމަށް ވާއިރު، ވަކި ސަރުކާރަކާ ގުޅުމެއް ނެތް ކަންކަން ވެސް ހުރެއެވެ. ސިއްހީ ކަންކަމާއި ތައުލީމީ މަސައްކަތްތައް ފަދަ ކަންކަމަކީ ކޮންމެ ވެރިކަމެއް އޮތަސް ކުރިއަށްދާ ކަންކަމެވެ.

މި ސަރުކާރު ފާހަގަކުރެވެނީ ހުރިހާ ކަމެއްގެ ކްރެޑިޓް ނަގާ ސަރުކާރެއްގެ ގޮތުގައި ކަމަށް، ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން މި ސަރުކާރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ކްރެޑިޓް ނަގަން ވަރަށް ބޮޑަށް މަސައްކަތް ކުރާކަމަށް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. ކޮންމެ ސަރުކާރެއް ބަދަލުވާއިރު ވެސް ތަރައްްގީގެ މަޝްރޫއުތައް ނުނިމި ހުރެއެވެ.

ހިނގަހިނގައި ހުންނަ މަޝްރޫއުތައް ނިންމާއިރު ސަރުކާރުގެ އިސް ބޭފުޅުން ދައްކާ ވާހަކަތަކުން ހީވަނީ އެއީ މިވީ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި، މި ސަރުކާރުގެ އިސްނެގުމާއެކު ކޮށްފައިވާ ކަންކަން ހެންނެއެވެ. އެކަން ފާހަގަކުރައްވައި، މިހާތަނަށް ރައީސް މުއިއްޒުގެ ސަރުކާރަށް އައު ކަމެއް ނުކުރެވޭ ކަމަށާއި، މި ސަރުކާރުން މިހާތަނަށް އިއުލާންކުރި ހުރިހާ ކަމަކީ ވެސް އެމްޑީޕީގެ ސަރުކާރުން ފެށި ކަންކަން ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

މި ސަރުކާރުން ފަށާފައި ހުރި ކަންކަމުގެ ކްރެޑިޓް ނުދީ، އެކަންކަމަކީ މި ސަރުކާރުން ކުރާ ކަންކަމުގެ ގޮތުގައި ދެއްކުމަށް މަސައްކަތްކުރާ ސަރުކާރެއްގެ ގޮތުގައެވެ. ނިމިދިޔަ ސަރުކާރުގައި އެކިއެކި މިނިސްޓްރީތަކުން ކޮށްފައި ހުރި މަސައްކަތްތަކުގެ ތެރޭގައި ކަންކަން ރޭވި ތަރުތީބުވެފައި ހުރިނަމަވެސް، މި ސަރުކާރުން އެކަންކަން ކުރަނީ އައު ނަންނަމުގައެވެ. އަދި ތަންފީޒީ މަރުހަލާއާ ހަމައަށް ގޮސްފައިވާ ކަންކަން ކުރިއަށްދާއިރު، ކުރީ ސަރުކާރުގެ ނަން ވެސް ކިޔާލުމެއް ނެތެވެ.

އޭގެ ތެރޭގައި ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ ކަންކަން ހިމެނެއެވެ. ބައެއް މިސާލުތަކަށް ބަލައިލާނަމެވެ. އެންމެ ފަހުން އެއަރޕޯޓުގައި ހުޅުވި ކާގޯ ޓަރމިނަލަކީ ކުރީ ސަރުކާރުން ފެށި ކަމެކެވެ. އެ މަސައްކަތުގެ ފުރިހަމަ ކްރެޑިޓް ނެގީ މި ސަރުކާރުންނެވެ. އެއީ މި ސަރުކާރުން ކުރިކަމެއްގެ ގޮތުގައި ދެއްކިއެވެ. ބޯން މެރޯ ހެދުންކަމަށް ވިޔަސް، ޑްރޯނުގައި ބޭސް އުފުލުން ކަމަށް ވިޔަސް ހަމަ އެފަދައެވެ. ކުޑަކޮށް ނަމާއި ހިންގުން ތަފާތުކޮށް، މުޅިން އައު ކަމެއްގެ ގޮތުގައި އެކަން ދައްކައެވެ. އަދި އިސް ރަށްވެހިންނަށް މާލޭގައި އިޖުތިމާއީ މަރުކަޒެއް ގާއިމްކޮށްދިނުން ވެސް މިއީ އައު ކަމެއް ނޫނެވެ. ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ނިމިދިޔަ ސަރުކާރުން ކުރިއެވެ. ކަންދިމާކުރި ގޮތުން އެކަމުގެ އަމަލީ ސިފަ ޖެހުނީ މި ސަރުކާރުގައެވެ. އެހެންނަމަވެސް އެކަމުގެ ފުރިހަމަ ކްރެޑިޓް ނެގީ ސަރުކާރުންނެވެ.

މިހެން އަދި ދަންނަވާނުލެވޭ ކިތަންމެ ކަމެއް ހުންނާނެކަން ގައިމެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

01 އޯގަސްޓު 2022

އިރާގުގައި ސަރުކާރެއް އެކުލަވާނުލެވިގެން އުޅެނީ ކީއްވެ؟

01 އޯގަސްޓު 2022
އިރާގުގައި ސަރުކާރެއް އެކުލަވާނުލެވިގެން އުޅެނީ ކީއްވެ؟
30 ޖެނުއަރީ 2022

މިއީ ކަޑަޖަހާ ސަރުކާރެއް ނޫނެވެ.

30 ޖެނުއަރީ 2022
މިއީ ކަޑަޖަހާ ސަރުކާރެއް ނޫނެވެ.
17 ނޮވެމްބަރު 2021

ކޮވިޑް-19 މެނޭޖްކުރުން: އޯގާތެރި ރައްޔިތުންގެ ސަރުކާރެއްކަން ހާމަވި މިސާލެއް

17 ނޮވެމްބަރު 2021
ކޮވިޑް-19 މެނޭޖްކުރުން:  އޯގާތެރި ރައްޔިތުންގެ ސަރުކާރެއްކަން ހާމަވި މިސާލެއް
24 ފެބުރުއަރީ 2021

ރައީސް ޔާމީނާއި ޕީޕީއެމް ސަރުކާރުން އިންޑިޔާއަށް ހުށައެޅި ހުށައެޅުމުގެ ކްރެޑިޓް އަލިފުން ޔާއަށް ހައްގުވަނީ އެބޭފުޅުންނަށެވެ.

24 ފެބުރުއަރީ 2021
ރައީސް ޔާމީނާއި ޕީޕީއެމް ސަރުކާރުން އިންޑިޔާއަށް ހުށައެޅި ހުށައެޅުމުގެ ކްރެޑިޓް އަލިފުން ޔާއަށް ހައްގުވަނީ އެބޭފުޅުންނަށެވެ.
17 އޮކްޓޯބަރު 2019

ޤާސިމް އިބްރާހިމް: އޭރުވެސް މިހާރުވެސް ޓެކްސް ނެގުމާއި ދެކޮޅު!

17 އޮކްޓޯބަރު 2019
ޤާސިމް އިބްރާހިމް: އޭރުވެސް މިހާރުވެސް ޓެކްސް ނެގުމާއި ދެކޮޅު!
01 އޮކްޓޯބަރު 2018

ރައީސް މައުމޫން މިނިވަންވުން، ބަދަހި ސަރުކާރެއްގެ ފެށުން!؟

01 އޮކްޓޯބަރު 2018
ރައީސް މައުމޫން މިނިވަންވުން، ބަދަހި ސަރުކާރެއްގެ ފެށުން!؟
19 ޖުލައި 2018

ތޯރިގް ވިދާޅުވަނީ ކްރެޑިޓް ރޭޓިންގ ރަނގަޅު ކަމަށް، އެކަމުގެ ހަގީގަތް ދިމާ އިދިކޮޅު!

19 ޖުލައި 2018
ތޯރިގް ވިދާޅުވަނީ ކްރެޑިޓް ރޭޓިންގ ރަނގަޅު ކަމަށް، އެކަމުގެ ހަގީގަތް ދިމާ އިދިކޮޅު!
14 ޖުލައި 2018

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު
24 އޮކްޓޯބަރު 2017

އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

24 އޮކްޓޯބަރު 2017
އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟
02 ސެޕްޓެމްބަރު 2017

މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

02 ސެޕްޓެމްބަރު 2017
މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް